ޕްރިމިއަރ ލީގް: ޗެލްސީއާއި ޔުނައިޓެޑްގެ މެޗް އެއްވަރުވެއްޖެ

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ޗެލްސީއާއި މެންޗެސްޓަރ ޔުނައިޓެޑް ބައްދަލުކުރި މެޗް 0-0ގެ ނަތީޖާއިން އެއްވަރުވެގެން ނިމިއްޖެއެވެ. މެޗްގައި ދެޓީމުގެ ފަރާތުންވެސް ފެނިގެން ގޮސްފައިވަނީ ދާދި ހަމަހަމަ ކުޅުމެކެވެ. ނަމަވެސް ދެޓީމުންކުރެ ޓީމަކަށް ގޯލެއް ކާމިޔާބު ނުކުރެވި މެޗް ނިމިގެން ދިޔައީ ބެލުންތެރިންނަށް ’ފޫހި‘ މެޗެއްގެ ގޮތުގައެވެ. ޕްރިމިއަރ ލީގުގައި ރޭ ވަނީ ވާދަވެރި މެޗްތަކެއް ކުޅެފައެވެ. މިގޮތުން ޝެފީލްޑް ޔުނައިޓެޑްގެ މައްޗައް ލިވަޕޫލުންވަނީ 2-0 އަކުން ކުރި ހޯދާފައެވެ. ހަމައެއާއިއެކު ޓޮޓެންހަމް އިން ބާންލޭގެ މައްޗައް […]

ހުޅުމާލެ ގޮނޑުދޮށުގައި ހުރި ކެފޭއެއްގައި އަލިފާން ރޯވެ އަނދައިފި

ހުޅުމާލެ ގޮނޑުދޮށުގައި ހުންނަ ވައިޓް ބީޗް ކެފޭ އާއި ގުޅިގެން ހުރި ގުދަނެއްގައި ރޯވެ އެތަން ބޭނުން ނުކުރެވޭ ވަރަށް އަނދައިފިއެވެ. އެމްއެންޑީއެފުން މައުލޫމާތު ދޭގޮތުގައި އެތަނުގައި ހުޅުހިފާފައިގެން ރިޕޯޓް ލިބިފައިވަނީ ރޭ މެންދަމު 2:43 ހާއިރުއެވެ. އަދި މެންދަމު 3:00 ވީއިރު އެތަނުގައި ވަރަށް ބޮޑަށް ހުޅުހިފައިވާ ކަމަށް މަންޒަރު ދުށް ފަރާތްތަކުން މައުލޫމާތު ދެއެވެ. އަލިފާން ރޯވުމާއި އެކު ފުލުހުންނާއި ސިފައިން އެސަރަހައްދުގައި ހަރަކާތްތެރިވާން ފަށާފައިވެއެވެ. އެގޮތުން އަލިފާންގަނޑު ނިއްވުމުގެ އިތުރުން ކައިރި ގޭގޭގެ […]

މިސްކިތްތަށް ބަންދުކުރުމާއިމެދު އަދި ވަކިގޮތެއް ނުނިންމަން- އިސްލާމިކް މިނިސްޓަރީ

ކޯވިޑް19ގެ ކޭސްތައް އިތުރުވަމުން ދިޔުމާއި ގުޅިގެން މިސްކިތްތައް ބަންދުކުރުމާއި މެދު އަދި ވަކިގޮތެއް ނުނިންމާ ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް އިން ބުނެފައިވާ ކަމަށް މީޑިޔާތަކުން ރިޕޯޓް ކޮށްފިއެވެ. މިނިސްޓްރީ އިން މިހެން ބުނެފައިވަނީ މިސްކިތްތައް ބަންދުކުރުމަށް ހެލްތް ޕްރޮޓެކްޝަން އެެޖެންސީއިން މިނިސްޓަރީގައި އެދިފައިވާ ކަމަށް ބައެއް މީޑިޔާތަކުން ރިޕޯޓްކޮށްފައި ވަނިކޮށެވެ. މިނިސްޓްރީއިން ވިދާޅުވި ގޮތުގައި މިސްކިތްތައް ބަންދުކުރުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އެދިފައެވެ. އެކަމަށް ވަކި ގޮތެއް ނުނިންމާ ކަމަށާއި، މިހާރު އެކަމާއި ބެހޭ […]

ޗެމްޕިއަންސް ލީގް: ޗެލްސީއަށް މުހިންމު މޮޅެއް

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ’ރައުންޑް އޮފް 16‘ ގެ ފުރަތަމަ ލެގްގައި ރޭ ޗެލްސީއާއި އެތްލެޓިކޯ މެޑްރިޑް ބައްދަލުކުރި މެޗް 1-0 ގެ ނަތީޖާއިން ޗެލްސީ ކާމިޔާބު ކޮށްފިއެވެ. މެޗްގެ ފުރަތަމަ ހާފްގައި ދެޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ދިޔައެވެ. ގިނަ އެޓޭކްތަކެއް ފެނިގެން ދިޔަ ނަމަވެސް މިހާފްގައި ގޯލެއް ފެނިގެން ގޮސްފައެއް ނުވެއެވެ. މެޗުގައި ފެނިގެން ދިޔަ ހަމައެކެނި ގޯލް މެޗްގެ 68 ވަނަ މިނިޓުގައި ޗެލްސީއަށް ކާމިޔާބު ކޮށްދިނީ އޮލީވިޔާ ޖިރޫޑްގެ […]

”އެކްސް-ގަދަހިފުން“ ކުރިޔަށް ދާގޮތް ބީ.ޖީ ވައިސް ވަހީދު ބައްލަވާލައްވައިފި

އެމްއެންޑީއެފްގެ ސެންޓްރަލް އޭރިޔާގައި ކުރިޔަށްދާ ’އެމްސީބީސީ-06″ ގެ ފައިނަލް އެކްސަރސައިޒް ކަމަށްވާ ”އެކްސް-ގަދަހިފުން“ ބްރިގޭޑިޔާ ޖެނެރަލް ވައިސް ވަހީދު ބައްލަވާލަައްވައިފިއެވެ. ގައުމީ ދިފާއީ ބާރުގެ މެރިން ކޯގެ ޓްރެއިންންގެ ތެރޭގައި ހިމެނޭ މި އެކްސަރސައިޒް ބައްލަވާލައްވަން ބޖ.ވައިސް ވަހީދާއިއެކު ސީއެސްއެމް އަދްނާން އަލީވެސް ބައިވެރިވެ ވަޑައިގަންނަވާފައިވެއެވެ. ބްރިގޭޑިޔާ ޖެނެރަލް ވައިސް ވަހީދަކީ މިވަގުތު ގައުމީ ދިފާއީ ބާރުގެ މެރިންކޯގެ ކޮމަޑެންޓުގެ މަގާމުގައި ހުންނެވި ބޭފުޅާއެވެ. މެރިންކޯގެ ސިފައިންނަކީ ޚާއްސަ ތަމްރީނުތަކެއް ދެވޭ ބައެކެވެ. މިފަދަ ތަމްރީނުތަކުގެ ތެރެއިން […]

މާލޭގައި އައު މަސްމާރުކޭޓެއް ތަރައްގީ ކުރާނެ ކަމުގެ އިޝާރާތެއް

މާލޭގައި އައު މަސްމާރުކޭޓެއް ގާއިމުކުރުމުގެ މަސައްކަތް އަވަސް މުސްތަގުބަލެއްގައި ފެށޭނެ ކަމުގެ އިޝާރާތެއް މާލޭ ސިޓީގެ ކައުންސިލްގެ މޭޔަރ ޝިފާ މުހައްމަދު ކުރައްވައިފިއެވެ. ޝިފާ އިއްޔެ ވިދާޅުވި ގޮތުގައި އައު މަސްމާރުކޭޓު ތަރައްގީ ކުރުމަށް ބަޔަކު ހޯދުމަށް ވަރަށް އަވަހަށް އިއުލާނު ކުރެވޭނެއެވެ. ޝިފާ އިތުރަށް ވިދާޅުވި ގޮތުގައި މިހާރު މަސްމާރުކޭޓު ހިންގާ އިމާރާތުގެ ކުލީގެ މުއްދަތު 2023 އަށް ހަމަވާނެއެވެ. އަދި އޭގެ ކުރިން އައު މާރުކޭޓު އިމާރާތް ކުރުމަށް ނިންމާފައިވާ ކަމަށް ޝިފާ ވަނީ […]

ސީރީ އޭ؛ ރޮނާލްޑޯގެ ދެގޯލާއިއެކު ޖުވެންޓަސްއަށް މޮޅެއް

އިޓަލީގެ ސީރީ-އޭ ގައި ރޭ ޖުވެންޓަސްއާއި ކްރޮޓޯން ބައްދަލުކުރި މެޗް 3-0 ގެ ނަތީޖާއިން ޖުވެންޓަސް ކާމިޔާބު ކޮށްފިއެވެ. ފުރަތަމަ ހާފްގެ ކުރީކޮޅުގައި ދެޓީމުގެ ފަރާތުން ވެސް ރަނގަޅު އެޓޭކްތަކެއް ވަނީ ކޮށްފައެވެ. ނަމަވެސް ގޯލެއް ކާމިޔާބު ކުރުމަށް ދެޓީމުގެ ކުރެ ޓީމަކުން ނާކާމިޔާބު ވެފައިވަނިކޮށް، ހާފްގެ ފަހުކޮޅު 38 ވަނަ މިނިޓުގައި ގޯލް ހުޅުވާލީ ޖުވެންޓަސްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ބޮލުން ކާމިޔާބު ކުރި ގޯލުންނެވެ. އެއަށްފަހު ހާފް ނިމުމުގެ ކުރިން ރޮނާލްޑޯ ވަނީ ބޮލުން […]

”ޓެލެކިލާހަށް“ ބައިނަލްއަގުވާމީ އެވޯޑެއް

ކޯވިޑް19ގެ ފުރަބަންދުގެ ތެރޭގައި ދަރިވަރުންގެ ކިޔެވުން ހުއްޓުމެއްނެތި ކުރިޔަށް ގެންދިޔުމަށްޓަކާ ކުރިޔަށް ގެންދެވުނު ’ޓެލެކިލާސް‘ ޕްރޮގްރާމަށް ބައިނަލްއަގުވާމީ އެވޯޑެއް ލިބިއްޖެއެވެ. މިޕްރޮގްރާމަށް ލިބިފައިވަނީ ”ޔުނެސްކޯ ވެންހުއި އެވޯޑް ފޯރ އެޑިއުކޭޝަނަލް އިނޮވޭޝަން އިން އޭޝިޔާ ޕެސިފިކް ރީޖަން“ މި އެވޯޑެވެ. މި ކާމިޔާބީގެ އިނާމެއްގެ ގޮތުން ޔުނެސްކޯއިން ވަނީ 20000 އެމެރިކާ ޑޮލަރު ދީފައެވެ. ޓެލެކިލާސް ޕްރޮގްރާމަކީ ”ކޮންޓިނިއުޓީ އޮފް އެޑިއުކޭޝަން ޑިއުރިންގ ޕެންޑަމިކް: ބްރޯޑްކާސްޓިންގ އޮފް ލެސަންސް އޮން ނެޝަނަލް ޓީވީ ޗެނަލްސް“ މިނަމުގައި ކުރިޔަށް […]

ޗެމްޕިއަންސް ލީގް: ޕޯޓޯ އަތުން ޖުވެންޓަސް ބަލިވެއްޖެ

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ’ރައުންޑް އޮފް 16‘ ގައި ރޭ ޖުވެންޓަސްއާއި ޕޯޓޯ ބައްދަލުކުރި މެޗް 2-1ގެ ނަތީޖާއިން ޕޯޓޯ ކާމިޔާބު ކޮށްފިއެވެ. މެޗްގައި ޕޯޓޯގެ ގޯލްތައް ފެނިގެން ގޮސްފައިވަނީ ހައިރާން ކުރުވަނިވި ގޮތަކަށެވެ. ފުރަތަމަ ގޯލް ކާމިޔާބު ކުރީ، ޖުވެންޓަސްގެ ޑިފެންސްގެ ބޮަޑު މިސްޓޭކަކުންނެވެ. މިގޯލް މެޗް ފެށިގެން ދެވަނަ މިނިޓުގައި ކާމިޔާބު ކޮށްދިނީ ޕޯޓޯގެ ފޯވާޑް ޓަރެމީއެވެ. ދެވަނަ ގޯލްވެސް ޕޯޓޯއިން ކާމިޔާބު ކުރީ ކުއްލި ސިހުމެއް ލިބޭ ކަހަލަ ގޮތަކަށެވެ. ދެވަނަ ހާފް […]

’ސްޕޯޓްސް ފިޝިންގ‘ މަސްވެރިންގެ އުދާސްތައް އަލްމާސް ބަންޑުންކޮށްލައިފި

ރާއްޖޭގެ މައި ދެ އިންޑަސްޓްރީ ކަމުގައިވާ ފަތުރުވެރިކަމާއި މަސްވެރިކަން މިއަދު އޮތީ ގުޅިލާމެހިފައި ކަމަށް، ސްޕޯޓްސް ފިޝިންގ ދާއިރާގައި ތަޖުރިބާކާރު މަސްވެރިޔާ، މުޙައްމަދު އަލްމާސް ބުނެފިއެވެ. އަލްމާސް މިހެން ބުނެފައިވަނީ ސްޕޯޓްސް ފިޝިންގ ދާއިރާގެ މަސްވެރިންގެ އުދާސްތައް ބަންޑުން ކޮށްލާ، ސޯޝަލް މީޑިޔާގައި ކުރި ޕޯސްޓެއްގައެވެ. އަލްމާސް ސޯޝަލް މީޑިޔާގައި ކުރި ޕޯސްޓްގައި އިތުރަށް ބުނެފައިވާ ގޮތުގައި ފަތުރުވެރިން މިއަދު ރާއްޖެ އަންނަނީ ހަމައެކެނި ދޮންވެލި ގޮނޑުދޮށްތަކާއި ކަނޑުއަޑީގެ ރީތިކަން ދެކިލާކަށް ނޫނެވެ. މީގެ އިތުރުން ރާއްޖޭގެ […]