އަލީ އާޒިމް ބުނެގެންނޭ ކިޔާފައި ކުޅިވަރު ހަލާކުކޮށްލާކަށް އަޅުގަނޑު މަސައްކަތެއް ނުކުރާނަން: މަހްލޫފް

Loading

Facebook
Twitter
WhatsApp

މެދު ހެންވޭރު ދާއިރާގެ މަޖިލިސް މެންބަރު އަދި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ބުނެގެންނޭ ކިޔާފައި ރާއްޖޭގެ ކުޅިވަރު ހަލާކުކޮށްލަން މަސައްކަތް ނުކުރާނެ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެ އެވެ.

ރާއްޖޭޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު މަހުލޫފު ވިދާޅުވީ، މި ސަރުކާރު ވެރިކަމަށް އައުމަށް ސިޔާސަތުތައް އެކުލަވާލި އިރު ކުޅިވަރުގެ ތެރެއަށް ސިޔާސީ ކަންކަން ނުވެއްދުމަށް ހަރު އަޑުން ވާހަކަދައްކާފައި ވާއިރު، މިއަދު އެކަން ކުރުމުގެ ފުރުސަތެއް ނެތް ކަމަށެވެ.

މަހުލޫފު ވިދާޅުވީ، މަދު މެމްބަރުންތަކެއް ހިމެނޭގޮތަށް، ވަޒީރުންނަށް ބިރުދައްކައި އެމްޑީޕީގެ ސަރުކާރު ހަލާކުކޮށްލަން މަސައްކަތް ކުރާ ކަމަށާއި، އެހެން ނަމަވެސް އެކަން ކާމިޔާބު ވާނެކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. ސަބަބަކީ ގިނަ މެމްބަރުންނާއި ވަޒީރުން ވަރަށް ގުޅިގެން މަސައްކަތް ކުރަމުން އައުން ކަމަށް މިނިސްޓަރު ހާމަކުރެއްވި އެވެ.

ސަރުކާރު ހަލާކުކޮށްލަން މަސައްކަތް ކުރާ މެމްބަރުންގެ ތެރޭގައި އަލީ އާޒިމް ހިމެނިވަޑައިގަންނަވާ ކަމަށް މަހުލޫފު ވަނީ ތުހުމަތު ކުރައްވާފައެވެ.

މިނިސްޓަރު މަހުލޫފަށް ބޮޑެތި ތުހުމަތުތަކެއްކޮށް އާޒިމް ވާހަކަ ދައްކަވަނީ ކަމެއް ގޯސްކޮށް ކޮށްފައި އޮވެގެން ނޫން ކަމަށާއި، ހަމައެކަނި ސިޔާސީ މަގުސަދެއްގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެއިތުރުން އާޒިމް ހިމެނިވަޑައިގަންނަވާ ގޮތަށް، ރައްޔިތުންގެ މަޖިލީހުގެ ދެތިން މެމްބަރަކު މަސައްކަތް ކުރައްވަނީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރު ހަލާކުކޮށްލަން ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

އާޒިމް ބޭނުންވަނީ މަހްލޫފްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި، މިނިސްޓަރު ކަމުން ވަކިކުރުން ކަމަށާއި، ނަމަވެސް އޭނާ އަކީ މަގާމު ގެއްލިދާނެތީ ބިރުން، ބުނިހާ ގޮތެއް ހަދައިގެން ހުންނާނެ ކަހަލަ މީހެއް ނޫން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެކަން އާޒިމަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވަން ޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް