ޕްރޮސްކިއުޓަރުންގެ ސިޓީއެއް ރައީސަށް

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ އެންމެ ފުނަށް ގޮސް، އިންސާފު ގާއިމްކުރުމަށް އެކަށީގެންވާ މާހައުލެއް ނެތް ކަމަށް ބުނެ، އެ މައްސަލަ ރަނގަޅަށް ބަލައި އިންސާފު ހޯދައިދެވޭނޭ މާހައުލެއް ގާއިމްކޮށް ދިނުމަށް އެ މައްސަލައިގެ ތަހުގީގު ޓީމުގައި ހިމެނޭ ދައުލަތުގެ ޕްރޮސިކިއުޓަރުންގެ ޓީމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުގައި ދަންނަވައިފި އެވެ. އެސެޓް ރިކަވަރީ ކޮމިޝަނާއި އޭސީސީ، ފުލުހުން ގުޅިގެން ހިންގާ އެ ތަހުގީގުގައި ޕީޖީގެ އޮފީހުގެ ފަރާތުން ހަރަކާތްތެރިވާ ޕްރޮސިކިއުޓަރުންގެ ޓީމުން ސޮއިކޮށް އިއްޔެ ރައީސް ސޯލިހުއަށް […]
އެމްޓީސީސީގެ ބޯޑަށް ބޭފުޅަކު އައްޔަން ކޮށްފި

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނު ކުރައްވައިފި އެވެ. ޕްރައިވަޓައިޒޭޝަން ބޯޑުން، އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަނު ކޮށްފައި ވަނީ މުހައްމަދު ފަރީދު، ރޭވަވިލާ، ފ. ފީއަލީ އެވެ. އޭނާ ބޯޑަށް އައްޔަނު ކޮށްފައި ވަނީ ނަން އެގްޒެކެޓިވް ޑިރެކްޓަރެއްގެ ގޮތުގައެވެ. އެމްޓީސީސީ ގެ ބޯޑު ޑިރެކްޓަރުންގެ ތެރޭ ދެން ހިމެނެނީ މުހައްމަދު ފަހީމް – ޗެއާމަން އާދަމް އާޒިމް – ސީއީއޯ ޝާހިދު ހުސެން މޫސާ – ސީއޯއޯ […]
ޓްރަމްޕްގެ ކެންޕެއިން މެނޭޖަރު ބަދަލު ކުރައްވައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އޭނާގެ ކެންޕޭން މެނޭޖަރު ބްރާޑް ޕާސްކޭލް މަގާމުން ދުރުކޮށް ބިލް ސްޓެޕިއެން އެމަގާމަށް އައްޔަން ކުރައްވައިފި އެވެ. ސްޓެޕިއެން މިހާތަނަށް ހުންނެވީ ކެންޕޭން މެނޭޖަރުގެ ނައިބުގެ މަގާމުގައެވެ. ޓްރަމްޕް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޕާސްކޭލްގެ ބަދަލުގައި ކެންޕޭން މެނޭޖަރަކަށް ސްޓެޕިއެން ހަމަޖައްސާފައިވާ ކަމަށާއި މިއީ ސްޓެޕިއެން އަށް ދިން ޕްރޮމޯޝަނެއް ކަމުގަ އެވެ. މިބަދަލު ގެނައިކަމަށް ވިޔަސް ޓްރަމްޕްގެ ކެންޕޭން ޓީމުގެ އިސް ސަފުގައި ޕާސްކޭލް އަދި ވެސް ދެމިހުންނަވާނެކަން ޓްރަމްޕް […]
ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މައްޗަށް ދައުވާއެއް އުފުލައިފި

ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަހުމަދު ސޯލިހުގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ އުފުލައިފި އެވެ. ޑރ. ސޯލިހުގެ މައްޗަށް ދައުވާކޮށްފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ރިޔާސީ ކޮމިޝަނެއް ކަމަށްވާ އެސެޓް ރިކަރަވީ ކޮމިޝަނުން ވަކި ރަށްތަކަކާ ގުޅޭ ތަހުގީގު ކުރިއަށް ގެންދާކަން އަންގާފައިވަނިކޮށް އެ މައުލޫމާތު އެނގިހުރެ، އެފަދަ ތަހުގީގެއް ކުރިއަށް ނުދާ ކަމަށް ބުނެ ދެ ފަރާތަކަށް ސިޓީ ފޮނުވުމާއި އިތުރު ފަޅެއްގެ ސަބް […]
ސީވީއެފްގެ ތީމެޓިކް އެމްބެސެޑަރު ކަމަށް ރައީސް މުހައްމަދު ނަޝީދު

މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ޝިކާރައަކަށްވެފައިވާ 48 ގައުމު ހިމެނޭގޮތަށް އުފައްދާފައިވާ، ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް)ގެ ”ތީމެޓިކް އެމްބެސެޑަރު“ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އައްޔަންކުރައްވައިފިއެވެ. މަޖިލީހުގެ އިދާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ބަނީ ތީމެޓިކް އެމްބެސެޑަރުގެ މަގާމަށް މަޖިލިސް ރައީސް އައްޔަންކުރެއްވިކަން އަންގާފައި ވަނީ ސީވީއެފްގެ މި ދައުރުގެ ރިޔާސަތު ބަލަހައްޓަވާ ބަންގްލަދޭޝްގެ ހާރިޖީ ވަޒީރު ޑރ. އޭކޭ އަބްދުލްމޯމެން، މަޖިލީހުގެ ރައީސަށް ފޮނުއްވި ސިޓީއެއްގައި ކަމަށެވެ. ސީވީއެފްގެ […]
އަދީބުގެ ޕާސްޕޯޓު ހިފަހައްޓައި ފުރުން މަނާ ކޮށްފި

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ދައުލަތުން އުފުލި ހަތް ދައުވާ ކްރިމިނަލް ކޯޓުން މިއަދު ބޭރުކޮށްލުމާއެކު މިނިވަންވި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލްޣަފޫރުގެ ޕާސްޕޯޓު ހިފަހައްޓައިފިއެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަދީބުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރު ކްރިމިނަލް ކޯޓުން ނެރުނީ މިރޭ ކަމަށެވެ. ފުލުހުން ވިދާޅުވީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިންގާފައިވާ ޖިނާއީކުށްތަކާއި ގުޅޭގޮތުން ކްރިމަނަލް ކޯޓުގައި އުފުލިފައިވާ ދައުވާތައް މިއަދު ބާތިލުކުރުމުން އެމައްސަލަ ދައުލަތުގެ ފަރާތުން އިސްތިއުނާފުކުރުމަށްޓަކައި އެމައްސަލައިގައި ހިމެނޭ ކުރީގެ ނައިބު ރައީސް […]
އަދީބު ރާއްޖެއިން ފުރައިގެން ދިޔުން ހުއްޓުވުމުގެ އަމުރަކަށް އެދެނީ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ރާއްޖެއިން ފުރައިގެން ދިޔުން ހުއްޓުވުމުގެ އަމުރަކަށް އެދޭނެ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް ހުސެން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ. މިއަދު ކްރިމިނަލް ކޯޓުން ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމާފައެވެ. އަދީބު މިނިވަން ވުމުން، ޕީޖީއިން ވަނީ މި މައްސަލަ އިސްތިއުނާފު ކުރުމަށް ނިންމަވާފައެވެ. މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕީޖީ ޝަމީމް ވިދާޅުވީ، އަދީބު […]
ގާޒީ ބާރީ މާލީ ބަޔާނަށް މަކަރުހެދި ކަމުގެ ތުހުމަތުކޮށްފި

ޖުވެނައިލް ކޯޓުގެ ގާޒީ، އަބްދުލް ބާރީ ޔޫސުފް، މާލީ ބަޔާނަށް މަކަރު ހެދި މައްސަލައެއް ބަލަން ނިންމައިފިއެވެ. ޖުޑީޝަލް ސާވިސް ކޮމިޝަނުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ގާޒީ ބާރީ، ވިޔަފާރި ކުރުމުގައި އަމަލީގޮތުން ބައިވެރިވުމާއި، އެ ވިޔަފާރިން މަންފާލިބި، އެކަން މާލީ ބަޔާނުގައި ހާމަކޮށްފައި ނުވާކަމުގެ މައްސަލަ އެއް ތަހުގީގު ކުރުމަށް މިދިޔަ ބުދަ ދުވަހު ބޭއްވި އެ ކޮމިޝަނުގެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ. އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާއިން މާލީ މަންފާ ލިބިފައިވާ ކަމަށް ތުހުމަތުވާ […]
ނެލްސަން މަންޑޭލާގެ އަންހެން ދަރިފުޅު ޒިންޒީ އަވަހާރަވެއްޖެ

ދެކުނު އެފްރިކާގެ ކުރީގެ ރައީސް ނެލްސަން މަންޑޭލާގެ އަންހެން ދަރިފުޅު، ޒިންޒީ މަންޑޭލާ 59 އަހަރުގައި އަވަހާރަ ވެއްޖެއެވެ. ސައުތު އެފްރިކަން ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެސްއޭބީސީ) އިން ހާމަ ކޮށްފައިވާ ގޮތުގައި ދެކުނު އެފްރިކާއިން ޑެމްނާކަށް ކަނޑައަޅާފައިވާ ސަފީރު، ޒިންޒީ އަވަހާރަވެފައިވަނީ ޖޮހަންސްބާގްގެ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް އާދިއްތަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. ޒިންޒީގެ އަވަހާރަވުމާއި ގުޅިގެން އިތުރު އެއްވެސް މައުލޫމާތެއް އެ މީޑިއާ އިން އަދި ނެލްސަން މަންޑޭލާގެ ފައުންޑޭޝަނުންވެސް ވަކި އެއްޗެކޭ ހާމަ […]
އަރަބިންނަށް ރާއްޖެ އިޝްތިހާރު ކުރުމަށް ޑރ. ޝަހީމް މަސައްކަތް ފައްޓަވަނީ

އަރަބި ގައުމުތަކަށް ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް އިޝްތިހާރު ކުރުމަށް ފުރަތަމަ ފަހަރަށް އަރަބި ވެބްސައިޓެއް ތައާރަފުކޮށް ސޯޝަލް މީޑިއާގެ އެކި ވަސީލަތްތައް ބޭނުންކޮށްގެން ރާއްޖެ އިޝްތިހާރު ކުރުމުގެ މަސައްކަތްތަކެއް ފެށުމަށް ތައްޔާރުވެއްޖެ އެވެ. ރާއްޖޭގެ ފުރަތަމަ އަރަބި ވެބްސައިޓުގެ ގޮތުގައި މާލްދީފް.ކޮމް ތައާރަފުކުރުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހުގައެވެ. ވެބްސައިޓްގެ އިތުރުން ސޯޝަލް މީޑިއާގެ ހުރިހާ ވަސީލަތްތަކެއްގައިވެސް އެ އަރަބި ޕްލެޓްފޯމް އިފްތިތާހުކުރުމަށް ވަނީ ނިންމާފައެވެ. ޑރ. ޝަހީމް ވިދާޅުވީ ރާއްޖޭގައި މިހާތަނަށް އަރަބި ބަހުން ޚާއްސަ ސޯޝަލް […]