ޕީޕީއެމް އޮފީސް ބަންދުކޮށް އިދިކޮޅު ލީޑަރުން ހައްޔަރުކޮށްގެން މައްސަލަތައް ޙައްލެއް ނުވާނެ: ރައީސް ވަޙީދު

Loading

Facebook
Twitter
WhatsApp

އިދިކޮޅު ސިޔާސީ ޕާޓީގެ އޮފީސް އާއި އެލީޑަޝިޕް ބަންދު ކޮށްގެން މިސަރުކާރުތެރޭ ހުރި މައްސަލަތައް ޙައްލު ނުވާނެކަމަށް އިދިކޮޅު ކޯލިޝަންގެ މުސްތަޝާރު ކުރީގެ ރައީސް ޑރ. މުހައްމަދު ވަޙީދު ވިދާޅުވެއްޖެ އެވެ.

ރައީސް ވަޙީދު ކުރެއްވި ޓުވިޓްގައި ވިދާޅުވެފައިވަނީ، އިދިކޮޅު ކޯލިޝަނުން ކުރިއަށްގެންދާ މުޒާހަރާގައި އެކޯލިޝަންގެ އިސް ލީޑަރުން ހައްޔަރު ކުރުމުންގެންދާ ގެންދިއުމާއި ގުޅިގެނެވެ.

މުޒާހަރާ ނުފެށެނީސް އެސްއޯ ފުލުހުން ވަނީ ޕީޕީއެމް އޮފީސް ބަންދުކޮށް އޮފީސްކުރިމަތީ ފާރެއްހެން އެތުރި އެތަނުން އެއްވެސް މީހަކަށް ވަދެނިކުމެ ނޫޅެވޭގޮތަށް ބަންދުކުރުވާފައެވެ.

އިދިކޮޅު ކޯލިޝަންދެކޭގޮތުގައި މިހާރު ސިޔާސީ އިދިކޮޅު ޙަރަކާތާ ދޭތެރޭ ސަރުކާރުގެ ޢަމަލުތައް ބަހައްޓަނީ ވަރަށް އަނިޔާވެރި ހަރުކަށި ގޮތަކަށެވެ. މިޝަކުވާތަކަށް ހޯމް މިނިސްޓަރު ދެއްވި ޖަވާބަކީ އަދުރޭމެން ނިކުމެ އެޖަހަން އުޅޭ ސަކަރާތް އެމަނިކުފާނަށް އެނގިވަޑައިގަންނަވާކަމަށެވެ. އެއަށް ރައްދުދެއްވަމުން ޕީޕީއެމް ގެ ލީޑަރޝިޕުން ބުނެފައިވަނީ ވާނީވެސް އެހެންތާއެވެ. އެހެނީ މިހާރު ހޯމް މިނިސްޓަރަކަށް ހުންނެވީ މޭޑޭ ބަޣާވަތުގެ ލީޑަރު ޝޭޚު އިމްރާނު ޢަބުދުﷲ ކަމަށެވެ. އެމަނިކުފާނަށް ހީފުޅުވާނީ އެފަދަ ބަޣާވާތެއް ކުރުމަށް އުޅެނީކަމަށެވެ.

ރައީސް ވަހީދު އިތުރަށް ވިދާޅުވީ ހައްޔަރުކޮށްފައިވާ ހުރިހާ އެންމެން ދޫކޮށްލުން މާ ބުއްދިވެރިކަމަށެވެ. އެހެނީ އެގޮތަށް އަރައިގަނެގެން ގަދަބާރުން މީހުންނަށް އަނިޔާކޮށް ބަންދުކޮށްގެން އަސްލު މައްސަލައަށް ޙައްލެއް ނުލިބޭނެކަމަށެވެ. ސަރުކާރުތެރޭގައި ކުރަމުންދާ ވައްކަމާއި މިބަލިމަޑުކަމުގެ ތެރޭގައި ކޮލިޓީ ލީޑަރޝިޕްއެއް ނުފެނުމުންނާއި އަދި ފުލެޓްއޭ ކިޔައިގެން މިދިޔަ އިލެކްޝަން ތެރޭގައި ދެއްކިހާ ވާހަކަތަކާއި ވެފައިވާ ވަޢުދުތައް ނުފުއްދެވުމުން ރައްޔަތުން ރުޅިއަންނާނޭކަން ސަރުކާރުގެ ވެރީންނަށް އެގެންޖެހޭކަމަށެވެ.

އަދި އިދިކޮޅު ސިޔާސީ ޕާޓީގެ އޮފީސް ބަންދުކޮށް ލީޑަޝިޕްގެ ގިނަ މެމްބަރުން ހައްޔަރު ކޮށްގެން ސަރުކާރުތެރޭގެ ނުކުޅުންތެރިކަން ހައްލު ނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް