އެގްރިމެންޓާ ހިލާފަށް ދީބާޖާއަށް ފަޅުރަށް ދިން މައްސަލަ ތަހުގީގު ކުރުމަށް އެދެފި

އުތުރު ޕްރޮވިންސްގެ ފެރީގެ ހިދުމަތް ދިނުމަށް ހަވާލުކުރި ދީބާޖާ ކުންފުނީގެ އެއްބަސްވުމާ ހިލާފަށް ފަޅުރަށް ދިން މައްސަލަ ތަހުގީގު ކުރުމަށް އޮޑީޓާ ޖެނެރަލް ހަސަން ޒިޔަތު އަންގަވައިފިއެވެ. ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ފެބްރުއަރީ 1، 2010ގައި ދަތުރުފަތުރު ހިދުމަތް ގާއިމުކުރުމަށް ދީބާޖާއާ ހަވާލު ކުރީ، ރ. ކުޑަކުރަތު ދޫކުރުމަށްފަހު އެވެ. އެއްބަސްވުމާ އެއްގޮތަށް ހިދުމަތް ނުދޭތީވެ، ރައީސް ޔާމީންގެ ސަރުކާރުގައި މެއި 30، 2013ގައި ވަނީ އެއްބަސްވުން ބާތިލުކޮށްފައެވެ. އަދި މައްސަލަ ބާތިލު ކުރި މައްސަލައިގައި […]

ފުރަބަންދާ ހިލާފުވި އެއްވެސް މީހަކަށް ދަައުވާ ނުކުރަން ނިންމައިފި

ކޮވިޑް-19 އާ ގުޅިގެން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ނެރުނު ފުރަބަންދުގެ އަމުރާ ހިލާފުވެގެން ކޮށްފައިވާ ދައުވާތައް އަނބުރާ ގެންގޮސް، ދައުވާ ކުރުމަށް ފުލުހުންގެ ފަރާތުން ޕްރޮސެކިއުޓާ ޖެނެރަލްގް އޮފީހަށް ހުށަހަޅާފައިވާ މައްސަލަތަކުގައި ދައުވާ ނުކުރުމަށް ޕީޖީ ހުސައިން ޝަމީމް ނިންމަވައިފި އެވެ. ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިގޮތަށް ނިންމީ ގާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ހ)، (ށ) އަދި (އ) އިން ބާރު ލިބިގެން ކަމަށެވެ. އެގޮތުން، ލޮކްޑައުން އާ […]

އިއްޔެ ބަންދުކުރި ތިން މިސްކިތެއް ޑިސްއިންފެކްޓްކޮށް ހުޅުވައިފި

މާލޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހަކު ގޮސްފައިވާ ތިން މިސްކިތެއް ޑިސްއިންފެކްޓް ކުރުމަށްފަހު އަލުން ހުޅުވައިފި އެވެ. ޕޮޒިޓިވްވި މީހަކު ގޮސްފައިވާ ތިން މިސްކިތެއް ވަނީ ރޭގައި ބަންދުކޮށްފައެވެ. އެއީ މަސްޖިދުލް ސުލްތާން މުހައްމަދު އިމާދުއްދީން އާއި މަސްޖިދުލް ސުލްތާން ހަސަން އިއްޒުއްދީން އަދި މަސްޖިދުލް އަފީފުއްދީން އެވެ. އެއާއެކު އިސްލާމިކް މިނިސްޓްރީއިން ބުނެފައިވަނީ ރޭގައި އެ މިސްކިތްތައް ޑިސްއިންފެކްޓްކުރަން ފެށި ކަމަށެވެ. އަދި ޑިސްއިންފެކްޓްކުރުމަށްފަހު މިސްކިތްތަކުގައި ނަމާދުކުރަން ފަށާފައިވާ ކަމަށް މިނިސްޓްރީއިން ވަނީ ބުނެފައެވެ. އެގޮތުން […]

އޮކްސްފޯޑްގެ ވެކްސިން ކާމިޔާބުވާނެކަން ގާތްގަނޑަކަށް ޔަގީން ވެއްޖެ

ކޮވިޑް-19 އާ ދެކޮޅަށް އުފައްދަން މަސައްކަތްކުރާ ވެކްސިންތަކުގެ ތެރެއިން އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީން އުފައްދައި ތަޖްރިބާކުރަމުން ގެންދާ ވެކްސިން ކާމިޔާބުވާނެ ކަމުގެ ޔަގީންކަން ގާތްގަނޑަކަށް ލިބިއްޖެ ކަމަށް އެ ޔުނިވާސިޓީގެ ކަމާ ބެހޭ ސައެންސްވެރިންގެ ޓީމުން ބުނެފި އެވެ. އެޓީމުގެ ފަރާތުން ވާހަކަ ދެއްކެވި ސެއެންޓިސްޓެއް ކަމަށްވާ ޑރ. އެންޑްރޫ ޕޮލާޑް ބީބީސީ އަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ ”ChAdOx1 nCoV-19″ގެ ނަމުން ނަންދީފައިވާ އެވެކްސިން ކާމިޔާބުވާނެކަން ގާތްގަނޑަކަށް ކަށަވަރުވެގެން ދިޔައީ އެއީ އިންސާނުންގެ ހަށިގަނޑަށް ދޭން […]

(އޭއައިއޭ އަށް މާލީ އެހީތެރިކަން ހޯދަން އެދިނީ

ގަން އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު (އޭއައިއޭ) ކޮޅަށް ޖަހަން މާލީ އެހީތެރިކަން ހޯދަން އެދި ފިނޭންސް މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީގައި ދަންނަވަން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސް ކޮމެޓީން ހުށަހަޅައިފި އެވެ. އެސްއޯއީ ކޮމެޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ގަން އިންޓަނޭޝަނަލް އެއާޕޯޓާ ގުޅޭ ގިނަ ކަންކަން އަވަސްކޮށްދިނުމަށް އެދުމަށް އެ ކޮމެޓީގެ މެމްބަރުން ވަނީ ހުށަހަޅާފަ އެވެ. އެގޮތުން ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ދީދީ […]

ޓޫރިޒަމް ކުރިއަރުވަން ދޫކުރާ ބިމުގެ ކުލި ކުޑަކުރަނީ

ރާއްޖޭގެ އުތުރާއި ދެކުނުގައި ޓޫރިޒަމް ކުރިއަރުވަން، އެ ސަރަހައްދުތަކުގައި ޓޫރިޒަމަށް ދޫކުރާ ބިމުން ނަގާ ކުލި ކުޑަ ކުރަން ނިންމާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީއާ ހަވާލުވެވަޑައިގެން ހުންނެވި މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ. ޓޫރިޒަމް މިނިސްޓަރު ކަމުން އަލީ ވަހީދު އިސްތިއުފާ ދެއްވުމުން، މިހާރު އެ މިނިސްޓްރީގެ މަސައްކަތްތަކާ ހަވާލުވެވަޑައިގެން ހުންނެވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒެވެ. މިރޭ ކުރެއްވި ޓްވީޓެއްގައި ފައްޔާޒު ވިދާޅުވީ، ރާއްޖޭގެ އުތުރާއި ދެކުނުގައި ޓޫރިޒަމް ކުރިއެރުވުމުގެ ގޮތުން ނުވަ ސަރަހައްދަކުން ޓޫރިޒަމަށް […]

ކުވައިތުގެ އަމީރު ކުއްލި އޮޕަރޭޝަނެއް ކުރައްވައިފި

ކުވައިތުގެ އަމީރު ޝައިޚް ސަބާހުލްއަހްމަދުއްސަބާޙް އަށް ކުރިމަތިވި އާލާސްކަންފުޅަކާ ގުޅިގެން ކުއްލި އޮޕަރޭޝަނެއް ކުރައްވައިފި ކަމަށާ އެއޮޕަރޭޝަން ކާމިޔާބު ކަމަށް އެގައުމުގެ ސަރުކާރުން ބުނެފިއެވެ. ކުވައިތުގެ އަމީރުގެ އޮފީސް ”ދީވާނުއްޝުއޫނުލްއަމީރީ“ އިން ބުނީ އޮޕަރޭޝަނަށްފަހު އަމީރު ޝައިޚް ސަބާހުލްއަހްމަދުގެ ހާލުކޮޅު ރަނގަނޅުވެ ހަމައަކަށް އެޅިފައިވާ ކަމުގައެވެ. އަމީރުގެ އޮޕަރޭޝަން ކޮށްފައިވަނީ ކުވައިތުގެ ހޮސްޕިޓަލެއްގައި ކަމަށާ ދުނިޔޭގެ ގައުމުތަކުގެ ލީޑަރުންނާއި ކުވައިތުގެ އާންމު ރައްޔިތުންގެ ފަރާތުން އަމީރަށް ހަމްދަރުދީގެ މެސެޖްތައް ލިބެމުންދާކަމަށް ”ދީވާނުއްޝުއޫނުލްއަމީރީ“ ގެ ފަރާތުން ނެރުނު ބަޔާނެއް […]

ޔޮޓް ޓުއާސް އަށް 22.78 މިލިއަން ޑޮލަރު ދައްކަން އެލައިޑްގެ މައްޗަށް ހުކުމްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ މަސްލަހަތު އޮންނަ ޔޮޓް ޓުއާސް އަށް 22.78 މިލިއަން ޑޮލަރު (351 މިލިއަން ރުފިޔާ) ދައްކަން އެލައިޑް އިންޝުއަރެންސްގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ. ސިވިލް ކޯޓުން މިއަދު ކުރި ހުކުމުގައި ބުނީ ހއ. އަލިދޫ ރިސޯޓް، އެލައިޑް އިންޝުއަރެންސުގައި 2014ގައި އިންޝުއާކޮށްފައި ވަނިކޮށް އެ އަހަރު މޫސުން ގޯސްވެ، އެ ރިސޯޓްގެ މޫދު ކޮޓަރިތަކަކަށް ބޮޑެތި ގެއްލުންތަކެއްވި ކަމަށެވެ. އަދި އެއީ އެ ރިސޯޓުން […]

އެޗްއާރްސީއެމްގެ މެމްބަރު މޫސަ މަގާމުން އިސްތިއުފާ ދެއްވައިފި

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ މެމްބަރު މޫސާ އަލީ ކަލޭފާނު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. މެމްބަރު މޫސަ ކޮމިޝަނުން އިސްތިއުފާ ދެއްވިރު، ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ބުރާސްފަތި ދުވަހުގެރޭ ބޭއްވި ބައްދަލުވުމުގައި، އޭނާ މަގާމުން ވަކިކުރަން ވަނީ ނިންމައިފައެވެ. މޫސަ މަގާމުން އިސްތިއުފާ ދެއްވީ މަގާމުގެ މަސްއޫލިއްޔަތު މިނިވަންކަމާއި، މުސްތަގިއްލުކަމާއެކު އަދާކުރެވޭނެ މާހައުލެއް މިވަގުތު ނެތްކަމަށް ވިދާޅުވެއެވެ. ރައީސް ޔާމީންގެ ސަރުކާރުގައި، މޫސާ އަލީ ކަލޭފާނު އެޗްއާރުސީއެމްގެ […]

ޝިޕިން އެޖެންޓުންނަށް ވެވޭނީ ޓްރާންސްޕޯޓުގައި ރެޖިސްޓްރީ ވެގެން

ރާއްޖޭގައި ޝިޕިން އެޖެންޓުންގެ ގޮތުގައި ވެވޭނީ މޯލްޑިވްސް ޓްރާންސްޕޯޓު އޮތޯރިޓީގައި ރެޖިސްޓްރީ ވެގެން ކަމަށް ބުނާ ގަވައިދެއް އެކުލަވާލައިފި އެވެ. ޓްރާންސްޕޯޓު އޮތޯރިޓީ އިން އެކުލަވާލާ އާންމު ކުރި ގަވައިދުގައި ބުނީ ރާއްޖޭގައި ޝިޕިން އޭޖެންސީގެ ހިދުމަތް ދެވޭނީ، މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަމަށް ކަމަށެވެ. ޝިޕިން އޭޖެންސީއެއްގެ ގޮތުގައި ރަޖިސްޓަރީ ކޮށްދެވޭނީ، ކުންފުންޏާބެހޭ ގާނޫނުގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކުގެ ތެރެއިން ކުންފުނީގެ މަގުސަދުގެ ތެރޭގައި ހިމެނޭ ކުންފުނިތައް ކަމަށް އެ ގަވައިދުގައި ބުނެފައިވެ އެވެ. […]