ކާފިއު ވަގުތު އިތުރުކޮށް ކުޅިވަރު މުބާރާތްތައް ހުއްޓާލުމަށް އަންގައިފި

8

ކޯވިޑް19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް އަނެއްކާވެސް އިތުރަށް ހަރުދަނާކޮށް، ރައީސް އޮފީހުން މިބަދަލުތައް އާއްމު ކޮށްފިއެވެ. މިބަދަލުތަކަކީ ކޯވިޑް19 އާއި ގުޅިގެން އެކުލަވާލި ޕޮލިސީ ގްރޫޕްގެ ބޭފުޅުންނާއިއެކު ބޭއްވި ބައްދަލުވުމަކަށް ފަހު ގެނެސްފައިވާ ބަދަލުތަކެކެވެ.

މިކަމާ ގުޅިގެން އާއްމުކޮށްފައިވާ ލިޔުމުގައި ވާގޮތުން 3 ފެބްރުއަރީ އިން ފެށިގެން އެކެނި ކުރާ ކަސްރަތު ފިޔަވާ އެހެން ހުރިހާ ކުޅިވަރު ހަރަކާތްތަކެއް ހުއްޓާލަން ވަނީ އަންގާފައެވެ. އަދި ސަރުކާރުގެ އިދާރާތަކުގެ މަސައްކަތްތަކާއި ޚިދުމަތްތައް ވީހާވެސް ބޮޑަކަަށް އޮންލައިން ކުރުމަށްވެސް މިއުސޫލުގައި ވެއެވެ.

މީގެ އިތުރުން މާލޭގައި މިހާރު އިއުލާންކޮށްފައިވާ ކާފިއުގެ ވަގުތު ރޭގަނޑު 11 އިން ފަތިހު 4:30 އަށް ބަދަލުކުރުމަށް ނިންމާ، ރޭގަނޑު 8:30 އިން ފެށިގެން މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުން ވަނީ މާދަމާއިން ފެށިގެން މަނާކޮށްފައެވެ. މީގެ އިތުރުން ޕާކްތަކަށް ދިޔުން ހުއްޓާލަން އަންގާފައިވާއިރު، ޔުނިވަރސިޓީތަކުގެ ކިޔެވުން އޮންލައިން ކުރުމަށް ވެސް އަންގާފައިވެއެވެ. ހަމައެއާއިއެކު ޕްރީސްކޫލްތަކާއި ޑޭކެއަރ ސެންޓަރުތައް ބަންދުކުރުމަށްވެސް އަންގާފައިވެއެވެ.

މިއާއިއެކު 7 ފެބަރުވަރީ އިން ފެށިގެން ރަށްރަށުގައި މާސްކްއެޅުން މަޖުބޫރުކޮށް މިކަން ތަންފީޒުކުރުން ހަރުދަނާކުރުމަށްވެސް ވަނީ ނިންމައިފައެވެ.

ކޯވިޑް19ގެ ކޭސްތައް މިހަފްތާ ތެރޭގައި އަނެއްކާވެސް ވަނީ އިތުރުވެފައެވެ. މިހާރު ދުވާލެއްގެ މައްޗައް 100 އަށް ވުރެން ގިނަ މީހުން ދަނީ ބައްޔަށް ފައްސި ވަމުންނެވެ.

1 ހިޔާލު

  1. މިއުޅޭ ގޮތެއް ފޮތެއް ނެތް މީހުންތަކާއި މާ ބާރުގަދަ ކަމަށް ހެދިގެން އުޅޭ މީހުންގެ ފަރުދީ ޒިންމާ ޒީރޯވީމަ ވާނަ ހައެތި މިވަނީ. ސަރުކާރު ގޯސްކުރާނެކަމެއްނެތް. ހެޔޮ އެއްގޮތެއްވެސް ނޯންނާނެ.

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ