އޮބާމާގެ އަނބިކަނބަލުންގެ ފާޑު ކިޔުން ޓްރަންޕަށް!

Loading

Facebook
Twitter
WhatsApp

އޮބާމާގެ އަނބިކަނބަލުން ޓްރަންޕަށް ވަރަށް ބޮޑަށް ފާޑު ކިޔާ ވާހަކަ ދައްކަވައިފިއެވެ.

އޮބާމާގެ އަނބިކަނބަލުން މިޝައިލް އޮބާމާ ވިދާޅުވެފައިވަނީ ޑޮނަލްޑް ޓްރަމްޕަކީ އެމެރިކާ އަށް ލިބުނު ރަނގަޅު ރައީސެއް ނޫން ކަމަށާއި އެމެރިކާ އެއްބައިވަންތަކަން ޤާއިމް ކުރެވޭނީ ޓްރަމްޕުގެ ބަދަލުގައި ވެރިކަމަށް ޑިމޮކްރެޓިކް ކެންޑިޑޭޓް ޖޯ ބައިޑަން ގެނެސްގެން ކަމަށެވެ.

”ޓްރަމްޕަކީ އެމެރިކާ އަށް މިއަދު ދިމާވެފައިވާ ގޮންޖެހުންތައް ހައްލު ކުރުމުގެ ގާބިލްކަން ހުރި މީހެއް ނޫން“ ކަމަށް މިޝައިލް ވިދާޅުވެފައިވެއެވެ. އަދި ”ޓްރަމްޕުގެ ސިޔާސަތުތައް ފެއިލްވުމުން މުޅި އެމެރިކާ ވަނީ ބޮއްސުންލާފައި.“ ކަމަށް ވެސް މިޝައިލް ވިދާޅުވެފައިވެއެވެ.

މިޝައިލް މިހެން ވިދާޅުވެފައިވަނީ ޑިމޮކްރެޓިކް ޕާޓީގެ ނޭޝަނަލް ކޮންވެންޝަންގައި، ކުރިން ރެކޯޑްކޮށްފައިވާ މެސެޖެއްގައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް