އިންޓަ މިލާންގެ މަގާމުގައި ދެމިހުންނާނެ ކޯޗް ކޮންޓޭ ބުނެފި

Loading

Facebook
Twitter
WhatsApp
MILAN, ITALY - JULY 28: Head coach of FC Internazionale Antonio Conte reacts during the Serie A match between FC Internazionale and SSC Napoli at Stadio Giuseppe Meazza on July 28, 2020 in Milan, Italy. (Photo by Claudio Villa - Inter/Inter via Getty Images)

އިންޓަގެ ކޯޗް އެންތޯނިއޯ ކޮންޓޭ އިންޓަ މިލާންގެ މަގާމުގައި، ހުސް އަތާ ސީޒަން ނިންމާލަން ޖެހުނު ކަމުގައި ވިޔަސް ދެމިހުންނާނެ ކަމަށް ބުނެފިއެވެ.

އިޓަލީގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި، ޔޫރޮޕާ ލީގްގެ ފައިނަލްގެ ނާކާމިޔާބަށް ފަހު ކޮންޓޭގެ މަގާމާމެދު އޮތް ޔަޤީންކަން ގެއްލިފައިވާ ކަމަށެވެ. އެހެންނަމަވެސް ކޮންޓޭ ބުނީ އިންޓަގެ ކޯޗްގެ މަގާމުގައި އޭނާ ހުންނާނެ ކަމަށާއި، ޓީމުގެ މެނޭޖުމެންޓްވެސް ތިބީ އެގޮތަށް ކަމަށެވެ.

އަހަރެންގެ ފަރާތުން އެއްވެސް ހިތްހަމަ ނުޖެހޭ ކަމެއް އޮތީ ކީ ނޫން އަދި ކުލަބުގެ ފަރާތުން އަހަންނަށްވެސް އެއްވެސް ހިތްހަމަ ނުޖެހޭ ކަމެއް ނެތް، އެހެންވީ އެކަމުގައި އެއްވެސް މައްސަލައެއް ނެތް،“ ކޮންޓޭ ބުންޏެވެ. ”މުޅި ސީޒަންގައި ފެނުނު ބައެއް ހާލަތްތަކާ މެދު އަހަރެންވެސް ހިތްހަމަ ނުޖެހޭ، މުޅި ސީޒަން އަހަރެމެން އެނަލައިސް ކުރާނަން.“

އޭނާ ބުނީ، އިންޓަގެ މަގާމުން އޭނާ ފަހަތައް ޖެހޭނެ ކަމަށް ދެކިގެން ނުވާނެ ކަމަށާއއި އޭނާ ހުރީ ކުލަބާއެކު ކުރިއަށް ދާން ކަމަށެވެ
ސްކައިން ސްޕޯޓްސް އިޓަލީއާ އަށް ދިން އިންޓަވިުގައި ކޮންޓޭ ބުނީ އޭނާ އިންޓަގެ މަގާމުގައި ހުއްޓަސް ނުވަތަ ނެތް ނަމަވެސް އަންނަ ސީޒަނަށްވެސް އިންޓަގެ ކުރިމަގު ޕްލޭން ކުރާނެ ކަމަށެވެ

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް