ކޭސްތައް އިތުރުވަމުން ދާތީ ރޭގަނޑުގެ ވަގުތުގައި އެއްގަމު އުޅަނދު ދުއްވުން މަނާ

Loading

Facebook
Twitter
WhatsApp

ކޭސްތައް އިތުރުވަމުން ދާތީ ރޭގަނޑުގެ ވަގުތުގައި އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފިއެވެ.

މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ރޭގަނޑު 8 އިން ފަތިހު 5 އަށް އެއްގަމު އުޅަނދު ދުއްވުން މަނާކުރަން ނިންމާފައިވަނީ މާދަމާ ރެއިން ފެށިގެންނެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ ކޮވިޑް19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް އިތުރުވަމުންދާތީ، ރޭގަނޑު 8 އިން ފެށިގެން އުޅަނދުތައް ދުއްވުން މަނާ ނަމަވެސް މީހުން ބޭރުގައި އުޅުން މަނާވާނީ ކުރިންވެސް އޮތްގޮތަށް، ރޭގަނޑު 10 އިން ފަތިހު 5 އަށް ކަމަށެވެ.

ފުލުހުން ވިދާޅުވީ، ރޭގަނޑު 8 އިން ފެށިގެން ވެހިކަލް ދުއްވާ މީހުން ހުއްޓުވައި ޖޫރިމަނާ ކުރާނެ ކަމަށެވެ. އަދި ކުށް ތަކުރާރު ކުރާ ނަމަ ވެހިކަލް ޓޯކުރާނެ ކަމަށާއި، އެ ވެހިކަލެއް ދޫކުރާނީ ކަނޑައެޅިފައިވާ ޖޫރިމަނާ ދެއްކުމުން ކަމަށް ވެސް ވިދާޅުވިއެވެ.

މިދިޔަ ޖުލައި މަހުގައި ނިއު ނޯމަލް އަކަށް ރާއްޖެ ހުޅުވައިލައި ދިން ލުއިތަކާއި އެކު، މާލެ ސަރަހައްދުން ކޮވިޑް19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. ބަލި ކޮންޓްރޯލް ކުރުމުގެ ގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަޅަން ފެށި ފިޔަވަޅުތަކުގެ ތެރޭގައި މާސްކް އަޅައިގެން އުޅުން ވަނީ މިދިޔަ ޖުލައި މަހުގެ 30 ވަނަ ދުވަހުން ފެށިގެން މަޖުބޫރުކޮށްފަ އެވެ. މާސްކް ނާޅައި އުޅޭ ފަރާތްތައް 1،000ރ. އިން ޖޫރިމަނާކުރަން ވަނީ ފަށާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް