ގަވާއިދާއި ހިލާފަށް ހަރަމްފުޅަށް ވަން 16 މީހަކު ޖޫރިމަނާކޮށްފި

Loading

Facebook
Twitter
WhatsApp

ގަވާއިދާއި ހިލާފަށް މައްކާގެ ހަރަމްފުޅަށް ވަން 16 މީހަކު ޖޫރިމަނާކޮށްފިއެވެ.

ސައުދީގެ ޕަބްލިކް ސެކިއުރިޓީގެ ތަރުޖަމާން ވިދާޅުވެފައި ވަނީ ގަވާއިދާއި ހިލާފަށް ހަރަމްފުޅަށް ވަތް 16 މީހުންވެސް މިހާރު ވަނީ ޖޫރިމަނާކޮށްފައި ކަމަށާއި، އެމީހުން ޖޫރިމަނާކޮށްފައި ވަނީ މީހަކު 2،666 ޑޮލަރު ދައްކަން ޖެހޭ ގޮތަކަށް ކަމަށެވެ.

ހުރިހާ ހައްޖުވެރިންވެސް ހަރަމްފުޅަށް ވަނުމުގެ ކުރިން ސެލްފް ކަރަންޓީންވާން ޖެހެއެވެ. ސައުދީ ޕްރެސް އެޖެންސީ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ގަވައިދުތައް އެކުލަވާލައިފައި ވަނީ މިހާރު ފެތުރެމުން އަންނަ ނުރައްކާތެރި ވައިރަސް ކޮވިޑް-19 އާއި ގުޅިގެންނެވެ. މިއަހަރު ހައްޖާޖީންނަށް ވަނީ އެހެން އަހަރުތަކާއި ހިލާފަށް އަމަލުކުރުމަށް ހާއްސަ ގަވައިދުތަކެއް ކަނޑައަޅާފައެވެ.

އެގޮތުން އިޖްތިމާއީ ގައިދުރުކަމުގެ ގަވައިދުތަކަށް ބޯލެނބުމަށާއި، ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޅެންހުރި ހުރިހާ މުހިންމު ފިޔަވަޅުތަކެއް އެޅުމަށާއި، ބަލި އެކަކު އަނެކެއްގެ ގައިން ފެތުރިންގެ ނުދާނެ ގޮތްގޮތަށް އަމަލުތައް ބެހެއްޓުމަށް ކަމާބެހޭ އިދާރާތަކުން މިއަހަރު އަންނަނީ ބާރުއަޅަމުންނެވެ.

ސައުދީ ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރ އޮފް ހައްޖު އެންޑް އުމްރާ ޑރ.އަބްދުލް ފައްތާހް ވިދާޅުވެފައި ވަނީ ހައްޖުގެ އަޅުކަމުގައި ބައިވެރިވާ މީހުން މިމަހުގެ 25 ވަނަ ދުވަހުން ފެށިގެން 29 ވަނަ ދުވަހާއި ހަމަޔަށް ގޭ ބަންދުގައި ތިބެން ޖެހޭނެ ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް