ފްލެޓް ކުއްޔަށް ދިނުމަކީ ގެދޮރުވެރިކަން ބޭނުންވާ މީހުންގެ ހައްގަށް ލިބޭ އުނިކަމެއް: ހައުސިން މިނިސްޓްރީ

ފްލެޓް ލިބޭ ފަރާތްތަކުން އެތަންތަން ކުއްޔަށް ދިނުމަކީ މާލެއިން ގެދޮރުވެރިކަން ބޭނުންވާ އެހެން މީހުންގެ ހައްގަށް ލިބޭ އުނިކަމެއް ކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ބުނެފިއެވެ. ރާއްޖެޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މިނިސްޓްރީގެ، ޑެޕިއުޓީ މިނިސްޓަރު ފާތިމަތު ނިއުމާ ވިދާޅުވީ ގެދޮރަކީ ވަރަށް ބޮޑަށް އާމްދަނީއަށް ހޯދުމަށް ބޭނުން ކުރެވޭ އެއްޗެއް ކަމަށާއި، މިހާރުގެ ހާލަތުގައި ވަޒީފާއިން ލިބޭ މުސާރައިން އެކަނި ފުއްދާ ނުލެވޭ ކަމަށެވެ. މާލޭގައި ދިރިއުޅުމުގެ […]

އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް 4 ވަނަ އިސްލާހު ގެނައުމުގެ ބިލް ތަސްދީގުކޮށްފި

އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް 4 ވަނަ އިސްލާހު ގެނައުމުގެ ބިލް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފި އެވެ. މި ބިލުގައި މިއުނިޓީ ސާވިސް ދިނުމުގެ ބާރު މޯލްޑިވްސް އިންލަންޑް ރެވެނިޔު އޮތޯރިޓީ (މީރާ) އަށް ލިބިގެންވާ ގޮތަށް ވަނީ އިސްލާހު ގެނެސްފައެވެ. މި އިސްލާހާއި އެކީ ޓްރެފިކާ ގުޅޭ އެކި ކުށްތަކުގައި ޖޫރިމަނާގެ އަދަދު 10،000 ރުފިޔާ އަށްވުރެ އިތުރުވެފައިވާ މީހުން، އިތުރަށް ޖޫރިމަނާ ކުރުމުގެ ބަދަލުގައި ކޮމިޔުނިޓީ ސާވިސް ނުވަތަ […]

ފްލެޓުތަކުގެ ދާއިމީ ލިސްޓަށް ޝަކުވާ ހުށަހެޅޭގޮތް ހަދައިފި

ފްލެޓުތަކުގެ ދާއިމީ ލިސްޓަށް ޝަކުވާ ހުށަހެޅޭގޮތް ހަދައިފިއެވެ. ހިޔާ މަޝްރޫއުގެ ފްލެޓުތަކުގެ ތެރެއިން ވަގުތީ ލިސްޓު އާންމުކޮށްފައިވާ ހަތަރު ކެޓަގަރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލާފައިވާކަމަށް ފްލެޓުތަކުގެ މައްސަލަ ބަލާ ކޮމިޓީން ބުނެފިއެވެ. ފްލެޓުތަކުގެ މައްސަލަ ބަލާ ކޮމިޓީން މިއަދު އިއުލާނެއްގައި ބުނީ ”މިފަހަރުގެ ދާއިމީ ލިސްޓު ފުރިހަމަ ކުރުމަށް ޓަކައި ހުރިހާ ފަރާތަކަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ“ ކަމަށާއި ”ފްލެޓަށް އެދުނު މީހުންގެ ތެރެއިން ނުލިބޭ މީހުންނާއި ފްލެޓު ލިބިފައިވާ އެެހެން މީހަކާއި […]

މޯލްޑިވިއަނުން މެލޭޝިއާއަށް ހާއްސަ ފްލައިޓެއް ބާއްވަނީ

މޯލްޑިވިއަން އިން މެލޭޝިއާ އަށް ހާއްސަ ފްލައިޓެއް ބާއްވަން މޯލްޑިވިއަން އިން ނިންމައިފިއެވެ. މޯލްޑިވިއަނުން ހާމަކޮށްފައިވާ ގޮތޮގައި އަންނަ މަހުގެ 10 ވަނަ ދުވަހު ހާއްސަ ފްލައިޓެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. އެފްލައިޓަކީ މެލޭޝިއާގެ ވެރިރަށް ކުއަލަލަމްޕޫރަށް ދަތުރުކުރަން ބޭނުންވާ ފަރާތްތަކަށް ހާއްސަ ފްލައިޓެއްކަމަށެވެ. މޯލްޑިވިއަން އިން އިތުރަށް ހާމަކުރި ގޮތުގައި ”އެއްކޮޅު ޓިކެޓު 385 ޑޮލަރަށް ލިބޭނެ ކަމަށާއި މިހާރުން ފެށިގެން ބުކިން ހެއްދޭނެ“ ކަމަށެވެ. މި ފްލައިޓް ބާއްވަން ނިންމީ މެލޭޝިއާގައި ކިޔަވާ ދިވެހި […]

އޮންލައިން ވިޔަފާރިތައް ވެބްސައިޓަކުން ބަލައިލެވޭނެ ގޮތް ހަދަނީ

parking space in male city news

ކޯވިޑް-19 ގެ މި ހާލަތުގައި ކުދި އޮންލައިން ވިޔަފާރިތަކަށް އަމާޒުކޮށްގެން އަދި އެފަދަ ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމުކޮށްދިނުމުގެ މަގްސަދުގައި ވެބްސައިޓެއް އުފައްދަން ނިންމައިފިއެވެ. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި ޔޫއެންޑީޕީ މޯލްޑިވްސް އާއި ބިޒްނަސް ސެންޓަރު ކޯޕަރޭޝަން ގުޅިގެން ކުރާ މި މަސައްކަތުގެ ދަށުން، އަޒަބައިޖާންގެ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް، ކޮމިއުނިކޭޝަންސް އެންޑް ހައި ޓެކްނޮލޮޖީޒް އާއި ޔޫއެންޑީޕީ އަޒަރުބައިޖާންއާއެކު ވަނީ މިކަމަށް ޕާޓްނާޝިޕަކަށް އައިސްފައެވެ. މީގެ ދަށުން އޮންލައިންކޮށް ހިދުމަތް ފޯރުކޮށްދޭ ވިޔަފާރިތަކަށް އަމާޒުކޮށްގެން […]

ޑިޖިޓަލް ވޮލެޓު ތަކުން ފޮނުވާ ފައިސާ ޖަމާވާނީ ރުފިޔާ އެކައުންޓްތަކަށް: ބީއެމްއެލް

ރާއްޖޭން ބޭރުގެ އޮންލައިން ޑިޖިޓަލް ވޮލެޓު ތަކުން ފޮނުވާ ފައިސާ ރުފިޔާ އެކައުންޓްތަކަށް ޖަމާކުރެވޭ ގޮތަށް ބަދަލު ގެނެސްފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފިއެވެ. ބީއެމްއެލް އިން ނެރުނު ބަޔާނެއްގައި ބުނީ، ”ވިސާ ޑައިރެކްޓް“ ”މާސްޓަ ކާޑް ސެންޑް“ ފަދަ ޕްލެޓްފޯމް މެދުވެރިކޮށް އަންނަ ފައިސާ ޔޫއެސް ޑޮލަރު އެކައުންޓް ތަކަށް ޖަމާކޮށްދިނުން މިއަދުން ފެށިގެން ހުއްޓާލާފައިވާ ކަމަށެވެ. އެމްއެލް އިން ބުނީ، ޓްރާންސްފާ ޕްލެޓްފޯމުގެ ތަކުން ލިބޭ ފައިސާ ޑޮލަރު އެކައުންޓްތަކަށް […]

ސްޓޫޑެންޓް ލޯނު ދޭއިރު ކޮންމެ ރަށަކަށް ހާއްސަ ކުރަނީ

މަތީ ތައުލީމު ހާސިލް ކުރުމަށް ސްޓޫޑެންޓް ލޯނު ދޭއިރު ހުރިހާ ރަށަކުން ދަރިވަރަކަށް ވެސް އެ ފުރުސަތު ލިބޭނެހެން ލޯނު ދޫކުކުރުމުގެ ވިސްނުމެއް ގެންގުޅުއްވާ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން މިއަދު ވިދާޅުވެއްޖެ އެވެ. މިނިސްޓަރ މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިނިސްޓަރ ވިދާޅުވީ، ދެ ރަށް ނުވަތަ ތިން ރަށް ހުންނަ ދާއިރާތަކުން ހުރިހާ ރަށަކަށް ސްލޮޓް ދިނުމަށްފަހު ހަތަރު ރަށް […]

”ޑްރީމް ޑައިވް ޑެސްޓިނޭޝަން“ އެވޯޑު ރާއްޖެއަށް – މިއެވޯޑް ލިބޭތާ 12 ވަނަ އަހަރު

”ޑްރީމް ޑައިވް ޑެސްޓިނޭޝަން“ އެވޯޑު ރާއްޖެއަށް ލިބިއްޖެއެވެ. މެރިން ޑައިވްގެ އެވޯޑްގައި ދޭ އެންމެ ޝަރަފުވެރި އެވޯޑް ކަމުގައިވާ ”ޑްރީމް ޑައިވް ޑެސްޓިނޭޝަން“ ގެ އެވޯޑް ވިދިިިވިދިގެން ރާއްޖެ ހާސިލް ކުރި މިއީ 12 ވަނަ ފަހަރެވެ. ޖަޕާނުގެ ޓޯކިޔޯގައި ސްކޫބާ ޑައިވިން އަދި ބީޗް ރިސޯޓް ތަކަށް ހާއްސަކޮއްގެން ބާއްވާ ފެއާގައި މިއެވޯޑް ލިބުނުކަން ވަނީ އިއުލާންކޮށްފައެވެ. ޖަޕާނުގައި ބާއްވާ މިފެއާރ އަކީ ސްކޫބާ ޑައިވަރުންނާއި މޫދު ކުޅިވަރުތަކަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކުގެ މެދުގައި ދުނިޔޭގެ […]

ރާއްޖެއަށް އެހީވަނީ ދެކޮޅުވެރި ކުރުވާން ނޫންކަމަށް ޗައިނާއިން ބުނެފި

ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ޖަންގް ލިޖޮން ރާއްޖެއަށް އެހީވަނީ ދެކޮޅުވެރި ކުރުވާން ނޫންކަމަށާއި، ތަރައްގީވަމުން އަންނަ ޤައުމުތަކާއި އެކު ޗައިނާއިން މަސައްކަތް ކުރަނީ އެންމެންގެ ކުރިއެރުމަށް ކަމަށް ވިދާޅުވެ، އިންޑިއާއަށް ރައްދު ދެއްވައިފިއެވެ. އިންޑިއާގެ ދަ ޑިޕްލޮމޭޓް ނޫހުގައި ދެކުނު އޭޝިއާ ސަރަހައްދަށް ހާއްސަކޮށްފައިވާ ”ދަ ޕަލްސް“ ސެކްޝަންގައި ސުދާ ރާމަޗަންދުރަން ލިއުއްވާފައިވާ ލިއުމެއް ޓްވިޓާގައި ހިއްސާކުރައްވަމުން ޖަންގް ވިދާޅުވީ ރާއްޖެއާ ޗައިނާއާ ދެމެދު އޮތް ގުޅުމަކީ އެއް ފަރާތަކަށް ފައިދާ ވާއިރު އަނެއް ފަރާތަށް […]

އިންޓަ މިލާންގެ މަގާމުގައި ދެމިހުންނާނެ ކޯޗް ކޮންޓޭ ބުނެފި

އިންޓަގެ ކޯޗް އެންތޯނިއޯ ކޮންޓޭ އިންޓަ މިލާންގެ މަގާމުގައި، ހުސް އަތާ ސީޒަން ނިންމާލަން ޖެހުނު ކަމުގައި ވިޔަސް ދެމިހުންނާނެ ކަމަށް ބުނެފިއެވެ. އިޓަލީގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި، ޔޫރޮޕާ ލީގްގެ ފައިނަލްގެ ނާކާމިޔާބަށް ފަހު ކޮންޓޭގެ މަގާމާމެދު އޮތް ޔަޤީންކަން ގެއްލިފައިވާ ކަމަށެވެ. އެހެންނަމަވެސް ކޮންޓޭ ބުނީ އިންޓަގެ ކޯޗްގެ މަގާމުގައި އޭނާ ހުންނާނެ ކަމަށާއި، ޓީމުގެ މެނޭޖުމެންޓްވެސް ތިބީ އެގޮތަށް ކަމަށެވެ. އަހަރެންގެ ފަރާތުން އެއްވެސް ހިތްހަމަ ނުޖެހޭ ކަމެއް އޮތީ ކީ […]