ޕްރިމިއަރ ލީގް: ޗެލްސީއާއި ޔުނައިޓެޑްގެ މެޗް އެއްވަރުވެއްޖެ

Loading

Facebook
Twitter
WhatsApp

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ޗެލްސީއާއި މެންޗެސްޓަރ ޔުނައިޓެޑް ބައްދަލުކުރި މެޗް 0-0ގެ ނަތީޖާއިން އެއްވަރުވެގެން ނިމިއްޖެއެވެ.

މެޗްގައި ދެޓީމުގެ ފަރާތުންވެސް ފެނިގެން ގޮސްފައިވަނީ ދާދި ހަމަހަމަ ކުޅުމެކެވެ. ނަމަވެސް ދެޓީމުންކުރެ ޓީމަކަށް ގޯލެއް ކާމިޔާބު ނުކުރެވި މެޗް ނިމިގެން ދިޔައީ ބެލުންތެރިންނަށް ’ފޫހި‘ މެޗެއްގެ ގޮތުގައެވެ.

ޕްރިމިއަރ ލީގުގައި ރޭ ވަނީ ވާދަވެރި މެޗްތަކެއް ކުޅެފައެވެ. މިގޮތުން ޝެފީލްޑް ޔުނައިޓެޑްގެ މައްޗައް ލިވަޕޫލުންވަނީ 2-0 އަކުން ކުރި ހޯދާފައެވެ. ހަމައެއާއިއެކު ޓޮޓެންހަމް އިން ބާންލޭގެ މައްޗައް 4-0 އަކުން ކުރިހޯދާފައި ވާއިރު، އާސެނަލް އިން ވަނީ ލެއިސްޓަރ ސިޓީގެ މައްޗައް 3-1 އަކުން ކުރި ހޯދާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް