މޯލްޑިވިއަނުން މެލޭޝިއާއަށް ހާއްސަ ފްލައިޓެއް ބާއްވަނީ

Loading

Facebook
Twitter
WhatsApp

މޯލްޑިވިއަން އިން މެލޭޝިއާ އަށް ހާއްސަ ފްލައިޓެއް ބާއްވަން މޯލްޑިވިއަން އިން ނިންމައިފިއެވެ.

މޯލްޑިވިއަނުން ހާމަކޮށްފައިވާ ގޮތޮގައި އަންނަ މަހުގެ 10 ވަނަ ދުވަހު ހާއްސަ ފްލައިޓެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. އެފްލައިޓަކީ މެލޭޝިއާގެ ވެރިރަށް ކުއަލަލަމްޕޫރަށް ދަތުރުކުރަން ބޭނުންވާ ފަރާތްތަކަށް ހާއްސަ ފްލައިޓެއްކަމަށެވެ. މޯލްޑިވިއަން އިން އިތުރަށް ހާމަކުރި ގޮތުގައި ”އެއްކޮޅު ޓިކެޓު 385 ޑޮލަރަށް ލިބޭނެ ކަމަށާއި މިހާރުން ފެށިގެން ބުކިން ހެއްދޭނެ“ ކަމަށެވެ.

މި ފްލައިޓް ބާއްވަން ނިންމީ މެލޭޝިއާގައި ކިޔަވާ ދިވެހި ދަރިވަރުންތަކެއް ކޮވިޑް-19 އަށް މެދުކަނޑާލާފައިވާ ކިޔެވުން އަލުން ފެށުމުން އަނބުރާ ދިޔުމަށް ޑިމާންޑްތަކެއް ކުރުމުން އަންނާތީކަމަށް މޯލްޑިވިއަން އިން މީޑިއާގައި ވަނީ ހާމަކޮށްފައެވެ.

Loading

2 Responses

  1. އެއްކޮޅު ހާދަ އަގުބޮޑުކޮށްލީ. ކޮވިޑްގެ ވަބާއިން ނިކަމެތިވެފައި ތިއްބާ ތިހެން ނުހެއްދެވުން އެދެމެވެ. ކުރިން ހަމަ ކުރި އަގުގައި ކުރުމުން ކޮބާތޯ ލިބޭނޭ ގެއްލުމަކީ. ތެލުގެ އަގު ބޮޑެއްނުވާ މީހުންގެ މުސާރަތަށް ކުޑަވެފައި ވަޒީފާގެއްލިފައި މިވަނީ. އަބަދުވެސް ރައްޔަތުން އަތްނުފޯރާފަށުގައި

  2. މޮޅު އެކޮނޮމިސްޓުުން ތިބޭ ޤައުމުން މިކަހަލަ ފްލައިޓް ބޭއްވޭނީ. ކޮންމެ ގޮތެއް ހެދިޔަސް އަހަރެމްން އޯކޭ ވާނެ! އެހެން ޤައުމުތަކުން އެ ޤަމުން ބޭރުގައި ތިބޭ ރައްޔިތުން އުފުލަނީ ސަރުކާރުގެ ޚަރަދުގައި! އެއީ ދޯ ރައްޔިތުންގެ ވެރިކަމަކީ!! މޯލްޑިވަން ފްލައިޓައް ވިޔަފާރިއެއް މިކަހަލާ ގޮތަކަށް ނޫނީ ނުލިބެނީބާ؟؟ ދެން ބަންގާޅުވެރިން ފޮނުވުން ދޯ!! ފްލައިޓް ބާވާ އިރު ޑޮލަރު ރޭޓް މިހިރީ ވިހީގައި. ކިހާ މަޖާވާނެ!! ދެކޮޅު ޓިކެޓް އަގައި އެއްކޮޅައް ދަތުރު ކުރުވަން ހެޔޮވާނެތޯ؟؟؟

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް