މަސްވެރިންގެ ބަޔަކު މުޒާހަރާކޮށްފި، ޝަކުވާ އަކީ ބިލްތަކަށް ފައިސާ ނުލިބި ލަސްވުން!

Loading

Facebook
Twitter
WhatsApp

ކޫއްޑޫއަށް ކިރި މަހުގެ ފައިސާ ނުލިބި ލަސްވަމުންދާތީ މަސްވެރިންތަކެއް މުޒާހަރާކޮށްފި އެވެ.

ބިލްތަކަށް ފައިސާ ނުލިބޭކަމަށް ބުނެ މަސްވެރިންތަކެއް މުޒާހަރާކޮށްފައި ވަނީ ކޫއްޑޫ އޮފީސް ކުރިމަތީގައި ތިބެގެންނެވެ. ސަރުކާރުން މަސްވެރިންނަށް ވެފައިވާ ވައުދުތައް ނުފުއްދޭނަމަ އިސްތޮއުފާ ދިނުމަށް ވެސް މިމުޒާހަރާގައި ވަނީ ގޮވާލައިފައެވެ. މުޒާހަރާ ކުރި މަސްވެރިން އެއްވެސް ކަހަލަ ހަމަނުޖެހުމެއް ހިންގާފައި ނުވާ ކަމަށާއި މައްސަލަ ހައްލުކުރުމަށް ކަމާ ގުޅުންހުރި ފަރާތްތަކާއި ވާހަކަ ދައްކަމުން އަންނަކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ދިވެހި މަސްވެރިންގެ ޖަމިއްޔާއިން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ، މި މަހުގެ ދެ ވަނަ ދުވަހުން ފެށިގެން ނުދެއްކި ހުރި ބިލުތަކުގެ ފައިސާ މާދަމާ އިން ފެށިގެން ދޫކުރާނެ ކަމަށެވެ.

ކޫއްޑުގައި މަސް ގަންނަމުން އަންނަނީ މިފްކޯއިން ކަމށްވާއިރު، އެ ކުންފުނިން އަންނަނީ މުއްދަތުތަކަށް ބަހާލައިގެން، މިހާތަނަށް ނުދެއްކި ހުރި ބިލްތަކަށް ފައިސާ ދައްކަމުންނެވެ. މިދިޔަ ހަފުތާ ތެރޭގައި ވެސް އެ ކުންފުނިން ވަނީ ބައެއް ބިލުތަކަށް ފައިސާ ދޫކޮށްފަ އެވެ.
މިފްކޯއިން މިދިޔަ މަހުގެ ތެރޭގައި ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، މަސްވެރިން ކިރުވާ މަހުގެ ފައިސާ ލަސްނުކޮށް މަސްވެރިންނަށް ދިނުމަށް އެ ކުންފުނިން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް