ސްޓްރޯކް ޖެހޭ މީހުންނަށް ފަރުވާދޭން އައިޖީއެމްއެޗްގައި ހާއްސަ ސެންޓަރެއް!

Loading

Facebook
Twitter
WhatsApp

ސްޓްރޯކް ޖެހޭ މީހުންނަށް ފަރުވާ ދިނުމަށް ހާއްސަ ސެންޓަރެއް އައިޖީއެމްއެޗުގައި ހުޅުވައިފިއެވެ.

އައިޖީއެމްއެޗުން މިއަދު ހާމަކޮށްފައިވާ ގޮތުގައި މިސެންޓަރުގައި ހަ އެނދު ހިމެނޭ އިރު 2 އެނދު ވެންޓިލޭޓަރުގައި ފަރުވާދެވޭނެ ގޮތަށް ހަމަޖެހިފައިވާނެކަމަށެވެ. އެ  ހޮސްޕިޓަލުން މައުލޫމާތު ދެއްވާ ގޮތުގައި މިސެންޓަރުގައި 24 ގަޑިއިރު ފަރުވާ ދެވޭ ގޮތަށް ހުޅުވިފައި ހުންނާނެކަމަށެވެ.

ސްޓްރޯކް ޖެހޭ މީހުންނަށް ފަރުވާ ދިނުމަށް ހާއްސަ ސެންޓަރުން ދެވޭ ޚިދުމަތްތަކުގެ ތެރޭގައި ސްޓްރޯކް ޖެހިފައި ރަނގަޅުވަމުން އަންނަ މީހުންނަށް ސްޕީޗް ތެރަޕީ ދިނުމާއި، ފިޒިއޮތެރަޕީ އަދި އޮކިއުޕޭޝަނަލް ތެރަޕީގެ ހިދުމަތް ހިމެނެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް