ފަލަސްތީނުގެ ބިންތައް ފޭރިގަތުން ހުއްޓާލުމަށް ޔޫއެންއިން އިޒުރޭލަށް ގޮވާލައިފި

Loading

Facebook
Twitter
WhatsApp

ހުކުރުދުވަހު ބޭއްވި ބައްދަލުވުމެއްގައި ޔޫރަޕިއަން ޔުނިއަން އާއި ޔޫއެންގެ ސެކިއުރިޓީ ކައުންސިލްގެ މެމްބަރުން ވަނީ ފަލަސްތީނުގެ ޖޯޑަން ވެލީގައި އިޒުރޭލުގެ ސިފައިން ކަންތައްކުރަމުންދާގޮތް ކުށްވެރިކޮށް ފަލަސްތީނުގެ ރައްޔިތުންގެ ބިންތައް ފޭރިގަތުން ހުއްޓާލުމަށް ގޮވާލައިފައެވެ. މިކަން ކުށްވެރިކޮށް ވާހަކަ ދައްކާފައި ވަނީ މެދުއިރުމަތީގެ ގައުމުތަކުގައި ސުލުހަވެރިކަން ގާއިމުކުރުމާ ބެހޭގޮތުން މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމެއްގައެވެ.

ޖޯޑަން ވެލީގެ ހަމްސާ އަލް ބާޤިއާގައި އިސްރާއިލު ސިފައިން ދަނީ ފަލަސްތީނުގެ ރައްޔިތުންގެ މުދަލާއި ގެދޮރު ހަލާކުކުރަމުންނެވެ. ހަމްސާ އަލް ބާޤިއާއަކީ ފަލަސްތީނުގެ 60000 ރައްޔިތުންގެ އާބާދީއެއް އޮންނަ ޖޯޑަން ވެލީގެ ސަރަހައްދަކަށް ކިޔާނަމެކެވެ. ނަމަވެސް މިހާރު މިސަރަހައްދު ވަނީ އިސްރާއީލު ސިފައިންގެ ބާރުގެ ދަށުގައެވެ. އެމީހުންގެ އަސްކަރީ ތަމްތީނުތައް ކުރާ ސަރަހައްދެއް ކަމުގައި މިސަރަހައްދު ކަނޑައަޅައި އިސްރާއީލުގެ ސިފައިން ދަނީ މި ސަރަހައްދުގައި ދިރއުޅޭ ފަލަސްތީނުގެ ރައްޔިތުން އެސަރަހައްދުން ބޭރުކުރަމުންނެވެ. އިސްރާއީލު ސަރުކާރުގެ ޚާއްޞަ ހުއްދައަކާ ނުލައި މިސަރަހައްދުގައި އެއްވެސް ފަލަސްތީނު ރައްޔިތަކަށް ނޫޅެވޭގޮތަށް އެމީހުންވަނީ ގަވައިދު ހަދައިފައެވެ. ނަމަވެސް މިގަވައިދުގެ ދަށުން މިތަނުގައި ދިރިއުޅުމުގެ ހުއްދަ ވަރަށް މަދުބަޔަކަށް ވަނީ ދީފައެވެ.

ފާއިތުވި 2020 ވަނަ އަހަރުގެ ތެރޭގައި ފަލަސްތީނުގެ ޖޯޑަން ވެލީގައި ދިރިއުޅެމުން ދިޔަ 800 ރައްޔިތުންގެ ގެދޮރު ވަނީ ގެއްލިފައެވެ. 2018 ވަނަ އަހަރު މިގޮތަށް 677 މީހުންގެ ގެދޮރު ގެއްލިފައިވާއިރު 2017 ވަނަ އަހަރުވެސް 521 މީހުން އިޒުރޭލު ސިފައިން ވަނީ މިސަރަހައްދުން ބޭރުކޮށްފައެވެ. މީގެތެރޭގައި 404 ކުޑަކުދިންވެސް ހިމެނެއެވެ.

މިކަން ކުށްވެރިކޮށް މިދިޔަ ހުކުރުދުވަހު ބޭއްވި ޖަލްސާގައި ޔޫއެންއިން ވަނީ ފަލަސްތީނުގެ ބިންތައް އެ ގައުމުގެ ރައްޔިތުންނަށް އަނބުރައި ދިނުމަށް ގޮވާލައިފައެވެ. އަދި ފަލަސްތީނުގެ ނިކަމެތިވެފައިވާ ރައްޔިތުންނަށް ބޯހިޔާވަހިކަން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްވެސް ޔޫއެންއިން ވަނީ ގޮވާލައިފައެވެ.

Loading

2 Responses

  1. Israel akee harukashi fikuru ufnkuruvaa machine! Mi machine nahthaalaigen menuvee dhuniye sulha kureveyne gotheh neiy! Moosa, easa alaihumussalaathu vassalaam ge dhoofulhun launaiy dhevifavaa mibaigandu ekaheri kuran jehey.

    1. ލައްބަ މާހިރު. ތީ ތެދެއް. ނަމަވެސް ތިކަން ކިހިނެއް ކުރާނީ. އަހަރެމެން އިސްލާމުގެ ވެރިންވެސް އަރާމު ދިރިއުޅުމަކަށް މިއޮތީ ހޭނިފައި. ވީމާ ވައިޓު ހައުސްގެ ލަފާގެ މަތިން ވަރީން ކަންކަން ކުރަން މިޖެހެނީ. ދެން ދީނީވާހަކަ ދައްކާ ގުރޫޕު. އަމިއްލަ ފެމިލީއާވެސް ގިނަފަހަރަށް އަޅާނުލެވި. ލިބޭ އެއްޗަކުން ދެކޮޅެއްނުޖެހޭ. ދިރިއުޅުމުގެ ފެންވަރު ކޮޕީ ކުރެވެނީ މިހާރުގެ މިންގަނޑަށް. ހެޔޮވާކައާއި އެއްގޮތަށް ޢަމަލެއް ނުބެހެއްޓޭ< މިއުޅޭ ގިނަ ޝޭޚުނގެ ޙާލު އެނގޭނު. ދެން އަހަރެމެން އަހަރެމަނަށް ފައިޓް ޖައްސަނީ. ދޮގާ މަކަރާ ޙީލަތުގެ މީހުނަށް ބައިޢަތު ހިފެނީ. ދެން މާހިރު ބުނެބަލަ ކޮންމައެއް ފަލަސްތީނު ސަލާމަތްކުރާނީ؟ މާތްﷲ ގެ މަދަދުވެސް ލިބޭނީ ދެއްވި ފަސް ޙިއްސު ބޭނުންކޮށްގެން ޢަމަލީމައިދާނުގައި ހެޔޮނިޔަތަކާއި ކެރުމާއިއެކު އެމާތް މަގުސަދު ޙާސިލް ކުރަން މަސައްކަތް ކޮށްގެނެއްނޫންތޯއެވެ. މިބުނެވުނީވެސް ވަރަށް ވާހަކަ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް