އެޗްއާރްސީއެމްގެ މެމްބަރު މޫސަ މަގާމުން އިސްތިއުފާ ދެއްވައިފި

Loading

Facebook
Twitter
WhatsApp

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ މެމްބަރު މޫސާ އަލީ ކަލޭފާނު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

މެމްބަރު މޫސަ ކޮމިޝަނުން އިސްތިއުފާ ދެއްވިރު، ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ބުރާސްފަތި ދުވަހުގެރޭ ބޭއްވި ބައްދަލުވުމުގައި، އޭނާ މަގާމުން ވަކިކުރަން ވަނީ ނިންމައިފައެވެ.

މޫސަ މަގާމުން އިސްތިއުފާ ދެއްވީ މަގާމުގެ މަސްއޫލިއްޔަތު މިނިވަންކަމާއި، މުސްތަގިއްލުކަމާއެކު އަދާކުރެވޭނެ މާހައުލެއް މިވަގުތު ނެތްކަމަށް ވިދާޅުވެއެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި، މޫސާ އަލީ ކަލޭފާނު އެޗްއާރުސީއެމްގެ މެމްބަރުކަމަށް އައްޔަން ކުރީ 2015 އޯގަސްޓް 27 ވަނަ ދުވަހުގައެވެ.

އޭނާ މަގާމުން ވަކިކުރުމުގެ މައްސަލަ މަޖިލީހުގެ ކޮމިޓީން ކުރިއަށް ގެންދަން ނިންމީ އޭނާގެ މައްޗަށް ކުރެވޭ ހިޔާނާތުގެ ތުހުމަތަކާ ގުޅިގެންނެވެ.

މޫސާ އަލީ ކަލޭފާނުގެ މައްޗަށް ކުރެވެނީ، އޭނާ 2007 އިން 2010 އަށް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުގެ ޑިރެކްޓަރު ޖެނެރަލްކަމުގެ މަގާމުގައި ހުންނަވަނިކޮށް، އެ ސެންޓަރުގެ 1.4 މިލިއަން ރުފިޔާއަށް ހިޔާނާތްތެރި ކަމަށް ބުނާ މައްސަލައެވެ. އެ މައްސަލައިގައި އޭނާއާއެކު އިތުރު އަށް ބޭފަޅަކަށް ދައުވާ ކުރުމަށްވެސް ފޮނުވިއެވެ. އެ މައްސަލައިގައި 2013 ވަނަ އަހަރުގެ ކުރީކޮޅު އޭނާ ހައްޔަރުވެސް ކުރި އެވެ.

ހިއުމަން ރައިޓްސް ކޮމިޝަނުގެ މެމްބަރުން ވަކިކުރުމުގެ މަސައްކަތް ކޮމެޓީން ކުރިއަށް ގެންދަނިކޮށް، ކޮމިޝަންގެ ރައީސް އައިމިނަތު އީނާސް އަދި އެ ކޮމިޝަނުގެ މެމްބަރު އާއިޝަތު އަފްރީން މުހައްމަދު ވެސް ވަނީ އިސްތިއުފާ ދެއްވައިފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް