"ޓެލެކިލާހަށް" ބައިނަލްއަގުވާމީ އެވޯޑެއް

Loading

Facebook
Twitter
WhatsApp

ކޯވިޑް19ގެ ފުރަބަންދުގެ ތެރޭގައި ދަރިވަރުންގެ ކިޔެވުން ހުއްޓުމެއްނެތި ކުރިޔަށް ގެންދިޔުމަށްޓަކާ ކުރިޔަށް ގެންދެވުނު ’ޓެލެކިލާސް‘ ޕްރޮގްރާމަށް ބައިނަލްއަގުވާމީ އެވޯޑެއް ލިބިއްޖެއެވެ.

މިޕްރޮގްރާމަށް ލިބިފައިވަނީ ”ޔުނެސްކޯ ވެންހުއި އެވޯޑް ފޯރ އެޑިއުކޭޝަނަލް އިނޮވޭޝަން އިން އޭޝިޔާ ޕެސިފިކް ރީޖަން“ މި އެވޯޑެވެ. މި ކާމިޔާބީގެ އިނާމެއްގެ ގޮތުން ޔުނެސްކޯއިން ވަނީ 20000 އެމެރިކާ ޑޮލަރު ދީފައެވެ.

ޓެލެކިލާސް ޕްރޮގްރާމަކީ ”ކޮންޓިނިއުޓީ އޮފް އެޑިއުކޭޝަން ޑިއުރިންގ ޕެންޑަމިކް: ބްރޯޑްކާސްޓިންގ އޮފް ލެސަންސް އޮން ނެޝަނަލް ޓީވީ ޗެނަލްސް“ މިނަމުގައި ކުރިޔަށް ގެންދެވުނު ޕްރޮޖެކްޓެކެވެ.

ޓެލެކިލާސް ޕްރޮގްރާމުގައި ރާއްޖޭގެ ސްކޫލްތަކުގެ އެކިއެކި ޓީޗަރުންވަނީ އެކި ގްރޭޑަތްކުގެ ކުދިންގެ ފިލާވަޅުތައް ރެކޯޑްކޮށްފައެވެ. މި ފިލާވަޅުތައް ކުދިންނަށް ދުރާލާ ދެވިފައިވާ ޓައިމްޓޭބަލަކާއި އެއްގޮތަށް ދިޔައީ ޓީވީއިން ބްރޯޑްކާސްޓް ކުރަމުންނެވެ.މި ޕްރޮގަރާމްވެގެން ގޮސްފައިވަނީ ފުރަބަންދުގެ ތެރޭގައި ކުދިންނަށް ލިބުނު ވަރަށް ބޮޑު އެހީއަކަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް