ސީރީ އޭ؛ ރޮނާލްޑޯގެ ދެގޯލާއިއެކު ޖުވެންޓަސްއަށް މޮޅެއް

Loading

Facebook
Twitter
WhatsApp

އިޓަލީގެ ސީރީ-އޭ ގައި ރޭ ޖުވެންޓަސްއާއި ކްރޮޓޯން ބައްދަލުކުރި މެޗް 3-0 ގެ ނަތީޖާއިން ޖުވެންޓަސް ކާމިޔާބު ކޮށްފިއެވެ.

ފުރަތަމަ ހާފްގެ ކުރީކޮޅުގައި ދެޓީމުގެ ފަރާތުން ވެސް ރަނގަޅު އެޓޭކްތަކެއް ވަނީ ކޮށްފައެވެ. ނަމަވެސް ގޯލެއް ކާމިޔާބު ކުރުމަށް ދެޓީމުގެ ކުރެ ޓީމަކުން ނާކާމިޔާބު ވެފައިވަނިކޮށް، ހާފްގެ ފަހުކޮޅު 38 ވަނަ މިނިޓުގައި ގޯލް ހުޅުވާލީ ޖުވެންޓަސްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ބޮލުން ކާމިޔާބު ކުރި ގޯލުންނެވެ. އެއަށްފަހު ހާފް ނިމުމުގެ ކުރިން ރޮނާލްޑޯ ވަނީ ބޮލުން އިތުރު ގޯލެއް ކާމިޔާބު ކޮށްދީ 2-0 އަކަށް ނަތީޖާ ބަދަލު ކޮށްލައިފައެވެ.

ދެވަނަ ހާފްގައިވެސް ރަނގަަޅު އެޓޭކްތަކެއް ޖުވެންޓަސް އިން ކޮށްފައިވެއެވެ. ހާއްސަކޮށް ރޮނާލްޑޯ ދިޔައީ ”ހެޓްރިކެއް“ ހެދުމަށް މަސައްކަތްކުރަމުންނެވެ. ދެވަނަ ހާފްގައި ފެނުނު ހަމައެކެނި ގޯލް މެޗްގެ 66 ވަނަ މިނިޓުގައި ފެނުނީ ޖުވެންޓަސްގެ ފަރާތުންނެވެ.

މި ނަތީޖާއާއިއެކު ޖުވެންޓަސް މިވަގުތު އޮތީ 45 ޕޮއިންޓާއިއެކު ޓޭބަލްގެ 3 ވަނައިގައެވެ. ދެވަނައިގައި 49 ޕޮއިންޓާއިއެކު އޭސީ މިލާން އޮތް އިރު، އެއްވަނައިގައި 53 ޕޮއިންޓާއިއެކު އޮތީ އިންޓަރ މިލާނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް