ޕްރިމިއަރ ލީގް: ޔުނައިޓެޑާއި އާސެނަލްގެ ފޯރިގަދަ މެޗް އެއްވަރުވެގެން ނިމިއްޖެ

Loading

Facebook
Twitter
WhatsApp

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ މެންޗެސްޓަރ ޔުނައިޓެޑާއި، އާސެނަލް ބައްދަލުކުރި މެޗް އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބު ނުކުރެވި ނިމިއްޖެއެވެ.

މެޗްގެ ފުރަތަމަ ހާފްގައި ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނުނު ނަމަވެސް، ޔުނައިޓެޑުގެ ފަރާތުން ވަނީ ނުރައްކާތެރި ހަމަލާތަކެއް އުފައްދަން މަސައްކަތް ކޮށްފައެވެ. ނަމަވެސް ލިބުނު ފުރުސަތު ތަކުގެ ބޭނުން ނުހިފި ހާފް ނިމުނީ ގޯލެއް ކާމިޔާބު ނުކުރެވިއެވެ.

ދެވަނަ ހާފް ފެށިގެން އައިއިރު އާސެނަލްއިން ވަނީ ކުޅުން ރަނގަޅުކޮށް، ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލައިފައެވެ. ހަމައެއާއިއެކު ޔުނައިޓެޑުންވެސް ހަމަލާތައް އުފައްދަން ފަށާ، މެޗްގެ ފޯރި އިތުރަށް ގަދަވިއެވެ. ގޯލެއް ނުފެނު ކަމުގައި ވިޔަސް މިމެޗަކީ ބެލުންތެރިންނަށް ޝައުޤުވެރި، ފޯރިގަދަ މެޗެކެވެ.

އިއްޔެ ލީގުގައި ކުޅެވުނު އިތުރު މެޗްތަކަށް ބަލާއިރު، މެންޗެސްޓަރ ސިޓީ ވަނީ ޝެފީލްޑް ޔުނައިޓެޑް އަތުން 1-0 އަކުން މޮޅުވެ 3 ޕޮއިންޓް ކަށަވަރު ކޮށްފައެވެ. އަދި ކްރިސްޓަލް ޕެލަސްއާއި ނިއުކާސެލް އިން ވެސް ވަނީ 3 ޕޮއިންޓް ކަށަވަރު ކޮށްފައެވެ. މިނަތީޖާތަކާއި އެކު މިވަގުތު 44 ޕޮއިންޓާއިއެކު ސިޓީ އޮތީ ޓޭބަލްގެ އެއްވަނައިގައެވެ. އަދި ދެވަނާގައި ޔުނައިޓެޑް އޮތީ 41 ޕޮއިންޓާއި އެކުގައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް