ގުޅިފަޅު، ގާކޮށި އަދި ވޭސައިޑް ފްލެޓަށް ފައިސާ ނުދެއްކޭ ފަރާތްތަކަށް ދެގޮތެއް!

Loading

Facebook
Twitter
WhatsApp

ގުޅިފަޅުން ފުލެޓް ގަތުމަށް ފައިސާ ދައްކަން ފަށާފައިވާ މީހުންނާއި ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ގާކޮށި އަދި ވޭސައިޑުން ދިން ފްލެޓަށް ދައްކަންޖެހޭ ފައިސާ ހަމަނުޖެހުނު މީހުންނަށް ފުލެޓް ދިނުމަށްޓަކައި ދެ ގޮތެއް ޚިޔާރުކުރުމުގެ ފުރުސަތު ހައުސިން މިނިސްޓްރީން ދީފިއެވެ.

ހައުސިން މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ ފްލެޓަށް ދައްކަންޖެހޭ ފައިސާ ހަމަނުޖެހުނު މީހުންނަށް ފުލެޓް ދިނުމަށްޓަކައި ދެ ގޮތެއް ހިޔާރުކުރުމުގެ ފުރުސަތު ހުޅުވައިލި ކަމަށާއި، ބަދަލު ހޯދުމުގެ އެއްބަސްވުމުގައި އަންނަ ބުރާސްފަތި ދުވަހުގެ ކުރިން ސޮއިކުރަން ވާނެ ކަމަށެވެ.

އެ އިއުލާނުގައި ވަނީ ގުޅިފަޅުން ފްލެޓު ގަންނަން ފައިސާ ދައްކާފައިވާ މީހުންނާއި ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ގާކޮށި އަދި ވޭސައިޑްގެ ފްލެޓަށް ހޮވުނު ނަމަވެސް އެތަނަށް ދައްކަންޖެހޭ ފައިސާ ހަމަނުޖެހުނު މީހުންނަށް ބަދަލުގެ ގޮތުގައި ދެ ގޮތެއް ހުށަހަޅާފައިވެ އެވެ.

އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރި ހިޔާ މަޝްރޫއުގެ 6720 ފުލެޓުގެ ތެރެއިން ދެ ކޮޓަރީގެ ފުލެޓެއް ހޯދުން ނުވަތަ މި ސަރުކާރުގެ ފުރަތަމަ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އިމާރާތްކުރާ 1700 ފުލެޓުގެ ތެރެއިން 3 ކޮޓަރީގެ ފުލެޓެއް ހޯދުމެވެ.

އެ ދެ ގޮތުން ކުރެ ގޮތެއް އިހުތިޔާރުކުރުމުގެ ލިޔުމުގައި ސޮއި ނުކުރާ މީހުން އަންނަ ބުރާސްފަތި ދުވަހުގެ 1:00 ކުރިން އެ ޕްލޭނިން މިނިސްޓްރީއަށް ހާޒިރުވެ ސޮއިކުރުމަށް އެމިނިސްޓްރީން ވަނީ އެދިފަ އެވެ. ލިޔުމުގައި ސޮއިކުރުމުގެ ފުރުސަތު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ކުން 1:00 ހަމަޖެހިފައިވާނެ ކަމަށް ވެސް އެ މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވެ އެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް