ކޮވިޑް ޖެހިގެން އިތުރު ދިވެއްސަކު ނިޔާވެއްޖެ 

Loading

Facebook
Twitter
WhatsApp

ކޮވިޑް-19 އަށް ފައްސިވެގެން ހޮސްޕިޓަލްގައި ފަރުވާދެމުން ގެންދިޔަ އިތުރު ދިވެއްސަކު ނިޔާވެއްޖެއެވެ.

އެޗްއީއޯސީ އިން ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދިޔަ 62 އަހަރުގެ ފިރިހެނަކު ނިޔާވީ ރޭ ފަތިހު 05:06 ގައި ކަމަށެވެ.

ކޮވިޑް ޖެހިގެން ރާއްޖެ އިން ނިޔާވި މީހުންގެ އަދަދު މިހާރު ވަނީ 62 އަށް އަރާފައެވެ.

ކޮވިޑް ޖެހިގެން ހަމައެކަނި ފެބްރުއަރީ މަހު ރާއްޖެ އިން މިވަނީ ދިހަ މީހުން ނިޔާވެފައެވެ. އެހެންކަމުން ފެބްރުއަރީ މަހަކީ މިހާތަނަށް ރާއްޖެ އިން އެންމެ ގިނަ މީހުން ކޮވިޑް ޖެހިގެން ނިޔާވި މަހެވެ.

ރާއްޖެ އިން މިހާތަނަށް ނިޔާވި މީހުންގެ ތެރެއިން 54 މީހުންނަކީ ދިވެހިންނެވެ. ބިދޭސީންގެ އަދަދަކީ އަށެކެވެ.

Loading

One Response

  1. މިހާރު ދެން މަރުވާ އެންމެން ކޮވިޑު ޖެހިގެން ދޯ އެދަނީ. މީގެ ކުރިންވެސް މާލެއިންވެސް އެކަކު ދެމީހަކު ދުވާލަކު މަރުވެގެން ޖަނާޒާ ވައިބަރ ގުރޫޕުން ކިޔަމެވެ. އެރޭޓް މަތިވެގެންނެއް ނުދޭނޫންތޯއެވެ. ތަފާތަކީ ކޮވިޑް ކަމަށް މަރު ބެލިފައިވާތީއެވެ. ނޫންތޯ؟

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް