އިންޑިއާ ފަތުރުވެރީން އަންނަން ބޭނުންވަނީ ރާއްޖެ: ދިރާސާ

އިންޑިއާގެ ބޯޑަރުތައް ހުޅުވާލުމާއެކު، އިންޑިއާގެ ފަތުރުވެރީންގެ ތެރެއިން އެންމެ ގިނަ ބަޔަކު ޗުއްޓީ ހޭދަކުރުމަށްޓަކައި އަންނަން ބޭނުންވަނީ ރާއްޖެއަށް ކަމަށް މަޝްހޫރު ޓްރެވަލް-ޓެކް ކުންފުނި ”ޕިކްޔޯޓްރެއިލް“ އިން ކުރި ދިރާސާއަކުން ދައްކާފިއެވެ. މިދިރާސާގައި 2500 އަށް ވުރެ ގިނަ މީހުން ބައިވެރިވެފައި ވެއެެވެ. އަދި ހަމަ އެހެންމެ ސާވޭގެ ބައިވެރިންގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުން އުއްމީދު ކުރަނީ މިއަހަރު ޑިސެމްބަރ މަސް ނިމުމުގެ ކުރީން ޗުއްޓީއަށް ދެވޭނެ ކަމަށެވެ. މިދިޔަ އަހަރު 160،000އަށް ވުރެ […]
ތިން ލައްކައަށް ވުރެ ގިނަ މީހުންގެ ގެދޮރު ގެއްލިފައިވޭ: ބައިރޫތުގެ ރައީސް

ލުބްނާނުގެ ވެރިރަށް ބައިރޫތުގައި ހިނގި ބާރުގަދަ ގޮވުންތަކުގެ ސަބަބުން ތިން ލައްކައަށް ވުރެ ގިނަ މީހުންގެ ގެދޮރު ގެއްލިފައިވާ ކަމަށް ބައިރޫތުގެ ރައީސް ވިދާޅުވެއްޖެއެވެ. އެހާދިސާގެ ސަބަބުން އެ ސިޓީއާ ދުރުގައި ހުރި ތަންތަނަށާއި ޢިމާރާތްތަކަށްވެސް ވަރރަށް ބޮޑެތި ގެއްލުންތައް ވަނީ ލިބިފައެވެ. އަދި މިހާތަނަށް 100 އަށް ވުރެ ގިނަ މީހުން މަރުވެ، 4000 އަށް ވުރެ ގިނަ މީހުން ޒަޚްލުވެ ފަރުވާ ދެމުންދާ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ. މިއަދަދުތައް އިތުރުވާނެ ކަމަށްވެސް އެގަުމުގެ […]
މައިކްރޯ ޕްލާސްޓިކް އެންމެ ގިނައީ ރާއްޖޭގެ ކަނޑުތަކުގައި ކަމަށް ދިރާސާއަކުން ބުނެފި

މައިކްރޯ ޕްލާސްޓިކް މުޅި ދުނިޔޭގައިވެސް އެންމެ ގިނައީ ރާއްޖޭގެ ކަނޑުތަކުގައި ކަމަށް އޮސްޓްރޭލިއާގެ ފްލިންޑާސް ޔުނިވާސިޓީގެ ސައިންސްވެރީން ހެދި ދިރާސާއަކުން ބުނެފިއެވެ. އެގޮތުން މިދިރާސާ ހެދުމަށްޓަކައި ޅ.ނައިފަރު ވަށައިގެން ތަފާތު 22 ތަނަކުން ވެލި ނަގައިގެން ޕްލާސްޓިކް ހުރި މިންވަރު ވަނީ ބަލާފައެވެ. މިދިރާސާގައި އިސްކޮށް ހަރަކާތްތެރިވި ޓޯބީ ޕަޓީ ބުނެފައިވަނީ މައިކްރޯ ޕްލާސްޓިކް ހުރި މިންވަރު ވަރަށް ގިނަ ކަމަށެވެ. މީގެ އިތުރުން މައިކްރޯ ޕްލާސްޓިކްގެ ގޮތުގައި ސައިންސްވެރީން ބަލަނީ ފަސް މިލިލީޓަރަށް ވުރެ ބޮޑު […]
ބޮޑުފިނޮޅުން ހައްޔަރުކުރި ބިދޭސީންތަކެއް ދޫކޮށްލަން ކޯޓަށް!

ބ.ބޮޑުފިނޮޅުގައި ހިނގި ހަމަނުޖެހުމުގެ ތެރޭގައި ހައްޔަރުކުރި 19 ބިދޭސީން ހައްޔަރު ކޮށްފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް ބުނެ ބިދޭސީންގެ ޤާނޫނީ ވަކީލުންގެ ފަރާތުން ކްރިމިނަލް ކޯޓަށް ނޫސްބަޔާނެއް ހުށަހަޅައިފިއެވެ. އެނޫސްބަޔާނުގައި ވަނީ ބިދޭސީން އިމިގްރޭޝަނާއި ހަވާލުކުރީ ޑީޕޯޓް ކުރަން ކަމަށް ބުނެ ކަމަށާއި، އެހެންވިޔަސް އިމިގްރޭޝަންގެ ޤާނޫނާ ޚިލާފްނުވާ ބަޔަކު ނުރުހުގައި ރާއްޖެއިން ފޮނުވާލަން އިމިގްރޭޝަނާއި ހަވާލު ކުރުމުގެ ބާރު ފުލުހުންނަށް ނޯންނާނެ ކަމަށެވެ. އަދި ޖަލުތަކުގައި ޕެރޯލްގެ ޤާނޫނު އޮންނަ ގޮތުން، ތުހުމަތުތަކުގައި މީހުން ބަންދުކުރެވޭ […]
ފީފާގެ ރައީސްގެ މައްސަލަ ބަލަނީ އެތިކްސް ކޮމިޓިން ކަމަށް ބުނެފި

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯގެ މައްސަލަ ނިމެންދެން އޭނާ މަގާމުގެ ޒިންމާ އަދާކުރުމުގައި ދެމި ހުރުމާ މެދު ގޮތެއް ނިންމަން ޖެހިއްޖެނަމަ އެކަން ކުރާނީ ފީފާގެ އެތިކްސް ކޮމިޓީން ކަމަށް އެ އިދާރާއިން ބުނެފިއެވެ. ސްވިޒްލެންޑްގެ ޕްރޮސެކިއުޓަރުން އިންފަޓީނޯ ސްވިޒަލޭންޑްގެ އެޓާނީ ޖެނެރަލް މައިކަލް ލޯބާއާ ގުޅިގެން ގިނަ ނާޖާއިޒް ފައިދާތަކެއް ނެގި ކަމަށް ބުނާ މައްސަލަ ބަލަން ފެށީ މިދިޔަ ހަފްތާގައެވެ. 2015 ވަނަ އަހަރު ފީފާގެ ކޮރަޕްޝަން މައްސަލައިގެ ތަހްގީގުގައި ލޯބާ ވަނީ އިސްކޮށް […]
ޒަރޫރީ ބޭނުމެއްނެތި ގޭގެއަށް ޒިޔާރަތް ކުރުން ހުއްޓާލައްވާ: އެޗްޕީއޭ

ޒަރޫރީ ބޭނުމެއްނެތި ގޭގެއަށް ޒިޔާރަތް ކުރުން ހުއްޓާލުމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު އަންގަވައިފިއެވެ. ރޭގައި ނެރެފައިވާ އެންގުމުގައި ބުނެފައިވާ ގޮތުގައި ޒަރޫރީ ބޭނުމެއް ނެތި ގޭގެއަށށް ދިއުން ހުއްޓާލުމާއެކު މާލެ ސަރަހައްދަށް ރޭގަނޑު 10 ކުން ފަތިހު 5 ބޭރަށް ނިކުމެ އުޅުމާއި، މާލެ ސަރަހައްދުގައި ހިންގާ ފިހާރަތަކާއި، ކެފޭ އަދި ރެސްޓޯރެންޓުތައް ރޭގަނޑު 9 ގަޑި ބައިގައި ބަންދުކުުރުމާއި، މާލެ ސަރަހައްދުގައި އެއްފަހަރާ ފަސްމީހުންނަށް ވުރެ ގިނައިން އެއްވެ އުޅުން […]
އައިސޮލޭޝަންނަށް ނުގެންދެވި 200 ފަރާތެއް ގޭގޭގައި

އައިސޮލޭޝަންނަށް ނުގެންދެވި ގޭގޭގައި ކޮވިޑަށް ޕޮސިޓިވް ވެފައިވާ 200 ފަރާތެއް އެބަތިބި ކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގް ވިދާޅުވެއްޖެއެވެ. ޑރ. ނަޒްލާ މިހެން ވިދާޅުވެފައިވަނީ ނޫސްވެރީންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. ރާއްޖެއިން ޕޮސިޓިވްވާ މީހުންގެ އަދަދު ދުވަހުން ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. މިއަދު 153 އިއްޔެ 129 މީހަކު އެބައްޔަށް ވަނީ ޕޮސިޓިވް ވެފައެެވެ. ރާއްޖެއިން އެބައްޔަށް ޕޮސިޓިވް މީހުންގެ އަދަދު ވަނީ 4446 އަށް […]
ރައްޔިތުންގެ މަޖިލިހުގެ ޖަލްސާ ކެންސަލް

މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިހުގެ ޖަލްސާ ކެންސަލް ކޮށްފފައިވާކަމަށް މަޖިލިހުގެ އިދާރާއިން ހާމަކުރައްވައިފިއެވެ. މަޖިލިހުގެ އިދާރާއިން ވިދާޅުވެފައިވަނީ ދެން ޖަލްސާ އޮންނާނީ އަންނަ ހޯމަ ދުވަހު ކަމަށާއި މިހަފްތާގައި އިތުރު ޖަލްސާއެއް ނޯންނާނެ ކަމަށެވެ. އަދި މިކަން މެންބަރުންނަށް އަންގާފައިވާނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ. ކުރިއަށް އޮތް ތިން ދުވަސް ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައި ވީނަމަވެސް މަޖިލިހުގެ ކޮމިޓީތައް ކުރިއަށް ދާނެ ކަމަށް އެއިދާރާއިން ވަނީ ވިދާޅުވެފައެވެ. އާއްމުކޮށް މަޖިލިހުގެ ޖަލްސާތައް އޮންނަނީ ހޯމަ، […]
ގަވާއިދާއި ހިލާފަށް ހަރަމްފުޅަށް ވަން 16 މީހަކު ޖޫރިމަނާކޮށްފި

ގަވާއިދާއި ހިލާފަށް މައްކާގެ ހަރަމްފުޅަށް ވަން 16 މީހަކު ޖޫރިމަނާކޮށްފިއެވެ. ސައުދީގެ ޕަބްލިކް ސެކިއުރިޓީގެ ތަރުޖަމާން ވިދާޅުވެފައި ވަނީ ގަވާއިދާއި ހިލާފަށް ހަރަމްފުޅަށް ވަތް 16 މީހުންވެސް މިހާރު ވަނީ ޖޫރިމަނާކޮށްފައި ކަމަށާއި، އެމީހުން ޖޫރިމަނާކޮށްފައި ވަނީ މީހަކު 2،666 ޑޮލަރު ދައްކަން ޖެހޭ ގޮތަކަށް ކަމަށެވެ. ހުރިހާ ހައްޖުވެރިންވެސް ހަރަމްފުޅަށް ވަނުމުގެ ކުރިން ސެލްފް ކަރަންޓީންވާން ޖެހެއެވެ. ސައުދީ ޕްރެސް އެޖެންސީ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ގަވައިދުތައް އެކުލަވާލައިފައި ވަނީ މިހާރު ފެތުރެމުން އަންނަ […]
އދ ގެ 172 ޤައުމަކާއެކު ޚާރިޖީ ގުޅުން ބަދަހިކުރެވިއްޖެ: ޝާހިދު

އދ.ގެ މެންބަރު ޤައުމުތަކުގެ ތެރެއިން 172 ޤައުމަކާއެކު ރާއްޖެއިން ޚާރިޖީ ގުޅުން ޤާއިމްކުރައްވާފައިވާކަމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ރާއްޖޭގެ 55ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ވާރޗުއަލްކޮށް ބޭއްވި ޑިޕްލޮމެޓިކް ރިސެޕްޝަންގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ޝަރަފްވެރިކޮށްދެއްވި މިބައްދަލުވުމުގައި ވާހަފުޅު ދައްކަވަމުން ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވަނީ މިސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ. މިނިސްޓަރ ޝާހިދު ވިދާޅުވީ މިނިވަން ދުވަސް މިއަހަރު މިފާހަގަކުރަނީ ކޯވިޑް-19ގެ ބަލިމަޑުގެ […]