ކޮވިޑް19ގެ އެންމެ ގިނަ ކޭސް ރާއްޖެއިން ފެނިފައިވަނީ ފްރޮންޓްލައިން ވޯކާސްގެ ފަރާތުން!

Loading

Facebook
Twitter
WhatsApp

ކޮވިޑް19ގެ އެންމެ ގިނަ ކޭސް ރާއްޖެއިން ފެނިފައިވާ އެއް ބަޔަކީ ފްރޮންޓްލައިން ވޯކާސް ކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ހިސާބުތަކުން ދައްކައިފިއެވެ.

ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބޭއްވި ނޫސްކޮންފަރެންސްގައި ހާމަކޮށްފައިވާ ހިސާބުތަކުން ދައްކާ ގޮތުގައި އެންމެ ގިނައިން ޕޮޒިޓިވްވެފައިވާ މީހުންގެ ތެރޭގައި ފްރޮންޓްލައިން ވޯކަރުންގެ އިތުރުން ލޭބަރުން ހިމެނެއެވެ. އަދި މީގެ އިތުރުން އެހިސާބުތަކުން އެނގޭ ގޮތުގައި ވަޒީފާ އަދާނުކުރާ މީހުންނަށްވެސް ކޮވިޑް19 ޖެހުމުގެ ނިސްބަތް އިތުރުވަމުންދާކަމަށެވެ.

އެޗްއީއޯސީގެ ނޫސްކޮންފަރެންސްގައި ވާހަކަ ދައްކަމުން ޑރ. އަފްޒަލް ވިދާޅުވެފައިވަނީ ”އެންމެ ގިނަ ކޭސް ފްރޮންޓްލައިން ވޯކާސްގެ ފަރާތުން ފެނިފައިވާއިރު، އެމީހުން މަސައްކަތް ކުރަނީ ގައުމަށް ކޮންމެހެން ބޭނުންވާ ޒަރޫރީ ހިދުމަތެއް ފޯރުކޮށްދިނުމަށް“ކަމަށެވެ. އަދި އެއީ ”އެމީހުންގެ މަސައްކަތުގެ ގޮތުން މަސައްކަތަށް ނުނިކުމެ ނުތިބެވޭނެ“ މީހުން ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.

ވަޒީފާ އަދާނުކުރާ މީހުންނަށް ކޮވިޑް19 ޖެހޭ ނިސްބަތް ގިނަކަން ފާހަގަކޮށް އެކަމުގެ ތަފްސީލްވެސް ވަނީ ޑރ. އަފްޒަލް ދެއްވާފައެވެ.

”އެމީހުންގެ ތެރޭގައި ގިނައިން ބަލި ފެތުރިފައި ވަނީ މަސައްކަތެއް ނެތުމުން މަސައްކަތް ހޯދުމަށް ބޭރަށް ނިކުމެގެން އުޅުމުގެ އިތުރުން ގޭގައި ހުސްކޮށް ހުރުމުގެ ސަބަބުން ވިޔަފާރި ކުރުން ވެސް އެމީހުންނާ ހަވާލު ކުރެވިގެން ދިއުމުން. އަދި ކޮފީތަކަށް ވެސް ގިނައިން ދެވޭނީ އެމީހުންނަށް ކަމަށް ވުމުން“ކަމަށް ޑރ އަފްޒަލް ފާހަގަ ކުރައްވައެވެ.

ކޮވިޑް19 ރާއްޖޭގައި އިތުރުވާ ނިސްބަތަށް ބަލާއިރު ދެން އެންމެ ގިނައިން ޕޮޒިޓިވްވީ ކޮލެޖާއި ސްކޫލު އަދި ވިޔަފާރިތަކާއި ޕްރައިވެޓް އޮފީސްތަކުންކަމަށް ހިސާބުތަކުން ދައްކައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް