'ސްޕޯޓްސް ފިޝިންގ' މަސްވެރިންގެ އުދާސްތައް އަލްމާސް ބަންޑުންކޮށްލައިފި

Loading

Facebook
Twitter
WhatsApp

ރާއްޖޭގެ މައި ދެ އިންޑަސްޓްރީ ކަމުގައިވާ ފަތުރުވެރިކަމާއި މަސްވެރިކަން މިއަދު އޮތީ ގުޅިލާމެހިފައި ކަމަށް، ސްޕޯޓްސް ފިޝިންގ ދާއިރާގައި ތަޖުރިބާކާރު މަސްވެރިޔާ، މުޙައްމަދު އަލްމާސް ބުނެފިއެވެ. އަލްމާސް މިހެން ބުނެފައިވަނީ ސްޕޯޓްސް ފިޝިންގ ދާއިރާގެ މަސްވެރިންގެ އުދާސްތައް ބަންޑުން ކޮށްލާ، ސޯޝަލް މީޑިޔާގައި ކުރި ޕޯސްޓެއްގައެވެ.

އަލްމާސް ސޯޝަލް މީޑިޔާގައި ކުރި ޕޯސްޓްގައި އިތުރަށް ބުނެފައިވާ ގޮތުގައި ފަތުރުވެރިން މިއަދު ރާއްޖެ އަންނަނީ ހަމައެކެނި ދޮންވެލި ގޮނޑުދޮށްތަކާއި ކަނޑުއަޑީގެ ރީތިކަން ދެކިލާކަށް ނޫނެވެ. މީގެ އިތުރުން ރާއްޖޭގެ ކަނޑުތަކުން ބާނާ ތަފާތު ބާވަތުގެ މަސް ބޭނުމަށާއި، އެތަޖުރިބާއާއި ހިތްހަމަޖެހުން ހޯދުމަށް ވެސް ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އަންނަކަމަށް އަލްމާސް ވަނީ ބުނެފައެވެ. އަދި މިކަމަކީ ވަކި މީހަކު އިސްތިސްނާ ނުވާނެހެން މުޅި ރާއްޖެއަަށްވެސް ލިބޭ ފައިދާއެއްކަން އަލްމާސް ވަނީ ފާހަގަ ކޮށްފައެވެ.

ސްޕޯޓްސް ފިޝިންގ ދާއިރާގެ މަސްވެރިންގެ އުދާސްތައް ހާމަކޮށް ކޮށްފައިވާ މިޕޯސްޓުގައި، ރާއްޖެއަކީ ހަމައެކެނި ދޮށީގެ ސިނާއީ މަސްވެރިކަން ކުރާ ތަނެއް ގޮތުގައި އޮތްއޮތުން ޒަމާނާއި އެކު ބަދަލުވެފައިވާ ކަން ވަނީ ފާހަގަ ކޮށްފައެވެ. އަދި ކޮންމެ ބާވަތެއްގެ މަސްވެރިކަން ކުރި ނަމަވެސް މަސްވެރިންނަކީ އެއް ބައެއް ކަމަށާއި، އެއްބަޔަކު އަނެއް ބަޔަކަށް އިޚްތިރާމްކޮށް، މަސައްކަތުގައި ކުރިޔަށް ދާން މަގުފައިވާ ގޮތަށް އަޚްލާގު ހިފަހައްޓަން ޖެހޭ ކަމަށް އަލްމާސް ބުނެފައިވެއެވެ.

މީގެ އިތުރުން އަލްމާސްވަނީ ސްޕޯޓްސް ފިޝިންގެ ތެރެއިން ރާއްޖެއަށް ހުރި އުއްމީދީ ފުރުސަތުތަކުގެ ވާހަކަ ފާހަގަ ކޮށްފައެވެ. މިގޮތުން ރާއްޖެއަކީ ސްޕޯޓްސް ފިޝިންގެ ބައިނަލްއަގުވާމީ މުބާރާތްތައް ބޭއްވުމަށް އެންމެ ރަނގަޅު މަންޒިލް ކަމަށާއި، މިފަދަ ކަންކަމުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް އަންނާނެ ކަމަށް ވަނީ ފާހަގަ ކޮށްފައެވެ.

އަލްމާސްގެ ޕޯސްޓްގައި އެންމެ ފަހު ކަމެއްގެ ގޮތުން ވަނީ ކަމާބެހޭ އިދާރާތަކަށް އިލްތިމާސެއް ކޮށްފައެވެ. ރާއްޖޭގެ ކަނޑުތަކުން އެންމެނަށް ފައިދާވާނޭ ފަދައިން ގަވާއިދުތައް ބައްޓަންކުރަންވީ ވަގުތު ޖެހިއްޖެ ކަމަށާއި، އެކަން އެގޮތަށް ކޮށްދިނުމަށް އަލްމާސްވަނީ ކަމާބެހޭ ފަރާތްތަކުގެ ކިބައިން އެދިފައެވެ.

ސްޕޯޓްސް ފިޝިންއަކީ އެހެން ބާވަތްތަކުގެ މަސްވެރިކަމާއި ޚިލާފަށް ’ސަސްޓެއިނެބަލް‘ ގޮތެއްގައި ކުރެވޭ ކަމެކެވެ. ނަމަވެސް ރާއްޖޭގައި ހުރި ބައެއް ގާނޫނުތަކާއި ގަވާއިދުތަކުގެ ސަބަބުން މިބާވަތުގެ މަސްވެރިންނަށް ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމުގެ ޝަކުވާ މިމަސްވެރިން ދަނީ ކުރަމުންނެވެ. މި ދާއިރާއަކީ ރާއްޖޭގެ ގިނަ ޒުވާނުންނަތަކެއް ފަހަކަށް އައިސް އުފެދެމުން، ކުރިއަރަމުން އަންނަ ދާއިރާއެކެވެ. އަދި މިއީ ގިނަ ބަޔަކު ރަނގަޅު އާއްމުދަނީއެއް ހޯދަމުން އަންނަ މަސައްކަތެއް މެއެވެ.

Loading

One Response

  1. އެގޮތައްކަވެސް ބޭނުން ކަމެނޫ ބައްޑި ޖަހައިގެން މަސް މެރުން ރާއްޖޭގެ ގިނަބަޔަކު މިކަން މަނާކަމަކަވިޔަސް ކުރަމުން ދިއުމީ ވަރައް ދެރައް ވާކަމެ މިކަމަ އެވެސް ފިޔަވަޅެނާޅާ ބަތްއެ މަސްވެރިންނަ ފެނިގެ އެއަތޮޅު ޕޮލިސްޓޭސަނަ ގުޅާފަ އެވަގުތު މަސްސައްލަޖެސިޔަސް އެދޯނީ މަސައްލަ ޖަސާ ދޯނީ މާލޫމާތުނަގަނާ އެމަސައްލައެނުބަލާ މިކަން ގިނައިން ކުރަނީ ޕޮލިހުންތިބޭ ރަށްރަސުން މާމިގިލި މަހިބައްދޫ ހިމަންދޫ މިނޫ އެތައް ރަށްސަކުން ކުރާ ކަމެ މިކަމަ އެވެސް ފިޔަވަޅެ ނާޅާ ކިމާބެހޭފަރާތަކުން ކުރުވާކިމެކަން މިހާރު ޔަގީވެޖެ މަސަލަ ޖެސީމަވެސް ނުބަލާތީ ވަރައް ހިތާމަ ހުރިކަމެ އެގޮތައް ބަޑިޖަހައެގެން މަސް މެރީމަ މަސް ފިއްކެޑި ނަނުގަ ފަރުމަސް ވެރިކަން ކޮގެން ރިސޯޓް ތަކައް މަސް ގެންދާން ފަރާތައްކަ ދަތިތަކާކުރިމަތި ލާޖެހޭ ބައްއެ ދުވަހު މަހަނުކުމެ ކުރެވޭ ހަރަދު ލިބޭވަރުނުވޭ ރިސޯޓް ބޭނުންވާވަރައް މަސް ނުގެންދެވިގެ މަސްނެތިގެން ސަކުވާއެބައް ކުރޭ ބައްއެފަހަރު އެހެން ވިޔަސް މިކަމަހަލެއްލިބިގެންވާނީ މިކަމަ ހަލެހޯދާ ދޭނެކަމަ އުމީދު ކުރަން

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް