އެކެޑެމިކް ކަލަންޑަރު އާންމުކޮށްފި

Loading

Facebook
Twitter
WhatsApp

މިއަހަރުގެ އެކެޑެމިކް ކަލަންޑަރަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށްފަހު އާންމުކޮށްފިއެވެ.

ބަދަލުތަކާއި އެކު އެޑިއުކޭޝަން މިނިސްޓްރީން މިއަދު އާންމުކުރި އެކެޑެމިކް ކަލަންޑަރުން ދައްކާގޮތުގައި މިއަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން އަންނަ ޖެނުވަރީ މަހު ފަށައި ޖޫން މަހުގެ ނިޔަލަށް ނިންމާ ގޮތަށް ވަނީ ބަދަލު ގެނެސްފައެވެ. އެއީ 2021 ވަނަ އަހަރުގެ ޖެނުވަރީ 12 އިން ޖޫން 24 ވަނަ ދުވަހުގެ ނިޔަލަށެވެ. މިއަހަރުގެ ފުރަތަމަ ޓާމުގެ ކިޔެވުން ނިމޭނީ ޑިސެމްބަރު މަހުގެ ތިން ވަނަ ދުވަހުއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ގެނަ އާ ބަދަލާއި އެކީ އަންނަ އަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށެން ހަމަޖެހިފައި ވަނީ އޮގްސްޓް 10 ވަނަ ދުވަހުއެވެ.

މިބަދަލު މިނިސްޓްރީން ގެނެސްފައި ވަނީ މިހާރު ދުނިޔޭގައި ފެތުރިފައިވާ ކޮވިޑް19 ގެ ބަލިމަޑުކަމާއި ގުޅިގެން މިއަހަރުގެ ގިނަ ދުވަސްތަކެއް ސުކޫލުތައް ބަންދުކޮށް ކިޔެވުން މެދުކެނޑިފައިވާތީއެވެ. މިބަދަލު ދާއިމީ ކުރުމަށް އެމިނިސްޓްރީން މަޝްވަރާތަކެއް ކުރަމުން އަންނައިރު އާންމުންގެ ހިޔާލު ހޯދަން ވަނީ ހުޅުވާލާފައެވެ.

ކޮވިޑްގެ ސަބަބުން ސްކޫލްތައް ބަންދު ކުރީ މިދިޔަ މާޗް މަހު އެވެ. އަދި އަލުން ސްކޫލްތައް ވަނީ މިދިޔަ މަހު ހުޅުވާލާފަ އެވެ. ނަމަވެސް މާލެ ސިޓީގައި ކިޔަވައިދިނީ ގްރޭޑް 9 އިން 12 އަށެވެ. ގިނަ ކްލާސްތައް މިހާރުވެސް އޮންލައިންކޮށް ކުރިއަށް ދާއިރު މިހާރު އަނެއްކާ ކޮވިޑް ފެތުރުން އިތުރުވެފައި ވާތީ ވަނީ ސުކޫލުތައް ބަންދުކޮށްފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް