ގދ.ތިނަދޫއިން ކޯވިޑް19 އަށް މީހަކު ފައްސިވެއްޖެ

Loading

Facebook
Twitter
WhatsApp

ގދ.ތިނަދޫއިން ކޯވިޑް19 އަށް މީހަކު ފައްސިވެއްޖެއެވެ.

މިކަންވަނީ ތިނަދޫގައި ހުންނަ ޑރ.އަބްދުލްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ހާމަ ކޮށްފައެވެ. އެފަރާތުން މިރޭ ސޯޝަލް މީޑިޔާގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ވާގޮތުން، އެރަށުން ކޯވިޑް19 އަށް ފައްސިވެފައިވަނީ އައްޑޫއިން ފައްސިވީ މީހަކާއި ޑައިރެކްޓް ކޮންޓެކްޓް ވީ ފަރާތެކެވެ. މީގެ އިތުރުން ރޯގާގެ އަލާމާތެއް ހުރިނަމަ ލަސްނުކުރައްވާ ހޮސްޕިޓަލްގެ ހޮޓްލައިން 7934641 އަށް ގުޅުއްވާ ހިއްސާ ކުރެއްވުމަށްވެސް އެހޮސްޕިޓަލުން ވަނީ އެދިފައެވެ.

މީގެ އިތުރުން އިއްޔެވަނީ އައްޑޫއިންވެސް ކޯވިޑްގެ ކޭސްތަކެއް ފެނި އައްޑޫ ސިޓީއަށް އަރާ ފޭބުން މަނާ ކޮށްފައެވެ.

މާދަމާއިން ފެށިގެން އަތޮޅުތެރޭގެ ހުރިހާ ރަށެއްގައިވެސް މާސްކްއެޅުން މަޖުބޫރު ވާނޭ ކަމަށް އެހްޕީއޭގެ ގައިޑްލައިންތަކަށް ގެނައި ބަދަލުތަކާއިއެކު ވަނީ ހާމަ ކޮށްފައެވެ. އަދި މާސްކް ނާޅާ ނަމަ 1000/- އިން ޖޫރިމަނާ ކުރުމަށް ވެސް ވަނީ ނިންމައިފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް