ޕާޓީކުރާ ގެތަކަށް ދަތިކުރުމުގެ ފިޔަވަޅު އަޅަނީ

ކޮވިޑް-19 ފެތުރުން ކޮންޓުރޯލް ކުރުމަށް އެކަށައަޅާފައިވާ މިންގަނޑުތަކާއި ހިލާފަށް ބޮޑެތި އެއްވުންތަކާއި އަދި ޕާޓީތައް ބާއްވާ ގެތަކުން ކަރަންޓާއި އަދި ފެނުގެ ހިދުމަތް ކަނޑާލަން ނިންމައިފައިވާ ކަމަށް ލޮސްއެންޖަލެސްގެ މޭޔަރު ވިދާޅުވެއްޖެއެވެ. މީގެ އިތުރުން ގެތަކުގައި ބާއްވާ ޕާޓީތައް ނައިޓް ކްލަބުތަކަށް ބަދަލުވެފައިވާ ކަމަށާއި މިފިޔަވަޅު އަޅަން ނިންމާފައިވާ ވަނީ ކޮވިޑް-19 އިތުރަށް ފެތުރުމުގެ ބިރު އޮތުމުން ކަމަށެވެ. މިކަން ހުކުރު ދުވަހުން ފެށިގެން ވެސް ތަންފީޒު ކުރާނެ ކަމަށްވެސް ވިދާޅުވެފަވެއެވެ. އެމެރިކާގެ ސްޓޭޓްތަކުގެ ތެރެއިން ކޮވިޑް-19 […]
ވެކްސިން ދޭން ރަޝިޔާ ތައްޔާރު ވެއްޖެ

ރަޝިޔާގެ މޮސްކޯ ލެބޯޓްރީގައި ތައްޔާރުކުރި ކޮވިޑް-19 ވެކްސިންގެ ހުރިހާ ޓްރަޔަލްއެއް ކާމިޔާބު ކަމާއެކު ނިމި ވަރަށް އަވަހަށް އެޤައުމުގެ ރައްޔިތުންނަށް އެވެކްސިން ދޭން ފެށުމުގެ ބޮޑު ކެމްޕެއިނެއް ފަށަން ތައްޔާރުވަމުންދާ ކަމަށް އެޤައުމުން ބުނެފިއެވެ. ރަޝިޔާގެ ހެލްތު މިނިސްޓްރީ މިކައިލް މުރަޝްކޯ ވިދާޅުވި ކަމަށް އެޤައުމުގެ ޓީވީން ބުނި ގޮތުގައި އޮކްޓޯބަރ މަހު އެޤައުމުގެ އާބާދީއަށް ވެކްސިން ދޭން ފަށަން މިހާރު ދަނީ ތައްޔާރު ވަމުން ކަމަށާއި ފުރަތަމަ ވެކްސިން ދޭން ހަމަޖެހިފައި ވަނީ ޑޮކްޓަރުންނާއި ޓީޗަރުންނަށެވެ. […]
ރަނިލް އަށް ބޮޑު ނާކާމިޔާބެއް! ގޮނޑި ގެއްލުނީ މެދުނުކެނޑި 42 އަހަރަށް ފަހު

ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުކަން މެދުނުކެނޑި 42 އަހަރު ފުރުއްވަމުން ގެންދެވި އެގައުމުގެ ކުރީގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަގެ ގޮނޑި ގެއްލިއްޖެ އެވެ. ލަންކާގައި ބުދަ ދުވަހު ބޭއްވި އާންމު އިންތިހާބުގައި ރަނިލްގެ ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ)އަށް ލިބުނު ބޮޑު ނާކާމިޔާބީއާއެކު ރަނިލްގެ ގޮނޑި ވަނީ ގެއްލިފައެވެ. އެގޮތުން އިންތިހާބުގެ ނަތީޖާ އެގައުމުގެ އިލެކްޝަންސް ކޮމިޝަނުން މިހާރު އިއުލާންކޮށްފައިވާ އިރު، ސީދާ ވޯޓުން ހޮވާ އެއްވެސް ގޮނޑިއެއް ޔޫއެންޕީއަށް ލިބިފައި ނުވެ އެވެ. އުމުރުފުޅުން […]
އައިމީ: ރިޒް ކާލްޓަންގެ މާކެޓިން މެނޭޖަރ

ދުނިޔޭގެ އެންމެ ބޮޑު ޓޫރިޒަމް ބްރޭންޑް ކަމަށްވާ ރިޒް ކާލްޓަން އިން ރާއްޖޭގައި އަލަށް ހުޅުވާ ފަރި މޯލްޑިވްސް ރިސޯޓުގެ، މާކެޓިން މެނޭޖަރަކަށް އައިމިނަތު ރުޝާ ހާދީ (އައިމީ) ހަމަޖައްސައިފިއެވެ. އައިމީ ވަނީ އިނގިރޭސިވިލާތުގައި ޓޫރިޒަމް ދާއިރާއިން މަތީ ތަޢުލީމް ފުރިހަމަ ކުރައއްވާފައެވެ. ރާއްޖޭގައި އަލަށް ހުޅުވާ ރިސޯޓުތަކުގެ މާކެޓިންގެ ހެޑްގެ މަޤާމަށް ދިވެހިން ހަމަޖެއްސުމަކީ އެހާ އއާއްމުކޮށް ކުރާ ކަމެއް ނޫނެވެ. މީގެ އިތުރުން އައިމީ ޓޫރިޒަމްގެ ދާއިރާގައި މަސައްކަތް ކުރައްވާތާ މިހާރު 10 އަހަރަށް […]
ޓްވިޓާ ހެކް ކުރުމުގެ މޭސްތިރިއަކީ ކުޑަކުއްޖެއް، ހައްޔަރުކޮށް ދައުވާ ކޮށްފި

އެމެރިކާގެ މަޝްހޫރު ޝަހްސިއްޔަތުންގެ ރަސްމީ ޓްވިޓާ އެކައުންޓްތައް ހެކްކުރުމުގެ ތުހުމަތުގައި ކުޑަކުއްޖަކު ހައްޔަރުކޮށް ދައުވާ އުފުލައިފިއެވެ. މިއަހަރުގެ ޖުލައިމަހު ހިންގި މި ޖަރީމާގެ ފަހަތުގައި ކުޑަކުއްޖެއް ވާއިރު، އެކުއްޖާގެ އިތުރުން ދެ ޒުވާނަކު ހައްޔަރުކޮށް ވަނީ ދައުވާ އުފުލާފައެވެ. ”ކްރިޕްޓޮކަރަންސީ ބިޓްކޮއިން ސްކޭމް“ އެއްގެ ގޮތުގައި ހެކްކޮށްފައިވާ ޓްވިޓާ ހޭންޑްލްތަކުގެ ތެރޭގައި އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ، މިހާރުގެ ޑިމޮކްރަޓިކް ރިޔާސީ ކެންޑިޑޭޓް ޖޯ ބައިޑަން، މިނިވަން ރިޔާސީ ކެންޑިޑޭޓް އަދި މަޝްހޫރު ރެޕާ ކާންޏޭ […]
ބެއިރޫތު ހާދިސާގައި ބޭރުގެ ނުފޫޒެއް އެބައޮތްބާ؟

ލުބުނާނުގެ ވެރިރަށް ބެއިރޫތުގެ ބަނދަރުގައި މިދިޔަ އަންގާރަ ދުވަހު ގޮވާފައިވާ ބާރުގަދަ ގޮވުމުގެ ފަހަތުގައި ބޭރުގެ ނުފޫޒެއް އޮތްތޯ ތަހުގީގު ކުރަމުން އަންނަކަމަށް އެގައުމުގެ ރައީސް މައިކަލް އައިން ހާމަކުރައްވައިފިއެވެ. މި ހާދިސާ ހިނގަން މެދުވެރިވި މައިގަނޑު ސަބަބު ކަށަވަރު ނުވާއިރު މިއީ އެކްސިޑެންޓެއް ކަމަށް ގިނަބަޔަކު ބުނާއިރު މިއީ ފަރުވާކުޑަކަމުން ހިނގާދިޔަ ހާދިސާއެއް ކަމަށް އެއްބަޔަކު އަންނަނީ ބުނަމުންނެވެ. މިމޭރުމުން ވާހަކަ ދެކޭވޭއިރު މިހާދިސާގެ ފަހަތުގައި ރޮކެޓެއް، ބޮމެއް ނުވަތަ އެނޫންވެސް އެހެން ގޮތަކުން ބޭރުގެ […]
”މޫލީ“ އަށް 1 އަހަރު!

”މޫލީ“ އަށް 1 އަހަރު! އުރީދޫގެ އީކޮމާސް ޕްލެޓްފޯމް އަށް 1 އަހަރު ވުމުގެ ހާއްސަ މުނާސަބަތް އުރީދޫ އިން ވަނީ ފާހަގަކޮށްފައެވެ. . ކަސްޓަމަރުންނާއި ގާތްގުޅުމެއް އުފައްދާފައިވާ މޫލީ އަށް އަހަރެއް ފުރުމުގެ މި ހާއްސަ މުނާސަބަތާއި ގުޅިގެން އުރީދޫ އިން ބުނީ، އަހަރު ދުވަހުގެ ތެރޭގައި 10،000އަށް ވުރެ ގިނަ ޑެލިވަރީ ރާއްޖޭގެ އެކި ހިސާބުތަކަށް މޫލީ މެދުވެރިކޮށް ފޯރުކޮށްދީފައިވާނެ ކަމަށެވެ. މިދިޔަ އަހަރުގެ އޮގަސްޓް މަހު ތައާރަފްކުރެވުނު މި ޕްލެޓްފޯމް 14 ކެޓެގަރީއަކުން […]
ރިޟްވާން ގެއްލުނުތާ ހަ އަހަރު، އަދިވެސް މައުލޫމާތު ހޯދަނީ

ގެއްލުވާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޝްވާންގެ މައްސަލައާއި ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއް ހުރިނަމަ އެ މައުލޫމާތު މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނަށް ހިއްސާ ކޮށްދިނުމަށް އެ ކޮމިޝަނުން އެދިއްޖެއެވެ. އެކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ އާއިލާއަށް އިންސާފު ނުލިބި އޮތްކަމީ އެ އާއިލާއަށް ލިބިފައިވާ ބޮޑު ހިތާމައެއްކަމަށާއި، އެ ހިތާމައިގައި ކޮމިޝަނުން ބައިވެރިވާ ކަމަށެވެ. އަދި ރިޟްވާންގެ އާއިލާ އާއި ގޮތް ނޭނގޭ މަރުތަކާއި ވީނުވީއެއް ނޭނގި […]
ޑރ މައުސޫމް ޓުއަރިޒަމް މިނިސްޓަރަކަށް!

ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް އަދި ކެލާ ދާއިރާގެ ކުރީގެ މެމްބަރ ޑރ ޢަބްދުﷲ މައުސޫމް ޓޫރިޒަމް މިނިސްޓަރަކަށް އައްޔަނު ކުރައްވައިފިއެވެ. ޓުއަރިޒަމް މިނިސްޓަރަކަށް، މައުސޫމް އައްޔަނު ކުރައްވާފައިވަނީ ކުރިން އެމަޤާމުގައި ހުންނެވި އަލީ ވަހީދު، މަޤާމުން ވަކިކުރެއްވުމާއި ގުޅިގެން މަޤާމު ހުސްވެފައިވާތާ ދުވަސްކޮޅެއް ފަހުންނެވެ. ރައީސުލްޖުމްހޫރިއަޔާގެ އޮފީހުގެ ސްޕޯކްސްޕާރސަން އިބްރާހީމް ހޫދު ކުރެއްވި ޓުވީޓެއްގައި ބުނެފައިވަނީ މިނިސްޓަރ އޮފް ޓޫރިޒަމް ގެ މަޤާމަށް، ޑރ ޢަބްދުﷲ މައުސޫމް ދަފްތަރު ނަންބަރު 4336 އިސްކުރައްވައި، އެމަނިކުފާނަށް މަޤާމުގެ […]
ކޮވިޑްގެ ބަލި މީހުން ތިބީ މި 12 ރަށުގައި!

ކޮވިޑް-19 ގެ ބަލި މީހުން ތިބި ރަށްތައް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފިއެވެ. އެޗްޕީއޭއިން ހާމަކޮށްފައިވާ ގޮތުގައި ރަށްރަށުން ޕޮޒިޓިވްވެފައި ވަނީ މާލެއިން ދިޔަ މީހުން ކަމަށާއި އެމީހުންނަކީ ރަށްރަށައް ހޯމް ކަރަންޓީނަށް ދިޔަ މީހުންނާއި މާލެއާއި ރަށްރަށާއި ދެމެދު ދަތުރުކުރާ ބޯޓްތަކުގައި މަސައްކަތް ކުރާ މީހުންކަމަށް އެޗްޕީއޭ އިން ހާމަކުރެއެވެ. ކޮވިޑްގެ ބަލި މީހުން ތިބި ރަށްތަކަކީ ހއ. ކެލާ، ހދ. ނާވައިދޫ، ބ. ކުޑަރިކިލު، ރ. އިނގުރައިދޫ، ޅ. ހިންނަވަރު، ކ. […]