ދެ ފަހަރަށް ފައިސާ ކެނޑުނު މައްސަލަ ހައްލުކޮށްފި

Loading

Facebook
Twitter
WhatsApp

ދެ ފަހަރަށް ފައިސާ ކެނޑުނު މައްސަލަ ހައްލުކޮށްފިކަމަށް ބީއެމްއެލްއިން ހާމަކޮށްފިއެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ކުރި ޓްވީޓެއްގައި ހާމަކޮށްފައިވަނީ ޑެބިޓް ކާޑު ބޭނުންކޮށްގެން ބޭންކުގެ ބައެއް ކަސްޓަމަރުން ހަދާފައިވާ ޓްރާންސެކްޝަން އެކައުންޓުން ދެ ފަހަރަށް ކެނޑިފައި ވާކަން ފާހަގަ ކުރެވިފައިވާ ކަމަށާއި އެމައްސަލަ ހައްލުކޮށްފައިވާ ކަމަށެވެ. އަދި ބީއެމްއެލްއިން ބުނެފައި ވަނީ އިތުރަށް ފައިސާ ކެނޑުނު ފަރާތްތަކަށް އެފައިސާ ޖަމާކޮށްފައިވާނެކަމަށެވެ.

ދެ ފަހަރަށް ފައިސާ ކެނޑުނު ޓްރާންސެކްޝަންތައް ރަނގަޅުކުރިކަން ހާމަކުރިއިރު ބީއެމްއެލްއިން ވަނީ ކަސްޓަމަރުންގެ ކިބައިން މައާފަށްވެސް އެދިފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް