”ހައްގުފޮށި“ ގެ ނަމުގައި އިދިކޮޅުން ފަންޑު ފޮއްޓެއް ހުޅުވައިފި

ޖޫރިމަނާ ދެއްކުމުގެ ގޮތުން އިދިކޮޅު ދެ ޕާޓީ، ޕީޕީއެމާއި ޕީއެންސީ ބޮޑު އަދަދަކުން ޖޫރިމަނާ ކޮށްފައިވާތީ އެ ފައިސާ ދެއްކުމަށް ”ހައްގުފޮށި“ ގެ ނަމުގައި ފަންޑު ފޮށްޓެއް ހުޅުވައިފިއެވެ. ”ހައްގުފޮށި“ގެ ނަމުގައި އިދިކޮޅުން ފަންޑު ފޮއްޓެއް ހުޅުވާފައި ވަނީ މިއަދު ހަވީރު ޕީޕީއެމް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އިދިކޮޅު ދެ ޕާޓީ އިލެކްޝަން ކޮމިޝަނުން ޖޫރިމަނާ ކޮށްފައިވަނީ 150،000 ރުފިޔާއިންނެވެ. އީސީ އިން ބުނީ، އެ ދެ ޕާޓީން އިސްވެ އޮވެ އިދިކޮޅު ލީޑަރު އަދި ކުރީގެ […]
ތިނަދޫ އާއި ކުޅުދުއްފުށީގައި ޓާޝަރީ ހޮސްޕިޓަލް އަޅައިދޭނެ ބަޔަކު ހޯދަނީ

ހދ ކުޅުދުއްފުއްޓާއި ގދ ތިނަދޫ ޓާޝަރީ ހޮސްޕިޓަލުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން އިއުލާނު ކޮށްފިއެވެ. ފިނޭންސް މިނިސްޓްރީ އިން ކުރި އިއުލާނުގައި ބުނީ ކޮންޓްރެކްޓާ ފައިނޭންސްގެ ދަށުން ކުޅުދުއްފުއްޓާ ތިނަދޫ ޓާޝަރީ ހޮސްޕިޓަލުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް އިއުލާނު ކުރާ ކަމަށެވެ. އިއުލާނުގައި ބުނީ މި ދެ ޕްރޮޖެކްޓުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި 2.3 މިލިއަން ރުފިޔާގެ ނުވަތަ އެއާ އެއްވަރުގެ އަދަދަކުން ޑޮލަރު ހުށަހަޅަން ޖެހޭ ކަމަށާއި، މި މަސައްކަތްތަށް […]
އިންޑޮނޭޝިއާގެ ވެރިރަށް އަނެއްކާވެސް ލޮކްޑައުން ކުރަނީ

އިންޑޮނޭޝިއާގެ ވެރިރަށް ޖަކާޓާ އަނެއްކާވެސް ލޮކްޑައުން ކުރުމަށް އެޤައުމުގެ ސިއްޙަތާބެހޭ ވުޒާރާއިން ނިންމައިފިއެވެ. ދެވަނަފަހަރަށް ޖަކާޓާ ލޮކްޑައުން ކުރމަށް އެޤައުމުގެ ސިއްޙީ ވުޒާރާއިން މިނިންމީ ކުއްލިއަކަށް ކޮވިޑް-19ގެ ކޭސްތަށް އެސިޓީގައި ފެތުރޭ މިންވަރު އިތުރުވެ، ކޮމިއުނިޓީ ސްޕްރެޑަކަށް ދިއުމުންނެވެ. އަދި މިޙާލަތު ދިގުލައިގެން ގޮސްފިނަމަ ކަމާއިބެހޭ ފަރާތްތަކަށް ކޮންޓްރޯލް ނުކުރެވޭ ދަރަޖައަށްގޮސް މިކަމުގެ ސަބަބުން ފުރާނައަށް ނުރައްކާވާ މީހުން ގިނަވެ މަރުވާމީހުންގެ ޢަދަދު ގިނަވެދާނެތީކަމަށް އެވުޒާރާއިން ބުނެއެވެ. މިކަމާއިބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ޖަކާޓާގެ ގަވަރުނަރު އަނީސް […]
އެންމެ ކުޑަ އުޖޫރަ ދޭން ފާސްކޮށްފި! އަމަލު ކުރަން ފަށާނީ އަންނަ އަހަރުގެ ނިމުމުގެ ކުރިން

އެންމެ ކުޑަ އުޖޫރަ ކަނޑައަޅަން ޖެހޭ ދާއިރާތަށް ހިމަނައި، އަންނަ އަހަރުގެ ނިޔަލަށް އެންމެ ކުޑަ އުޖޫރަ ކަނޑައަޅައި ތަންފީޒް ކުރުމަށް ވަޒީފާއާއި ބެހޭ ޤާނޫނުނަށް ހުށައެޅި އިސްލާޙު މަޖިލީހުން ފާސްކޮށްފިއެވެ. ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަޙްމަދު ޢީސާ ވަޒީފާއާއި ބެހޭ ޤާނޫނަށް ހުށައެޅި އިސްލާޙް މަޖިލީހުގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީއިން ދިރާސާކޮށް ނިންމެވިގޮތަށް އިއްޔެގެ މަޖިލީހުން ވަނީ ފާސްކުރައްވާފައެވެ. މިއިސްލާހް މަޖިލީހުން ފާސްވެފައިވަނީ މަޖިލީހުގެ 55 މެމްބަރުންގެ ވޯޓުންނެވެ. އެންމެ ފުރަތަމަ […]
ޑރ. މައުސޫމަށް މަޖިލީހުން ރުހުން ދީފި

ޑރ. އަބްދުﷲ މައުސޫމަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުގައި ދެވަނަ ފަހަރަށް އެޖެންޑާކޮށް، ޓުއަރިޒަމް މިނިސްޓަރ ކަމަށް އޭނާއަށް މަޖިލީހުން ރުހުން ދީފި އެވެ. ޑރ ޢަބްދުﷲ މައުސޫމަށް ރުހުންދިނުމަށް ފާސްކުރީ މަޖިލީހުގެ އިއްޔެގެ ޖަލްސާއަށް އެވަގުތު ހާޟިރުވެ ވަޑައިގެން ތިއްބެވި 69 މެމްބަރުންގެ އިއްތިފާޤުންނެވެ. ޖުމްހޫރީ ޕާޓީގެ ސްލޮޓުގައި ވަޒީރުކަން ދެއްވި މައުސޫމަށް ރުހުން ދިނުމަށް މީގެ ކުރިން ވެސް މަޖިލީހުގައިނއެޖެންޑާ ކުރިއެވެ. ނަމަވެސް ސަރުކާރުގެ މަސްޢޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން އެކަމާ ގުޅޭ […]
”ރީޑިސްކަވާ މޯލްޑިވްސް“ ގެ ނަމުގައި ވެބިނާ ސީރީޒެއް ފަށައިފި

”ސޭފް ހޭވަން“ އެއްގެ ގޮތުގައި ރާއްޖެ ދައްކަން އެމްއެމްޕީއާރްސީން ”ރީޑިސްކަވާ މޯލްޑިވްސް“ ނަމުގައި ވެބިނާ ސީރީޒެއް ފަށައިފި އެވެ. އެމްއެމްޕީއާރްރްސީން މިދިއަ ޖުލައި 15 ގައި އަލުން ބޯޑަރު ހުޅުވުމާ ގުޅިގެން ”ރީޑިސްކަވާ މޯލްޑިވްސް“ ނަމުގައި ވަނީ ކެމްޕޭނެއް ލޯންޗުކޮށްފަ އެވެ. ވެބިނާ ސީރީޒް ތަކެއް ފެށީ އެ ކެމްޕޭނުގެ ދަށުންނެވެ. މި ވެބިނާ ސީރީޒަކީ ”ސޭފް ހޭވަން“ އެއްގެ ގޮތުގައި ރާއްޖެ ދައްކާ ބަލިމަޑުކަމުގެ ދަނޑިވަޅުގައި ވެސް ޒިޔާރަތް ކުރަން އެންމެ ރައްކާތެރި ގައުމުތަކުގެ ތެރޭގައި […]
ގޭގައި އެއްޗެހި ހަދައިގެން ވިއްކާ މީހުން ހުއްޓުވާކަށް ނޫޅެން: ރޭމް

ގޭގައި އެއްޗެހި ހަދައިގެން ވިއްކާ މީހުން ހުއްޓުވަން ނޭޅޭ ކަމަށް ރެސްޓޯރެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ރޭމް) އިން ބުނެފިއެވެ. ރަޖިސްޓްރީ ނުކޮށް ގޭގައި ކާބޯތަކެތި ހަދައިގެން ވިއްކާ މީހުންނާ ދޭތެރޭ ފިޔަވަޅު އަޅާނެކަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އެންގުމައި ގުޅިގެން ރޭމް އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އެޗްޕީއޭގެ އިއުލާނަކީ އެ ޖަމިއްޔާ އިން ކުރި މަސައްކަތުގެ ނަތީޖާ ކަމަށް ބުނެފަ އެވެ. އެޗްޕީއޭއާ އެކު މިދިޔަ މަހު 22ގައި ބޭއްވި […]
ޓެކްނޮލޮޖީ ސްޓާޓަޕްތަކަށް އެކުވެރި ވެއްޓެއް މީގެކުރިން ރާއްޖޭގައި ގާއިމްވެފައި ނުވޭ: މިނިސްޓަރ މަލީހު

ޓެކްނޮލޮޖީ ސްޓާޓަޕްތަކަށް އެކުވެރި ވެއްޓެއް މީގެކުރިން ރާއްޖޭގައި ގާއިމްވެފައި ނުވާކަމަށާއި، އެފަދަ ވެއްޓެއް ގާއިމުކޮށްދިނުމަކީ ސަރުކާރުން ކުރަންޖެހޭ މަސައްކަތެއް ކަމަށް ގަބޫލުކުރައްވާކަމަށް ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެ އެވެ. ރާއްޖޭގައި ސްޓާޓަޕްތަކާ ގުޅޭ ވެއްޓެއް ނުވަތަ އީކޯސިސްޓަމެއް ގާއިމްކުރަން މައިކްރްސޮފްޓާއި ގުޅިގެން ކޮމިއުނިކޭޝަން މިނިސްޓްރީން މަސައްކަތްކުރަން ވަނީ ފަށާފައެވެ. މައިކްރޮސޮފްޓާއި އެކު ކުރިއަށް ދިޔަ ބައްދަލުވުމުގައި ކޮމިއުނިކޭޝަން މިނިސްޓަރު މަލީހުގެ އިތުރުން މެނާ އަދި ސާކް ސަރަހައްދުގެ މައިކްރޮސޮފްޓް ސްޓާޓަޕްގެ ކަންޓްރީ ހެޑް ލަތިކާ […]
ރާއްޖޭގައި ވަކާލާތު ކުރުމުގެ ހުއްދަ ބިދޭސީ ވަކީލުންނަށް ދެން ލިބޭނެ

ރާއްޖޭގެ ކޯޓުތަކުގައި ވަކި ޝަރުތުތަކެއް ފުރިހަމަވާ ބިދޭސީ ވަކީލުންނަށް ވަކާލާތު ކުރުމުގެ ހުއްދަ ދީފިއެވެ. ބިދޭސީ ވަކީލުންނަށް ހުއްދަ ދިން ކަމަށް އަންގާ ބާ ކައުންސިލުން ނެރުނު ގަވާއިދުގައި ބުނެފައި ވަނީ، ރާއްޖޭގެ ބިދޭސީ ވަކީލުންނަށް ވަކާލާތު ކުރެވޭނީ ކޯޓެއްގައި ހިނގަމުންދާ މައްސަލަތަކުގައި ވަކި ޝަރުތުތަކެއް ފުރިހަމަވާ ނަމަ އަދި ވަކި މުއްދަތެއް ވަންދެން ކަމަށެވެ. އަދި ބިދޭސީ ވަކީލަކަށް ވަކާލާތު ކުރުމުގެ ހުއްދަ ދިނުމަށް އެދި ބާ ކައުންސިލަށް ހުށަހެޅޭނީ އެޓާނީ ޖެނެރަލްގެ އޮފީހާއި ޕްރޮސެކިއުޓާ […]
‘މޯލްޑިވްސް ވިމެން އިން ޕޮލިސިން“ އާއި ”ޕްރޮޖެކްޓް ގާޑިއަން“ އިފުތިތާހުކޮށްފި

”މޯލްޑިވްސް ވިމެން އިން ޕޮލިސިން“ އާއި ޕްރޮޖެކްޓް ގާޑިއަން“ ފަސްޓްލޭޑީ ފަޒްނާ އަހުމަދު އިފްތިތާހުކޮށްދެއްވައިފި އެވެ. އިސްކަންދަރުކޮށީގައި އިފްތިތާހުކުރި މި ކަމަކީ މޯލްޑިވްސް ޕޮލިސް ސަވިސްއިން ކުރިޔަށް ގެންދާ ދެ މަޝްރޫއެކެވެ. މި ރަސްމިއްޔާތުގައި ފުލުހުންގެ ފަރާތުން އެކަމަނާއަށް ވަނީ ހަނދާނީ ފިލައެއް އަރުވާފައެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފަސްޓްލޭޑީ ވިދާޅުވީ، ”މޯލްޑިވްސް ވިމެން އިން ޕޮލިސިން“ ފަދަ ކޮމިޓީއެއް އުފައްދާ ހިންގުމުގެ ދާއިރާގައި އަންހެނުންގެ ދައުރު އިތުރަށް ފުޅާކުރުމަކީ އަންހެނުން ބާރުވެރި ކުރަން ކުރާ […]