ރާއްޖެއަށް އެހީވަނީ ދެކޮޅުވެރި ކުރުވާން ނޫންކަމަށް ޗައިނާއިން ބުނެފި

Loading

Facebook
Twitter
WhatsApp

ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ޖަންގް ލިޖޮން ރާއްޖެއަށް އެހީވަނީ ދެކޮޅުވެރި ކުރުވާން ނޫންކަމަށާއި، ތަރައްގީވަމުން އަންނަ ޤައުމުތަކާއި އެކު ޗައިނާއިން މަސައްކަތް ކުރަނީ އެންމެންގެ ކުރިއެރުމަށް ކަމަށް ވިދާޅުވެ، އިންޑިއާއަށް ރައްދު ދެއްވައިފިއެވެ.

އިންޑިއާގެ ދަ ޑިޕްލޮމޭޓް ނޫހުގައި ދެކުނު އޭޝިއާ ސަރަހައްދަށް ހާއްސަކޮށްފައިވާ ”ދަ ޕަލްސް“ ސެކްޝަންގައި ސުދާ ރާމަޗަންދުރަން ލިއުއްވާފައިވާ ލިއުމެއް ޓްވިޓާގައި ހިއްސާކުރައްވަމުން ޖަންގް ވިދާޅުވީ ރާއްޖެއާ ޗައިނާއާ ދެމެދު އޮތް ގުޅުމަކީ އެއް ފަރާތަކަށް ފައިދާ ވާއިރު އަނެއް ފަރާތަށް ގެއްލުންވާ ފަަދަ ”ޒީރޯ ސަމް“ ގޭމެއް ނޫން ކަމަށެވެ.

”ހޭޒް އިންޑިއާ ވޮން ދަ މެޗް އޯވާ ދަ މޯލްޑިވްސް“ މި ސުރުހީގެ ދަށުން ސުދާ ލިއުއްވި ލިއުމާ ގުޅިގެން ޖަން އޭނާއަށް ވެސް ބަހުގެ ހަމަލާއެއް ދެއްވި އެވެ. އޭނާ ވިދާޅުވީ ވިސްނުމުގެ ދާއިރާ ހހަނި، ނުރައްކާތެރި މިފަދަ ފިކުރުތަކުގެ ނުފޫޒު ސަރަހައްދުގައި ނުފޫޒު ގަދަކުރިޔަ ދީގެން ނުވާނެ ކަމަށެވެ.

ސަފީރު މިހާ ބޮޑަށް ފާޑުވިދާޅުވި ލިޔުން ފައްޓަވަމުން ސުދާ ލިއުއްވާފައިވާ ގޮތުގައި ރާއްޖޭގައި ނުފޫޒުގަދަ ކުރަން ކުރާ މަސައްކަތުގައި އިންޑިއާ ވަނީ ޗައިނާގެ މައްޗަށް މިހާރު ކުރި ހޯދައިފައި ކަމަށާއި، އެ ވާހަކައަށް ބާރު ދޭ ވާހަކައެއްގެ ގޮތުގައި ގެންނަވާފައި ވަނީ ތިލަފުށިން މާލެއަށް، ގުޅިފަޅާއި ވިލިމާލެއާ އެކު ގުޅުވައިލަން އަޅާ ބްރިޖްގެ ޕްރޮޖެކްޓަށް އިންޑިއާއިން ދޭން ނިންމާފައިވާ 400 މިލިޔަން ޑޮލަރުގެ ލޯނާއި އެއާ އެކު ދޭން ނިންމި 100 މިލިޔަން ޑޮލަރުގެ ހިލޭ އެހީގެ ވާހަކަ އެވެ.

ލިޔުމުގައި ސިފަކުރައްވާފައިވާ ގޮތުގައި އެ ޕްރޮޖެކްޓަކީ ޗައިނާއިން ރާއްޖޭގައި ހިންގި އެންމެ ބޮޑު ޕްރޮޖެކްޓް ކަމަށްވާ ސިނަމާލެ ބްރިޖްގެ ހައިބަތު ކުޑަވެގެންދާ ވަރުގެ ބޮޑު ޕްރޮޖެކްޓެއް ކަަމަށެވެ. ބްރިޖްގެ ޕްރޮޖެކްޓްގެ އިތުރުން ރާއްޖެއަށް ދޭ ދަރަނިތަކާއި އިންޑިއާއިން ރާއްޖޭގައި އަދާކުރާ ދައުރުގެ ސަބަބުން ރާއްޖޭގައި ޗައިނާގެ ދައުރު ފަނޑުވެގެން ދާނެ ކަމަށް ވެސް ލިއުމުގައި ވެ އެވެ.

ރާއްޖެ އާއި ޗައިނާއާ ދެމެދު އޮންނަނީ ގާތް ގުޅުމެއް ކަމުގެ ޔަގީންކަން ސަފީރު ދެއްވިއިރު، މިހާރުގެ ސަރުކާރުން އިންޑިއާއާ ގާތްގުޅުމެއް ބާއްވަމުންދާ ކަމަށް ދެކެވޭ ވާހަކަތަކަށް ގެންދަވަނީ އަބަދުވެސް އެކި ސިފަސިފައިގައި ރައްދު ދެއްވަމުންނެވެ. ކުރީގެ ސަރުކާރުގައި ތަރައްގީގެ ގިނަ މަޝްރޫއުތަކަށް ޗައިނާ އިން އެހީވިއިރު، އެއީ ވަކި ސަރުކާރަކަށް ވާތީ ކުރި ކަމެއް ނޫން ކަަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

Loading

One Response

  1. ރައްޔަތުންގެ ޓެކްސް ފައިސާއިން ގަނޑުކޮށް ކޮވިޑް19 އަށް ތިވަނީ ޚިޔަނާތްތެރި ވެފައެވެ. އެންމެ ކުޑަމިނުން ބޭރުގެ ގައުމުތަކުން ދިވެހިންނަށް ހިލޭދިން ފޭސްމާސްކްތައް ނުވިއްކާ ރައްޔަތުންނަށް ފޯރުކޮށްލަދިންނަމަވެސް ކޮންމެވެސް ވަރެއްވީހެވެ. އެވަރުވެސް ނުވިނޫންތޯއެވެ. ލީޑަރޝިޕް ކޮބާތޯއެވެ. އަނެއްކާވެސް ކައުންސިލް އިންތިޚާބުގައި ސަލާމް ޖަހަން ވޯޓްހޮދަން ވޯޓް ގަންނަން އަންނާނީ ދޮއްތޯއެވެ. ވަރަށް ދެރަވަރޭ!

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް