މުސްތަފާއަށް ހާޓްއެޓޭކެއް ޖެހިގެން ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފި

ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާއަށް ހާޓްއެޓޭކެއް ޖެހިގެން ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފި އެވެ. މުސްތަފާއަށް ހާޓްއެޓޭކެއް ޖެހުނީ ރޭގެ ވަގުތެއްގައެވެ. ހާޓްއެޓޭކް ޖެހުމާއެކު މުސްތަފާ އައިޖީއެމްއެޗަށް ގެންގޮސް ދަނީ ފަރުވާ ދެމުންނެވެ. މައުލޫމާތު އެނގޭ މީހަކު ބުނީ މުސްތަފާގެ ހިތައް ލޭ ފޮނުވައިދޭ ބައެއް ނާރުތައް ބްލޮކްވެފައި ހުރުމުން ރޭ ވަނީ ސާޖަރީއެއް ކޮށްފައެވެ. ސާޖަރީއަށް ފަހު މުސްތަފާގެ ހާލު އަންނަނީ ރަނގަޅު ވަމުން ކަމަށް އޭނާ ބުންޏެވެ. މުސްތަފާ ފުރަތަމަ ރައްޔިތުންގެ މަޖިލީހަށް […]

އެކުވެނި ޓްރެކު ސިންތެޓިކް ކޮށް، ބޮޑު ބަދަލެއް ގެންނަނީ

މާލޭގައި ގިނަބަޔަކު ކަސްރަތު ކުރުމަށް ބޭނުންކުރާ ކުޅިވަރު އެކުވެނީގެ ދުވާ ޓްރެކް ބަދަލުކުރާނީ ސިންތެޓިކް ޓްރެކަކަށް ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ. ރާއްޖޭގައި މިފަހަކަށް އައިސް ދުވުމާއި، ކަސްރަތުގެ ޓްރެންޑެއް އައިސްފައިވާ އިރު މާލޭގައި ދިރިއުޅޭ ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ފެންވަރު ރަނގަޅު ދުވާ ޓްރެކެއް ނެތް ކަމެވެ. މިހާރު ގިނަބަޔަކު ބޭނުން ކުރަމުން އަންނަ މާފަންނު އެކުވެނި ޓްރެކަކީ 1996 ވަނަ އަހަރު މާލޭގައި ބިނާ ކުރި […]

އުތުރު ކޮރެއާގެ މީހަކަށް ކޮވިޑް-19 ޖެހިފައިވާ ކަމަށް ބުނެ، ކުއްލި ހާލަތަށް

އުތުރު ކޮރެއާއިން ކޮވިޑް-19 ޖެހިފައިވާ ކަމަށް ޝައްކު ކުރެވޭ މީހަކު ފެނިފައިވާ ކަމަށް އެގައުމުގެ ދައުލަތުގެ މީޑިއާ ކޭސިއެންއޭއިން މިއަދު ރިޕޯޓުކޮށްފި އެވެ. ކޭސީއެންއޭގައިވާ ގޮތުން އެގައުމުން ބަލި ޖެހިފައިވާ ކަމަށް ޝައްކު ކުރެވެނީ މީގެ ތިން އަހަރު ކުރިން ގަވާއިދާ ހިލާފަށް ދެކުނު ކޮރެއާއަށް ދިޔުމަށް ފަހު މިދިޔަ ހަފްތާގެ އާދިއްތަ ދުވަހު އަނބުރާ އުތުރަށް ދިޔަ މީހެކެވެ. އެ ހާދިސާއާ ގުޅިގެން ލީޑަރު ކިމް ޖޮންގް އުން ވަނީ އުތުރު ކޮރެއާގެ ބޯޑަރުގައި އޮންނަ […]

އެމްއޭސީއެލްގެ ހިދުމަތުން މޫސާ ސޯލިހް ރިޓަޔާ ކުރައްވައިފި

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ އެކްޓިން މެނޭޖިން ޑިރެކްޓަރުކަން ކުރެއްވި، މޫސާ ސޯލިހު 39 އަހަރަށްފަހު ހިދުމަތުން ރިޓަޔާ ކުރައްވައިފި އެވެ. އެމްއޭސީއެލްގެ އެކި މަގާމުތައް ފުރުއްވި މޫސާ ސޯލިހް އެންމެ ފަހުން އަދާ ކުރެއްވީ، އެ ކުންފުނީގެ އެކްޓިން މެނޭޖިިން ޑިރެކްޓަރުގެ މަގާމެއެވެ. އެ މަގާމަށް ސަރުކާރުން މިހާރު ވަނީ އިނގިރޭސީ ވިލާތުގެ ރައްޔިތެއް ކަމަށްވާ، ގޯޑަން އެންޑްރޫ ސްޓުއާޓް ހަމަޖައްސާފައެވެ. އެމްއޭސީއެލްގެ މުވައްޒަފުނަށް މިއަދު އެ ކުންފުނިން ފޮނުވި ސާކިއުލާގައި ބުނީ، މޫސާ ސޯލިހް […]

ޗައިނާއަށް ޖާސޫސުކޮށްދިން ކަމަށް ސިންގަޕޫރު މީހަކު އިއުތިރާފްވެއްޖެ

އެމެރިކާއާ ގުޅުން ހުރި ޖާސޫސީ މައުލޫމާތު ޗައިނާއަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރި ކަމަށް ސިންގަޕޫރުގެ މީހަކު އެމެރިކާގެ ކޯޓެއްގައި އިއުތިރާފްވެއްޖެ އެވެ. އެމެރިކާގެ ޖަސްޓިސް ޑިޕާޓްމެންޓުން އިއްޔެ ނެރުނު ބަޔާނެއްގައިވާ ގޮތުން ޖުން ވެއި ޔިއޯ ނަމަކަށް ކިޔާ ސިންގަޕޫރުގެ މީހަކު ވަނީ 2015 އާއި މިދިޔަ އަހަރާ ދޭތެރޭ އޭނާ ގާނޫނާ ހިލާފަށް ޗައިނާގެ އޭޖެންޓެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާކަން ފެޑެރަލް ކޯޓެއްގައި އިއުތިރާފުވެފަ އެވެ. ޕްރޮސެކިއުޓަރުން ވިދާޅުވި ގޮތުގައި ޔިއޯ ވަނީ އެމެރިކާގެ މީހުންނަށް […]

މާދަމާ މުޅި ރާއްޖޭގައި ދިދަ ނަގާ ރައީސް ގައުމާ މުހާތަބުކުރައްވާނެ

މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި މާދަމާ އޮންނާނީ މުޅި ރާއްޖޭގައި ދިދަ ނެގުމުގެ ހާއްސަ ރަސްމިއްޔާތާއި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގައުމާ މުހާތަބުކުރެއްވުން ކަމަށް ހޯމް މިނިސްޓްރީން ބުނެފިއެވެ. މިނިވަންދުވަހުގެ މުނާސަބަތުގައި ކޮންމެ އަހަރަކުވެސް ބާއްވާ އިހްތިފާލުތައް މި އަހަރު ނުބާއްވާގޮތަށް ސަރުކާރުން ވަނީ ނިންމައިފައެވެ. މިނިވަންދުވަހުގެ މުނާސަބަތުގައި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެއް ވަގުތެއްގައި ދިދަ ނެގުން އޮންނާނެއެވެ. އެ ރަސްމިއްޔާތު އޮންނާނީ ހެނދުނު 06:00 ގައެވެ. މާލޭގައި ދިދަ ނެގުމުގެ […]

މާލެ އަތޮޅުގެ ދެ ކައުންސިލަރަކު ސަސްޕެންޑުކޮށްފި

މާލެ އަަތޮޅުގެ ދެ ކައުންސިލަރަކު ތިން މަހަށް ސަސްޕެންޑް ކުރަން ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ)އިން ނިންމައިފިއެވެ. ސަސްޕެންޑުކޮށްފައި ވަނީ މާލެ އަތޮޅު ކައުންސިލްގެ ނައިބު ރައީސް އަބްދުﷲ ވާރިސް އާއި މާލެ އަތޮޅު ކައުންސިލް މެންބަރު މާޖިދު ސުލައިމާނެވެ. މި މަހުގެ 23 ވަނަ ދުވަހުން ފެށިގެން މުސާރަ އާއި އިނާޔަތްތައް ނުލިބޭގޮތަށް އެ ދެ ބޭފުޅުން ވެސް ސަސްޕެންޑުކުރީ ތިން މަހަށެވެ. އެ ދެ ބޭފުޅުންގެ ތެރެއިން ވާރިސް އަކީ ޕީޕީއެމަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ. […]

ބޮޑުފިނޮޅުން ބިދޭސީން ބާލުވަން އުޅޭ ކަމަށް ޕީއައިއެލްސީ އިން ބުނެފި

ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރާ ބ. ބޮޑުފިނޮޅުގައި ތިބި ބިދޭސީން ރަށުން ބާލުވަން، އެ ރަށުގެ ޑިވެލޮޕަރު ސީލް މޯލްޑިވްސްއިން ނިންމި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ބުނެ، ބިދޭސީންނަށް ގާނޫނީ އެހީތެރިކަން ދެމުން އަންނަ ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރު (ޕީއައިއެލްސީ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ. ޕީއައިއެލްސީ އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރާ ބޮޑުފިނޮޅުގެ ކޮންޓްރެކްޓަރު، ރިޒް ކުންފުންޏާއި އެ ކުންފުނީގެ ދެ ޑިރެކްޓަރުންނާ ގުޅޭ މައްސަލައެއް މިދިޔަ ހަފުތާގައި ވަޒީފާއާ […]

ޗައިނާގެ 11 ކުންފުންޏަކަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފި

ޗައިނާގެ 11 ކުންފުންޏަކާ ދެކޮޅަށް އެމެރިކާއިން އިޤްތިޞާދީގޮތުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފިއެވެ. އެމެރިކާއިން ޗައިނާގެ 11 ކުންފުންޏަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވަނީ، ޗައިނާގެ ޒިއާންޖިންގައި އުޅޭ މުސްލިމުންނާ ދެކޮޅަށް ހިންގާ އިންސާނިއްޔަތާ ޚިލާފު އަމަލުތަކުގައި އެކުންފުނިތަކުގެ ބައިވެރިވުން އޮތްކަމަށް ބުނެއެވެ. އެމެރިކާއިން ދަތި ކުރުމުގެ ފިޔަވަޅު އެޅި ކުންފުނިތަކުގެ ތެރޭގައި އެކި ބާވަތުގެ ވިޔަފާރީގައި ހަރަކާތްތެރިވާ ކުންފުނިތައް ހިމެނެއެވެ. އޭގެތެރޭގައި ބަޔޯޓެކް ކުންފުނިތަކުން ފެށިގެން ގޭގައި ގެންގުޅޭ ސާމާނު އުފައްދާ ކުންފުނިތައްވެސް ހިމެނެއެވެ. އެމެރިކާގެ ކަމާބެހޭ […]

31 އަހަރުގެ ހިދުމަތަށް ފަހު އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު ރިޓަޔާ ކުރައްވައިފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް 31 އަހަރު ހިދުމަތް ކޮށްދެއްވުމަށް ފަހު ޑެޕިއުޓީ ގަވަރުނަރުގެ މަގާމުގައި ހުންނެވި، އައިޝަތު ޒާހިރާ މަގާމުން ރިޓަޔާ ކުރައްވައިފި އެވެ. މަގާމުން ރިޓަޔާ ކުރެއްވިއިރު ޒާހިރާ ވަނީ ޑެޕިއުޓީ ގަވަރުނަރުގެ މަގާމު ދެ ދައުރު ފުރިހަމަ ކުރައްވާފަ އެވެ. އެ މަގާމުގެ ދައުރެއްގެ މުއްދަތަކީ ހަ އަހަރެވެ. ޒާހިރާ މަގާމުން ރިޓަޔާ ކުރެއްވުމުން އެމްއެމްއޭއިން ވަނީ އޭނާ ކޮށްދެއްވި ހިދުމަތުގެ އަގުވަޒަންކޮށް، ޝުކުރު އަދާކޮށްފަ އެވެ. ޑެޕިއުޓީ ގަވަރުނަރުގެ މަގާމަކީ ރައީސުލްޖުމްހޫރިއްޔާ ނަން […]