9-0ގެ ނަތީޖާއާއިއެކު ޕްރިމިއަރ ލީގުގައި އެންމެ ބޮޑު ތަފާތަކުން މޮޅުވި ރެކޯޑާ ޔުނައިޓެޑް އަނެއްކާވެސް ހަމަހަމަކޮށްފި

Loading

Facebook
Twitter
WhatsApp

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ މެންޗެސްޓަރ ޔުނައިޓެޑާއި ސައުތެމްޕްޓޮން ބައްދަލުކުރި މެޗް، 9-0ގެ ތަފާތު ބޮޑު ނަތީޖާއަކުން ޔުނައިޓެޑުން ކާމިޔާބުކޮށްފިއެވެ.

މިމެޗްގައި ޔުނައިޓެޑްގެ 7 ކުޅުންތެރިއެއްގެ ފަރާތުން ގޯލްތައް ފެނިގެން ގޮސްފައި ވެއެވެ.

މެޗްގެ ފުރަތަމަ ހާފް ޔުނައިޓެޑުން ނިންމާލީ ވެމްބިސާކަ، ރަޝްފޯޑް އަދި ކަވާނީގެ ގޯލުގެ އިތުރުން ސައުތްއެމްޕްޓޮން އަތުން ބައިކޮޅަށް ވަތް ގޯލަކާއިއެކު 4-0 ގެ ނަތީޖާއަކުންނެވެ. މެޗް ފެށިގެން ދެވަނަ މިނިޓުގައި ސައުތްއެމްޕްޓޮންގެ ޖަންކެވިޓްޒް އަށް ވަނީ ރަތްކާޑު ދައްކައިފައެވެ. އެޓީމުން ފުރަތަމަ ހާފް ނިންމާލީ 10 ކުޅުންތެރިންނާއި އެކުއެވެ.

ދެވަނަ ހާފްގައިވެސް ސްއުތްހެމްޕްޓަންގެ ބެޑްނަރެކް ކުރި ފައުލަކާއި ގުޅިގެން ވަނީ އޭނާއަށް ރަތްކާޑެއް ދައްކައިފައެވެ. އޭނާ ޕެނަލްޓީ އޭރިޔާ ތެރެއިން މިފައުލް ކުރީ މާޝިއަލް މުޅިން ހުސްކޮށް ދަނިކޮށެވެ. ދެވަނަ ހާފްގައި ވަނީ މާޝިއަލްގެ ރީތި ދެގޯލްގެ އިތުރުން، މިކްޓޮމިނޭ، ބްރޫނޯ ފާނަންޑޭޒް އަދި ޖޭމްސްގެ ގޯލެއް ފެނިގެން ގޮސްފައެވެ.

މިނަތީޖާއާއިއެކު ޔުނައިޓެޑުން މިވަނީ އަނެއްކާވެސް އެންމެ ބޮޑު ތަފާތަކުން ޕްރިމިއަރ ލީގުގައި މެޗެއް ކާމިޔާބުކުރި ރެކޯޑާއި އަރާ ހަމަކޮށްފައެވެ. 1995 ގައި ވެސް ޔުނައިޓެޑުން ވަނީ އިޕްސްއިޗް ޓައުންއާއި ދެކޮޅަށް 9 ގޯލް ޖަހާ މިރެކޯޑް ހަދައިފައެވެ. އޭގެ ފަހުން މި ރެކޯޑާއި ހަމަހަމަ ކޮށްފައިވަނީ 2018 ވަނަ އަހަރު ލެއިސްޓަރ އިން 9-0 އިން ސައުތްއެމްޕްޓޮން ބަލިކުރި މެޗްގައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް