”އެކްސް-ގަދަހިފުން“ ކުރިޔަށް ދާގޮތް ބީ.ޖީ ވައިސް ވަހީދު ބައްލަވާލައްވައިފި

އެމްއެންޑީއެފްގެ ސެންޓްރަލް އޭރިޔާގައި ކުރިޔަށްދާ ’އެމްސީބީސީ-06″ ގެ ފައިނަލް އެކްސަރސައިޒް ކަމަށްވާ ”އެކްސް-ގަދަހިފުން“ ބްރިގޭޑިޔާ ޖެނެރަލް ވައިސް ވަހީދު ބައްލަވާލަައްވައިފިއެވެ.
ގައުމީ ދިފާއީ ބާރުގެ މެރިން ކޯގެ ޓްރެއިންންގެ ތެރޭގައި ހިމެނޭ މި އެކްސަރސައިޒް ބައްލަވާލައްވަން ބޖ.ވައިސް ވަހީދާއިއެކު ސީއެސްއެމް އަދްނާން އަލީވެސް ބައިވެރިވެ ވަޑައިގަންނަވާފައިވެއެވެ.

ބްރިގޭޑިޔާ ޖެނެރަލް ވައިސް ވަހީދަކީ މިވަގުތު ގައުމީ ދިފާއީ ބާރުގެ މެރިންކޯގެ ކޮމަޑެންޓުގެ މަގާމުގައި ހުންނެވި ބޭފުޅާއެވެ. މެރިންކޯގެ ސިފައިންނަކީ ޚާއްސަ ތަމްރީނުތަކެއް ދެވޭ ބައެކެވެ. މިފަދަ ތަމްރީނުތަކުގެ ތެރެއިން އެކިއެކި އެކްސަރސައިޒްތަކާއި ޑްރިލްތައް ދޭތެރެއަކުން ކުރިޔަށް ގެންދެވެއެވެ.
![]()




Comments are reviewed before publication. You can write in English or Dhivehi.