ކޮވިޑް19ގެ ބަލިމީހުން ބޭތިއްބަން ތައްޔާރުކުރި ވިލިވަރުގެ ކޮރަޕްޝަނުގެ އެތައް މައްސަލަތަކެއް ފެންމަތިވެއްޖެ

Loading

Facebook
Twitter
WhatsApp

ކޮވިޑް19 ގެ ބަލިމީހުން ބޭތިއްބުމަށް ސަރުކާރުން ކ.ވިލިވަރުގައި ހެދި ފެސިލިޓީ ހެދުމުގައި ކޮރަޕްޝަންގެ ކަންތައްތަކެއް ހުރިކަމަށް ކޮވިޑް ހަރަދުތަކާ ގުޅޭ ގޮތުން އެކުލަވާލި ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުން ދައްކައިފިއެވެ.

ކޮވިޑް ހަރަދުތަކާއި ގުޅޭ އޮޑިޓް ރިޕޯޓުން ދައްކާގޮތުގައި ވިލިވަރުގައި ކަރަންޓީނު ފެސިލިޓީއެއް ހެދުމަށް 6.5 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.

މިރިޕޯޓުގައި ބިޑު ކޮމިޓީ އިން މަސައްކަތް ހަވާލުކުރާނެ ފަރާތެއް ނިންމުމުގެ ކުރިން ޕްރޮޖެކްޓްގެ މަސައްކަތް ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފައިވުމާއި، މަސައްކަތުގެ އެއްބަސްވުމުގައި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ހިލާފުވެފައިވާކަމަށް ހާމަކޮށްފައި ވެއެވެ. މީގެ އިތުރުން، ވިލިވަރުގައި ހެދި ވަގުތީ ކަރަންޓިނު ފެސިލިޓީއަށް ކުރަން ޖެހޭ އިންސްޕެކްޝަންތައް ނުކޮށް ކުރަން ޖެހޭ ހަރަދަށް ވުރެ ބޮޑު ޙހރަދެއްކޮށްފައި ވާކަމަށްވެސް ވެއެވެ.

އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ވިލިވަރުގައި 30 ކޮޓަރީގެ ވަގުތީ ކަރަންޓީނު ފެސިލިޓީއެއް ގާއިމުކުރުމަށް ފައިސާ ހޭދަކޮށްފައި ވަނީ ޓޫރިޒަމް ޓްރަސްޓް ފަންޑުންނެވެ.

ވިލިވަރު ކަރަންޓީނު ފެސިލިޓީ ހެދި ހަރަދުތަކުގެ ތަފުސީލުގައި ވާގޮތުގައި، ލޮޖިސްޓިކްސް ހިމަނައިގެން 30 ކޮޓަރި އެޅުމަށް 2.87 މިލިއަން ރުފިޔާ، ފެސިލިޓީއަށް ބޭނުންވާ ފަރުނީޗަރު އަދި ސާމާނަށް 1.1 މިލިއަން ރުފިޔާ، އެކި އާލާތްތައް ހޯދުމަށް އަދި ފެސިލިޓީ ސާފުކުރަން އަދި ދަތުރުތަކުގެ ގޮތުގައި ޖުމްލަ 165،331 ރުފިޔާ، އެހެނިހެން ޙަރަދުތަކުގެ ގޮތުގައި 164،420 ރުފިޔާ، ޖުމްލަ 6.10 މިލިއަން ރުފިޔާ ޚަރަދުކޮށްފައި ވެއެވެ.

މި ފެސިލިޓީ ގާއިމުކުރުމުގެ ބައެއް މަސައްކަތް ހަވާލުކޮށްފައި ވަނީ ސިންގަލް ސޯސް ޕްރޮކިއުމެންޓްގެ އުސޫލުގެ ދަށުން މިއަހަރުގެ ފެބްރުއަރީ ތިން ވަނަ ދުވަހު ދިވެހި އަމިއްލަ ކުންފުންޏަކާ އެއްބަސްވުމެއްގައި ސޮއިކޮށް ހަވާލުކޮށްގެންނެވެ.
މި ރިޕޯޓުގައި ވިލިވަރުގެ މައްސަލައިގެ އިތުރުން ކޮވިޑް-19 އާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީއިން ކުރި އެހެން ބައެއް ޙަރަދުތަކުގެ މައްސަލަތަކެއް ވެސް ފާހަގަކޮށްފައިވެ އެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް