މަރާލާފައި އޮތް ކަމަށް ބެލެވޭ މީހެއްގެ ހަަށިގަނޑު ފަޅުރަށަކުން ފެނިއްޖެ

Loading

Facebook
Twitter
WhatsApp

މަރާލާފައި އޮތްކަމަށް ބެލެވޭ ބިދޭސީއެއްގެ ހަށިގަނޑު ފަޅުރަށަކުން ފެނިގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ. އެމީހާގެ ހަށިގަނޑު ފެނިފައިވަނީ ވ.ފޮއްތެޔޮ ބޮޑުފުށިންނެވެ.

ފުލުހުން މައުލޫމާތު ދޭގޮތުގައި މިމީހާ މަރުވެފައި އޮއްވާ ފެނުނީ އެރަށަށް ދަނޑިކަނޑަން ގޮސް އުޅުނު ބަޔަކަށެވެ. މިހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިއަދު 11:00ހާއިރު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މައުލޫމާތު ލިބޭ ގޮތުގައި އެމީހާގެ ހަށިގަނޑު ފެނުނު އިރު ގައިގެ އެކި ތަންތަނަށް ވަނީ ބޮޑެތި ޒަޚަމްތަކެއް ދީފައެވެ. އަދި އެމީހާ އޮތް ސަރަހައްދުން ހަމަލާދޭން ގެންގުޅުނު ކަމަށް ބެލެވޭ، ލޭހޭކިފައި އޮތް ކަތުރެއް ފެނުނު ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

ފުލުހުން މިހާރު ދަނީ އެމީހާގެ ހަށިގަނޑު މާލެ ގެނައުމަށް މަސައްކަތް ކުރަމުންނެވެ. ފުލުހުންދަނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް