ފްލެޓް ކުއްޔަށް ދިނުމަކީ ގެދޮރުވެރިކަން ބޭނުންވާ މީހުންގެ ހައްގަށް ލިބޭ އުނިކަމެއް: ހައުސިން މިނިސްޓްރީ

Loading

Facebook
Twitter
WhatsApp

ފްލެޓް ލިބޭ ފަރާތްތަކުން އެތަންތަން ކުއްޔަށް ދިނުމަކީ މާލެއިން ގެދޮރުވެރިކަން ބޭނުންވާ އެހެން މީހުންގެ ހައްގަށް ލިބޭ އުނިކަމެއް ކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ބުނެފިއެވެ.

ރާއްޖެޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މިނިސްޓްރީގެ، ޑެޕިއުޓީ މިނިސްޓަރު ފާތިމަތު ނިއުމާ ވިދާޅުވީ ގެދޮރަކީ ވަރަށް ބޮޑަށް އާމްދަނީއަށް ހޯދުމަށް ބޭނުން ކުރެވޭ އެއްޗެއް ކަމަށާއި، މިހާރުގެ ހާލަތުގައި ވަޒީފާއިން ލިބޭ މުސާރައިން އެކަނި ފުއްދާ ނުލެވޭ ކަމަށެވެ.

މާލޭގައި ދިރިއުޅުމުގެ އަގު އިންތިހާއަށް ބޮޑުވެފައި ވާއިރު، މާލޭގެ ރަށްވެހިންގެ ތެރެއިން ސޯޝަލް ހައުސިން ލިބޭ ފަރާތްތަކުގެ ތެރެއިން އިތުރު ގޮތެއް ފެންނަ ފަރާތްތަކުން ކުއްޔަށް ދިނުން މުޅިން ގޯސް ނޫން ކަމަށް ނިއުމާ ފާހަގަކުރެއްވި އެވެ. ނަމަވެސް ސަރުކާރު މިހިންގާ މަޝްރޫއުތަކުން ފްލެޓް ލިބޭ ފަރާތްތަކުން އެފްލެޓްތައް އެންމެ ހެޔޮ ގޮތުގައި ބޭނުން ކުރުމަށް އެދޭ ކަމަށެވެ.

ނިއުމާގެ ވާހަކައިގައި ވަނީ ފްލެޓް ލިބޭ މީހުން އެފްލެޓްތަކުގައި ދިރިނޫޅި ކުއްޔަށް ދޭ މައްސަލައަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، މިނިސްޓްރީއަށް ކޮންމެ ހަފްތާއަކު ނުވަތަ ކޮންމެ މަހަކު އެއްފަހަރު ގޮސް އެފްލެޓްތަކުގައި ދިރިއުޅެނީ ފްލެޓް ލިބުނު މީހުންތޯ މޮނިޓަރ ކުރުމަކީ ވަރަށް އުދަނގޫ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ހައުސިން ޑިމާންޓްމެންޓުން ކޮންމެވެސް ވަރަކަށް މޮނިޓަރިންތައް ކުރިއަށް ގެންދާ ކަމަށާއި، ކުރިއަށް އޮތްތަނުގައި ފަހި ދިރިއުޅުން ކޯޕްރޭޝަން މެދުވެރިކޮށް ވެސް މޮނިޓަރިންގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށް ނިއުމާ ވަނީ ވިދާޅުވެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް