ގުޅިފަޅު، ގާކޮށި އަދި ވޭސައިޑް ފްލެޓަށް ފައިސާ ނުދެއްކޭ ފަރާތްތަކަށް ދެގޮތެއް!

ގުޅިފަޅުން ފުލެޓް ގަތުމަށް ފައިސާ ދައްކަން ފަށާފައިވާ މީހުންނާއި ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ގާކޮށި އަދި ވޭސައިޑުން ދިން ފްލެޓަށް ދައްކަންޖެހޭ ފައިސާ ހަމަނުޖެހުނު މީހުންނަށް ފުލެޓް ދިނުމަށްޓަކައި ދެ ގޮތެއް ޚިޔާރުކުރުމުގެ ފުރުސަތު ހައުސިން މިނިސްޓްރީން ދީފިއެވެ. ހައުސިން މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ ފްލެޓަށް ދައްކަންޖެހޭ ފައިސާ ހަމަނުޖެހުނު މީހުންނަށް ފުލެޓް ދިނުމަށްޓަކައި ދެ ގޮތެއް ހިޔާރުކުރުމުގެ ފުރުސަތު ހުޅުވައިލި ކަމަށާއި، ބަދަލު ހޯދުމުގެ އެއްބަސްވުމުގައި އަންނަ ބުރާސްފަތި ދުވަހުގެ ކުރިން […]
ކަރަންޓީނަށް ދިއުމަށް 89 މީހަކު އިންކާރުކުރާތީ ގޭގައި!

ކަރަންޓީނު ފެސިލިޓީތަކަށް ދިއުމަށް އިންކާރު ކުރާ 89 މީހަކު ތިބި ހެލްތު އެމްޖެންސީ އޮޕަރޭޝަން ސެންޓާ (އެޗްއީއޯސީ) ބުނެފިއެވެ. ކަރަންޓީން ވުމަށް ނުގެންދެވި ތިބި މީހުންގެ އަދަދު ހާމަ ކުރަމުން އެޗްއީއޯސީ އިން ބުނީ، އިއްޔެގެ އިރުއޮއްސި 6:00 އާ ހަމައަށް 348 ދިވެހިން ކަރަންޓިން ފެސިލިޓީއަށް ނުގެންދެވި ތިބި ކަމަށެވެ. 348 މީހުން ތެރެއިން 194 މީހުންނަކީ ފެސިލިޓީތަކަށް މީހުން ގެންދިއުމުގައި އެ ސެންޓަރުން ކުރާ މަސައްކަތުގައި ލަސްތަކެއް އުޅޭތީ ނުގެންދެވި ތިބި މީހުން ކަމަށް […]
މަސްވެރިންގެ ބަޔަކު މުޒާހަރާކޮށްފި، ޝަކުވާ އަކީ ބިލްތަކަށް ފައިސާ ނުލިބި ލަސްވުން!

ކޫއްޑޫއަށް ކިރި މަހުގެ ފައިސާ ނުލިބި ލަސްވަމުންދާތީ މަސްވެރިންތަކެއް މުޒާހަރާކޮށްފި އެވެ. ބިލްތަކަށް ފައިސާ ނުލިބޭކަމަށް ބުނެ މަސްވެރިންތަކެއް މުޒާހަރާކޮށްފައި ވަނީ ކޫއްޑޫ އޮފީސް ކުރިމަތީގައި ތިބެގެންނެވެ. ސަރުކާރުން މަސްވެރިންނަށް ވެފައިވާ ވައުދުތައް ނުފުއްދޭނަމަ އިސްތޮއުފާ ދިނުމަށް ވެސް މިމުޒާހަރާގައި ވަނީ ގޮވާލައިފައެވެ. މުޒާހަރާ ކުރި މަސްވެރިން އެއްވެސް ކަހަލަ ހަމަނުޖެހުމެއް ހިންގާފައި ނުވާ ކަމަށާއި މައްސަލަ ހައްލުކުރުމަށް ކަމާ ގުޅުންހުރި ފަރާތްތަކާއި ވާހަކަ ދައްކަމުން އަންނަކަމަށް ފުލުހުން މައުލޫމާތު ދެއެވެ. ދިވެހި މަސްވެރިންގެ ޖަމިއްޔާއިން ކުރި […]
ކޭސްތައް އިތުރުވަމުން ދާތީ ރޭގަނޑުގެ ވަގުތުގައި އެއްގަމު އުޅަނދު ދުއްވުން މަނާ

ކޭސްތައް އިތުރުވަމުން ދާތީ ރޭގަނޑުގެ ވަގުތުގައި އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފިއެވެ. މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ރޭގަނޑު 8 އިން ފަތިހު 5 އަށް އެއްގަމު އުޅަނދު ދުއްވުން މަނާކުރަން ނިންމާފައިވަނީ މާދަމާ ރެއިން ފެށިގެންނެވެ. މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ ކޮވިޑް19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް އިތުރުވަމުންދާތީ، ރޭގަނޑު 8 އިން ފެށިގެން އުޅަނދުތައް ދުއްވުން މަނާ ނަމަވެސް މީހުން ބޭރުގައި […]
ކޮވިޑް19ގެ އެންމެ ގިނަ ކޭސް ރާއްޖެއިން ފެނިފައިވަނީ ފްރޮންޓްލައިން ވޯކާސްގެ ފަރާތުން!

ކޮވިޑް19ގެ އެންމެ ގިނަ ކޭސް ރާއްޖެއިން ފެނިފައިވާ އެއް ބަޔަކީ ފްރޮންޓްލައިން ވޯކާސް ކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ހިސާބުތަކުން ދައްކައިފިއެވެ. ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބޭއްވި ނޫސްކޮންފަރެންސްގައި ހާމަކޮށްފައިވާ ހިސާބުތަކުން ދައްކާ ގޮތުގައި އެންމެ ގިނައިން ޕޮޒިޓިވްވެފައިވާ މީހުންގެ ތެރޭގައި ފްރޮންޓްލައިން ވޯކަރުންގެ އިތުރުން ލޭބަރުން ހިމެނެއެވެ. އަދި މީގެ އިތުރުން އެހިސާބުތަކުން އެނގޭ ގޮތުގައި ވަޒީފާ އަދާނުކުރާ މީހުންނަށްވެސް ކޮވިޑް19 ޖެހުމުގެ ނިސްބަތް އިތުރުވަމުންދާކަމަށެވެ. އެޗްއީއޯސީގެ […]
ދެ ފަހަރަށް ފައިސާ ކެނޑުނު މައްސަލަ ހައްލުކޮށްފި

ދެ ފަހަރަށް ފައިސާ ކެނޑުނު މައްސަލަ ހައްލުކޮށްފިކަމަށް ބީއެމްއެލްއިން ހާމަކޮށްފިއެވެ. ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ކުރި ޓްވީޓެއްގައި ހާމަކޮށްފައިވަނީ ޑެބިޓް ކާޑު ބޭނުންކޮށްގެން ބޭންކުގެ ބައެއް ކަސްޓަމަރުން ހަދާފައިވާ ޓްރާންސެކްޝަން އެކައުންޓުން ދެ ފަހަރަށް ކެނޑިފައި ވާކަން ފާހަގަ ކުރެވިފައިވާ ކަމަށާއި އެމައްސަލަ ހައްލުކޮށްފައިވާ ކަމަށެވެ. އަދި ބީއެމްއެލްއިން ބުނެފައި ވަނީ އިތުރަށް ފައިސާ ކެނޑުނު ފަރާތްތަކަށް އެފައިސާ ޖަމާކޮށްފައިވާނެކަމަށެވެ. ދެ ފަހަރަށް ފައިސާ ކެނޑުނު ޓްރާންސެކްޝަންތައް ރަނގަޅުކުރިކަން ހާމަކުރިއިރު ބީއެމްއެލްއިން ވަނީ […]
އޮބާމާގެ އަނބިކަނބަލުންގެ ފާޑު ކިޔުން ޓްރަންޕަށް!

އޮބާމާގެ އަނބިކަނބަލުން ޓްރަންޕަށް ވަރަށް ބޮޑަށް ފާޑު ކިޔާ ވާހަކަ ދައްކަވައިފިއެވެ. އޮބާމާގެ އަނބިކަނބަލުން މިޝައިލް އޮބާމާ ވިދާޅުވެފައިވަނީ ޑޮނަލްޑް ޓްރަމްޕަކީ އެމެރިކާ އަށް ލިބުނު ރަނގަޅު ރައީސެއް ނޫން ކަމަށާއި އެމެރިކާ އެއްބައިވަންތަކަން ޤާއިމް ކުރެވޭނީ ޓްރަމްޕުގެ ބަދަލުގައި ވެރިކަމަށް ޑިމޮކްރެޓިކް ކެންޑިޑޭޓް ޖޯ ބައިޑަން ގެނެސްގެން ކަމަށެވެ. ”ޓްރަމްޕަކީ އެމެރިކާ އަށް މިއަދު ދިމާވެފައިވާ ގޮންޖެހުންތައް ހައްލު ކުރުމުގެ ގާބިލްކަން ހުރި މީހެއް ނޫން“ ކަމަށް މިޝައިލް ވިދާޅުވެފައިވެއެވެ. އަދި ”ޓްރަމްޕުގެ ސިޔާސަތުތައް ފެއިލްވުމުން […]
ފެލިވަރުގައި 17.5 މިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގަނީ

ފެލިވަރުގައި 17.5 މިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގަން ސަރުކާރުން ތައްޔާރު ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ. ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި ފެލިވަރާއި ކޫއްޑު ތަރައްގީ ކުރުމުގެ ގޮތުން ފަށާ މަޝްރޫއަށް ފައިނޭންސް ދީފައިވަނީ ސައުދީ ފަންޑާއި އިންޑިއަން އެގްޒިމް ބޭންކުގެ ލޯނު އެހީގައި ކަމަށް ސަރުކާރުން ހާމަކުރެއެވެ. އެގޮތުން އެގްޒިމް ބޭންކުގެ އެހީގައި ފެލިވަރުގައި 17.5 މިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. ފެލިވަރުގައި ހިނގާ މި ބޮޑު މަޝްރޫއުގެ ދަށުން ފެލިވަރު ފަޅުން ބައެއް ހިންގައިގެން […]
ސްޓްރޯކް ޖެހޭ މީހުންނަށް ފަރުވާދޭން އައިޖީއެމްއެޗްގައި ހާއްސަ ސެންޓަރެއް!

ސްޓްރޯކް ޖެހޭ މީހުންނަށް ފަރުވާ ދިނުމަށް ހާއްސަ ސެންޓަރެއް އައިޖީއެމްއެޗުގައި ހުޅުވައިފިއެވެ. އައިޖީއެމްއެޗުން މިއަދު ހާމަކޮށްފައިވާ ގޮތުގައި މިސެންޓަރުގައި ހަ އެނދު ހިމެނޭ އިރު 2 އެނދު ވެންޓިލޭޓަރުގައި ފަރުވާދެވޭނެ ގޮތަށް ހަމަޖެހިފައިވާނެކަމަށެވެ. އެ ހޮސްޕިޓަލުން މައުލޫމާތު ދެއްވާ ގޮތުގައި މިސެންޓަރުގައި 24 ގަޑިއިރު ފަރުވާ ދެވޭ ގޮތަށް ހުޅުވިފައި ހުންނާނެކަމަށެވެ. ސްޓްރޯކް ޖެހޭ މީހުންނަށް ފަރުވާ ދިނުމަށް ހާއްސަ ސެންޓަރުން ދެވޭ ޚިދުމަތްތަކުގެ ތެރޭގައި ސްޓްރޯކް ޖެހިފައި ރަނގަޅުވަމުން އަންނަ މީހުންނަށް ސްޕީޗް ތެރަޕީ ދިނުމާއި، ފިޒިއޮތެރަޕީ އަދި […]
އަލީ އާޒިމް ބުނެގެންނޭ ކިޔާފައި ކުޅިވަރު ހަލާކުކޮށްލާކަށް އަޅުގަނޑު މަސައްކަތެއް ނުކުރާނަން: މަހްލޫފް

މެދު ހެންވޭރު ދާއިރާގެ މަޖިލިސް މެންބަރު އަދި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ބުނެގެންނޭ ކިޔާފައި ރާއްޖޭގެ ކުޅިވަރު ހަލާކުކޮށްލަން މަސައްކަތް ނުކުރާނެ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެ އެވެ. ރާއްޖޭޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު މަހުލޫފު ވިދާޅުވީ، މި ސަރުކާރު ވެރިކަމަށް އައުމަށް ސިޔާސަތުތައް އެކުލަވާލި އިރު ކުޅިވަރުގެ ތެރެއަށް ސިޔާސީ ކަންކަން ނުވެއްދުމަށް ހަރު އަޑުން ވާހަކަދައްކާފައި ވާއިރު، މިއަދު އެކަން ކުރުމުގެ ފުރުސަތެއް ނެތް ކަމަށެވެ. މަހުލޫފު […]