ޖަމިއްޔާތަކަށް ދޫކުރާ ފައިސާއަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

Loading

Facebook
Twitter
WhatsApp

މަދަނީ ޖަމިއްޔާއަށް ދޫކުރާ ފައިސާގެ އެހީއަށް އެދި ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ޔޫތް މިނިސްޓްރީއިން ހުޅުވާލައިފިއެވެ. ފައިސާ ދޫކުރަން ނިންމައިފާ ވަނީ މަދަނީ ޖަމިއްޔާތަކުން ހިންގާ މުޖުތަމަޢު ބާރުވެރިކުރުމުގެ މަޝްރޫޢުތަކަށެވެ.

އެހީއަށް އެދި ހުށަހެޅޭނީ ޤާނޫނު ނަންބަރު 2003/1 ގެ ދަށުން ރަޖިސްޓްރީކޮށް ހިންގަމުންދާ ޖަމިއްޔާތަކަށް ކަމަށް މިނިސްޓްރީއިން ވަނީ ބުނެފައެވެ.

މިނިސްޓްރީއިން އިތުރަށް ބުނެފައިވާ ގޮތުގައި މި ފިޔަވަހީގެ ދަށުން އެހީ ދިނުމަށް ހަމަޖެހިފައިވަނީ ޖެނެރަލް ޕްރޮޖެކްޓް ގްރާންޓް އަދި ސްމޯލް ޕްރޮޖެކްޓް ގްރާންޓްގެ ގޮތުގައެވެ. އަދި އެހީ ދޭއިރު މި އެހީ ފޯރުކޮށްދެވޭނީ ސަރުކާރުގެ ސިޔާސަތުތަކާއި، ތަރައްގީގެ ޕްލޭންތަކުގައި ހިމެނޭ ކަން ކަން ހާސިލުކުރުމަށް މަގުފަހިކޮށްދޭ ކަންތައްތަކަށް ކަމަށް މިނިސްޓްރީއިން ބުނެފައިވެއެވެ.

ޕްރޮޕޯސަލް ބަލައިގަތުމަށް ހަމަޖެހިފައިވާ އެންމެ ފަހުގެ ތާރީޚަކީ 28 ފެބްރުއަރީ 2021 ވަނަދުވަހުގެ 13:00ގެ ނިޔަލަށެވެ. ޕްރޮޕޯސަލް ހުށަހަޅަންޖެހެނީ ޔޫތު މިނިސްޓްރީގެ އީމެއިލް، [email protected] އަށެވެ. މީގެ އިތުރުން އިތުރު މައުލޫމާތު ހޯއްދެވުމަށް 7556883، 7905784، 7662474 މިނަންބަރުތަކަށް ގުޅުއްވުމަށް މިނިސްޓްރީއިން ބުނެފައިވެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް