ހެލްތުގެ އޮޑިޓު ރިޕޯޓާ ގުޅިގެން ފިޔަވަޅު އަޅާކަށް ފަހެއް ނުޖެހޭނެކަމަށް ސަރުކާރުން ބުނެފި

ހެލްތުގެ އޮޑިޓު ރިޕޯޓާ ގުޅިގެން ފިޔަވަޅު އަޅާކަށް ފަހެއް ނުޖެހޭނެކަމަށް ސަރުކާރުން ބުނެފިއެވެ. ކޮވިޑް-19 އާ ގުޅިގެން ކުރެވުނު ހަރަދުތަކުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކޮށްފައިވާ ޚަރަދާއި ވީނުވީ އެއް ނޭނގޭ ހަރަދުތަކެއް ކޮށްފައިވާކަމަށް އޮޑިޓް ރިޕޯޓްއިން ހާމަވެފައިވާތީ ސަރުކާރުން ވަނީ އެކަންކަން ބަލައި ފިޔަވަޅު އަޅާނެކަމަށެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވީ ”އެއީ ކޮންމެ ބޭފުޅަކަސް އަޅުގަނޑުމެން ފަހެއް ނުޖެހޭނަން ފިޔަވަޅު އަޅާކަށް. އެ ޔަގީންކަން އަޅުގަނޑުމެން ދެން،“ ކަމަށެވެ. […]
މެމްބަރު އާޒިމް އަށް މަހުލޫފުގެ ބޮޑެތި ތުހުމަތު ތަކެއް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރު ހަލާކު ކޮށްލުމަށް، މެދު ހެންވޭރު ދާއިރާގެ މަޖިލިސް މެންބަރު އަދި އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އަލީ އާޒިމް ހިމެނިވަޑައިގެން، ރައްޔިތުންގެ މަޖިލިހުގެ ދެތިން މެންބަރަކު މަސައްކަތް ކުރައްވާ ކަމަށް، ޔޫތު މިނިސްޓަރ އަހްމަދު މަޚްލޫފު ތުހުމަތު ކުރައްވައިފިއެވެ. މިނިސްޓަރ މަޚްލޫފް ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ރޭ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، އޭނާއަށް ބޮޑެތި ތުހުމަތުތަކެއް ކޮށް އާޒިމް ވާހަކަ ދައްކަވަނީ، ކަމެއް ގޯސްކޮށް ކޮށްފައި އޮވެގެން ނޫން ކަމަށާއި، ހަމަ […]
އޭޝިއާ-އެފްރިކާ ދަރިކޮޅުގެ އަންހެނެއް ބައިޑަންގެ ރަނިން މޭޓަކަށް!

އޭޝިއާ-އެފްރިކާ ދަރިކޮޅަށް ނިސްބަތްވާ އަންހެން ސެނެޓަރެއް ކަމަށްވާ ކަމަލާ ހަރިސް، އެމެރިކާގެ ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓިކް ޕާޓީން ވާދަކުރާ ކެނޑިޑޭޓް ޖޯ ބައިޑަންގެ ރަނިންމޭޓަކަށް ހަމަޖައްސައިފިއެވެ. ރިޔާސީ ޕްރައިމަރީގައި ވެސް ބައިޑަން އާއި ވާދަކުރެއްވި އިންޑިއާ-ޖަމައިކާގެ އާއިލާއަކަށް ނިސްބަތްވާ ހަރިސް އަކީ ބައިޑަންގެ ނައިބަކަށް ހަމަޖައްސަވައިފާނެ ކަމަށް ކުރީން ވެސް ބެލެވުނު ފަރާތެކެވެ. ނޮވެމްބަރ 3 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ބައިޑަން އާއި ރިޕަބްލިކް ޕާޓީން ވާދަ ކުރައްވަނީ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަންޕް […]
އެކެޑެމިކް ކަލަންޑަރު އާންމުކޮށްފި

މިއަހަރުގެ އެކެޑެމިކް ކަލަންޑަރަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށްފަހު އާންމުކޮށްފިއެވެ. ބަދަލުތަކާއި އެކު އެޑިއުކޭޝަން މިނިސްޓްރީން މިއަދު އާންމުކުރި އެކެޑެމިކް ކަލަންޑަރުން ދައްކާގޮތުގައި މިއަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން އަންނަ ޖެނުވަރީ މަހު ފަށައި ޖޫން މަހުގެ ނިޔަލަށް ނިންމާ ގޮތަށް ވަނީ ބަދަލު ގެނެސްފައެވެ. އެއީ 2021 ވަނަ އަހަރުގެ ޖެނުވަރީ 12 އިން ޖޫން 24 ވަނަ ދުވަހުގެ ނިޔަލަށެވެ. މިއަހަރުގެ ފުރަތަމަ ޓާމުގެ ކިޔެވުން ނިމޭނީ ޑިސެމްބަރު މަހުގެ ތިން ވަނަ ދުވަހުއެވެ. އެޑިއުކޭޝަން […]
މަޖިލީހުގެ މެންބަރުންނަކީ ވެސް ފްރޮންޓްލައިން ޓީމްގެ ބައެއްކަމަށް ބުނުމުން ގިނަ ބައެއްގެ ފާޑު ކިޔުން ނަޝީދަށް!

ކޮވިޑް19ގެ ބަލިމަޑުކަމުގައި ރައްޔިތުންނަށް ރައްކާތެރިކަން ހޯދައިދިނުމަށް ފްރޮންޓްލައިންގައި މަސައްކަތްކުރާ މީހުންގެ ތެރޭގައި މަޖިލިސް މެމްބަރުން ވެސް ހިމެނޭކަމަށް ވިދާޅުވުމުން ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ. ރައްޔިތުންގެ މަޖިލީހުގެ އިއްޔަގެ ޖަލްސާގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީންއާ ސުވާލު ކުރުމަށް ކަނޑައަޅާފައިވާ ވަގުތު ނިމުމުން ރައީސް ނަޝީދު ވިދާޅުވީ، ކޮވިޑްއާ ދެކޮޅަށް ފްރޮންޓްލައިންގައި މަސައްކަތްކުރާ މީހުންގެ ތެރޭގައި މަޖިލިސް މެމްބަރުން ވެސް ހިމެނިވަޑައިގަންނަވާ ކަމަށެވެ. ނަޝީދު ވިދާޅުވީ، […]
ކޮވިޑް19ގެ ބަލިމީހުން ބޭތިއްބަން ތައްޔާރުކުރި ވިލިވަރުގެ ކޮރަޕްޝަނުގެ އެތައް މައްސަލަތަކެއް ފެންމަތިވެއްޖެ

ކޮވިޑް19 ގެ ބަލިމީހުން ބޭތިއްބުމަށް ސަރުކާރުން ކ.ވިލިވަރުގައި ހެދި ފެސިލިޓީ ހެދުމުގައި ކޮރަޕްޝަންގެ ކަންތައްތަކެއް ހުރިކަމަށް ކޮވިޑް ހަރަދުތަކާ ގުޅޭ ގޮތުން އެކުލަވާލި ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުން ދައްކައިފިއެވެ. ކޮވިޑް ހަރަދުތަކާއި ގުޅޭ އޮޑިޓް ރިޕޯޓުން ދައްކާގޮތުގައި ވިލިވަރުގައި ކަރަންޓީނު ފެސިލިޓީއެއް ހެދުމަށް 6.5 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. މިރިޕޯޓުގައި ބިޑު ކޮމިޓީ އިން މަސައްކަތް ހަވާލުކުރާނެ ފަރާތެއް ނިންމުމުގެ ކުރިން ޕްރޮޖެކްޓްގެ މަސައްކަތް ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފައިވުމާއި، މަސައްކަތުގެ އެއްބަސްވުމުގައި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ […]
ޕީޕީއެމް ޖޫރިމަނާކޮށްފި

އިދިކޮޅު މައި ޕާޓީ، ޕީޕީއެމް 50،000 ރުފިޔާ އިން ޖޫރިމަނާކޮށްފިއެވެ. ޕީޕީއެމް ޖޫރިމަނާކޮށްފައި ވަނީ އެޕާޓީ އިން 2019 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ސިޔާސީ ޕާޓީގެ ގާނޫނާ އެއްގޮތަށް ފައިސާގެ ހިސާބުތައް ބަލަހައްޓާފައި ނުވާތީ އެވެ. ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބަޔާންކުރާގޮތުގައި ކޮންމެ މީލާދީ އަހަރެއް ނިމޭތާ ގިނަވެގެން 90 ދުވަހުގެ ތެރޭގައި، އަހަރީ ހިސާބުތައް އޮޑިޓާ ޖެނެރަލް ގަބޫލުކުރާ އޮޑިޓަރަކު މެދުވެރިކޮށް އޮޑިޓްކުރުމަށްފަހު، އިލެކްޝަންސް ކޮމިޝަނަށް އެރިޕޯޓު ހުށަހަޅަން ވާނެއެވެ. ސިޔާސީ ޕާޓީތަކުގެ މާލީ […]
އޭޑީބީ އިން ރާއްޖެއަށް 73 މިލިއަން ޑިލަރުގެ ލޯނެއް

އޭޝިއަން ޑިވްލޮޕްމަންޓް ބޭންކް (އޭޑިބީ) އިން ކުނިން ހަކަތަ އުފެއްދުމުގެ މަޝްރޫއެއް ހިންގުމަށްޓަކައި ރާއްޖެއަށް 73 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 1.1 ބިލިއަން ރުފިޔާ) ލުއި ލޯނެއް ދޭން ނިންމައިފިއެވެ. މި މަޝްރޫޢުގެ ދަށުން ދުވާލެއްގެ މައްޗަށް 500 މެޓްރިކް ޓަނުގެ ކުނި ޕްރޮސެސްކޮށް އެ ކުނިން ހަކަތަ އުފައްދާ ޕްލާންޓެއް ޤާއިމު ކުރާނެ ކަމަށާއި، ދުވާލެއްގެ މައްޗަށް ދުވާލަކު 250 ޓަނުގެ ކުނި ޓްރީޓްކޮށް އަށް މެގަވޮޓް ކަރަންޓް އުފެއްދޭ ވަރުގެ ވަސީލަތެއް ޤާއިމު ކުރާނެ […]
އާދަމް ޙަލީމާ ދެކޮޅަށް ޕެޓިޝަނެއް ހުށަހަޅައިފި

ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކާ ގުޅިގެން އަވަސް އޮންލައިންގެ ޗީފް އެޑިޓަރު (މުންޑޫ) އާދަމް ޙަލީމްގެ މައްސަލަ ބަލައިދިނުމަށް އެދި 73 ނޫސްވެރީންގެ ސޮޔާ އެކު ކަމާބެހޭ އިދާރާތަކަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ. މި ޕެޓިޝަނުގައި 19 މީޑިއާ އެއްގައި މަސައްކަތްކުރާ 73 ނޫސްވެރިއަކު ވަނީ ސޮއިކޮށްފައެވެ. މިޕެޓިޝަންގައި ބުނެފައިވަނީ ”އަވަސް އޮންލައިން“ގެ ޗީފް އެޑިޓަރ އާދަމް ޙަލީމް އެނޫހުގައި މަސައްކަތް ކުރި އަންހެން ނޫސްވެރީންތަކަކާއި މުވައްޒަފުންތަކަކަށް ވަޒީފާގެ މާޙައުލުގައި ޖިންސީ ފުރައްސާރަކުރި ކަމަށް ބުނާ ވާހަކަތަކެއް ޓުވިޓާގައި ޢާންމުކޮށްފައިވާ […]
ފުލުހުން މިފަހަރު ހައްޔަރުކުރީ މަސްތުވެފައި ހުރި ފުލުހެއް!

މަސްތުވެގެން ހުރި ފުލުހަކު މަސްތުވާތަކެއްޗާއެކު ކ. ކާށިދޫން ހައްޔަރު ކޮށްފިއެވެ. 33 އަހަރުގެ ފިރިހެން މީހާ މަސްތުގެން ހުރި ކަމަށް ތުހުމަތު ކުރެވިގެން ހައްޔަރުކޮށް، ފުލުހުން ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތިން ޕެކެޓް ފެނިފައިވާ ކަމަށާއި މިޕެކެޓްތަށް ފެނިފައިވަނީ އޭނާ ދިރިއުޅޭ ތަނުން ކަމަށް ފުލުހުން ހާމަކުރެއެވެ. އަދި އޭނާ ހައްޔަރުކޮށް ޔޫރިން ޓެސްޓު ކުރިއިރު މަސްތުވާތަކެއްޗަށް ވަނީ ޕޮސިޓިވް ވެފައި ކަމަށާއި އޭނާގެ ބަންދުގެ މުއްދަތު ކާށިދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ 10 […]