ޗެމްޕިއަންސް ލީގް: ޕޯޓޯ އަތުން ޖުވެންޓަސް ބަލިވެއްޖެ

Loading

Facebook
Twitter
WhatsApp

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ’ރައުންޑް އޮފް 16‘ ގައި ރޭ ޖުވެންޓަސްއާއި ޕޯޓޯ ބައްދަލުކުރި މެޗް 2-1ގެ ނަތީޖާއިން ޕޯޓޯ ކާމިޔާބު ކޮށްފިއެވެ.

މެޗްގައި ޕޯޓޯގެ ގޯލްތައް ފެނިގެން ގޮސްފައިވަނީ ހައިރާން ކުރުވަނިވި ގޮތަކަށެވެ. ފުރަތަމަ ގޯލް ކާމިޔާބު ކުރީ، ޖުވެންޓަސްގެ ޑިފެންސްގެ ބޮަޑު މިސްޓޭކަކުންނެވެ. މިގޯލް މެޗް ފެށިގެން ދެވަނަ މިނިޓުގައި ކާމިޔާބު ކޮށްދިނީ ޕޯޓޯގެ ފޯވާޑް ޓަރެމީއެވެ. ދެވަނަ ގޯލްވެސް ޕޯޓޯއިން ކާމިޔާބު ކުރީ ކުއްލި ސިހުމެއް ލިބޭ ކަހަލަ ގޮތަކަށެވެ. ދެވަނަ ހާފް ފަށައި ދެވަނަ މިނިޓުގެ ތެރޭގައި އެގޯލް ކާމިޔާބު ކޮށްދިނީ މަރެގާއެވެ.

ޖުވެންޓަސްއިން މެޗުގައި ކާމިޔާބު ކުރި ހަމައެކެނި ގޯލް ކާމިޔާބު ކުރީ 82 ވަނަ މިނިޓުގައި ކިއެސާއެވެ. ޖުވެންޓަސްގެ އެހެން ހުރިހާ އެޓޭކެއް ވަނީ ނާކާމިޔާބު ވެފައެވެ.

ޗެމްޕިއަންސް ލީގުގެ ’ރައުންޑް އޮފް 16’ގެ ފުރަތަމަ ލެގްގެ މެޗްތަކުގައި އަންގާރަ ދުވަހު ރޭ، ބާސާ ވަނީ ޕީއެސްޖީ އަތުން 4-1 އަކުން ބަލިވެފައެވެ. އަދި ލިވަޕޫލް ވަނީ ލެއިޕްޒީގް އާ ބައްދަލުކޮށް 2-0 އަކުން މޮޅުވެފައެވެ. ރޭ ދެން ކުޅެވުނު މެޗްގައި ޑޯޓްމަންޑް ވަނީ ސެވިއްޔާގެ މައްޗަށް 3-2 އަކުން ކުރި ހޯދައިފައެވެ. ދެވަނަ ލެގްގެ މެޗްތައް ފަށަން ހަމަޖެހިފައިވަނީ މާރޗް 10 ވަނަ ދުވަހުއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް