ކަރަންޓީނަށް ދިއުމަށް 89 މީހަކު އިންކާރުކުރާތީ ގޭގައި!

Loading

Facebook
Twitter
WhatsApp

ކަރަންޓީނު ފެސިލިޓީތަކަށް ދިއުމަށް އިންކާރު ކުރާ 89 މީހަކު ތިބި ހެލްތު އެމްޖެންސީ އޮޕަރޭޝަން ސެންޓާ (އެޗްއީއޯސީ) ބުނެފިއެވެ.

ކަރަންޓީން ވުމަށް ނުގެންދެވި ތިބި މީހުންގެ އަދަދު ހާމަ ކުރަމުން އެޗްއީއޯސީ އިން ބުނީ، އިއްޔެގެ އިރުއޮއްސި 6:00 އާ ހަމައަށް 348 ދިވެހިން ކަރަންޓިން ފެސިލިޓީއަށް ނުގެންދެވި ތިބި ކަމަށެވެ.

348 މީހުން ތެރެއިން 194 މީހުންނަކީ ފެސިލިޓީތަކަށް މީހުން ގެންދިއުމުގައި އެ ސެންޓަރުން ކުރާ މަސައްކަތުގައި ލަސްތަކެއް އުޅޭތީ ނުގެންދެވި ތިބި މީހުން ކަމަށް އެޗްއީއޯސީން ބުންޏެވެ. މީގެތެރެއިން 18 މީހުންނަކީ އެމީހުންގެ އާއިލާ މީހުންގެ ނަތީޖާ ލިބެންދެން މަޑުކޮށްގެން ތިބި މީހުންންނެވެ. އަދި މީގެ އިތުރުން އިތުރު 14 މީހުން އެބަތިބި ކަމަށް ވެސް އެޗްއީއޯސީ އިން ބުންޏެވެ.

މިހާތަނަށް 1398 މީހުން ވަނީ އައިސޮލޭޝަން ފެސިލިޓީތަކަށް ގެންގޮސްފައެވެ. މިހާރު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 6500 އިން މައްޗަށް ގޮސްފައެވެ. އެކްޓިވް ކޭސްގެ ގޮތުގައި މިހާރު 2527 ކޭސް އެބަ ތިއްބެވެ. އޭގެތެރެއިން 166 މީހުންނަށް އަންނަނީ ހޮސްޕިތަލުގައި ފަރުވާ ދެމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް