ފެލިވަރުގައި 17.5 މިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގަނީ

Loading

Facebook
Twitter
WhatsApp

ފެލިވަރުގައި 17.5 މިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގަން ސަރުކާރުން ތައްޔާރު ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި ފެލިވަރާއި ކޫއްޑު ތަރައްގީ ކުރުމުގެ ގޮތުން ފަށާ މަޝްރޫއަށް ފައިނޭންސް ދީފައިވަނީ ސައުދީ ފަންޑާއި އިންޑިއަން އެގްޒިމް ބޭންކުގެ ލޯނު އެހީގައި ކަމަށް ސަރުކާރުން ހާމަކުރެއެވެ. އެގޮތުން އެގްޒިމް ބޭންކުގެ އެހީގައި ފެލިވަރުގައި 17.5 މިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

ފެލިވަރުގައި ހިނގާ މި ބޮޑު މަޝްރޫއުގެ ދަށުން ފެލިވަރު ފަޅުން ބައެއް ހިންގައިގެން މަސް ރައްކާކޮށް ފިނިކުރެވޭނެ ކާރުހާނާއެއް ޤާއިމްކުރުމާއި ފެލިވަރު ފަޅުން ތިން ހެކްޓަރު ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި މަޝްރޫއުގެ ދަށުން ފެލިވަރު ތަރައްގީ ކުރެވެނީ ދުވާލަކަށް 200 ޓަނު ފްރީޒް ކުރެވޭ ބްރެއިން ފެސިލިޓީ އާއި 4،000 ޓަނުގެ ސްޓޯރޭޖް ފެސިލިޓީ ގާއިމް ކުރާނެ ކަމަށް ސަރުކާރުން ހާމަކުރެއެވެ،

ސަރުކާރުން ފެލިވަރު އިތުރަށް ތަރައްގީކޮށް ޒަމާނީކުރުމަށް ހިންގާ މިބޮޑު މަޝްރޫއުގެ ސަބަބުން މަސްވެރިންނަށް ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ލިބިގެންދާނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް