މާލީ ބަޔާން ތައްޔާރުކޮށް ހުށަހަޅާ އުސޫލު އާންމުކޮށްފި

ގާނޫނު އަސާސީން މާލީ ބަޔާން ތައްޔާރުކޮށް އޮޑިޓާ ޖެނެރަލަށް ހުށަހެޅުން ލާޒިމުކޮށްފައިވާ ފަރާތްތަކުގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި ވިޔަފާރީގެ މަސްލަހަތުތަކާއި އަރަންޏާއި ދަރަނީގެ މައުލޫމާތު އޮޑިޓާ ޖެނެރަލަށް ހާމަކުރުމުގެ އުސޫލު އާންމުކޮށްފިއެވެ. އެ އުސޫލު އެކުލަވާލާފައި ވަނީ އޮޑިޓާ ޖެނެރަލަށް މާލީ ބަޔާން ހުށަހަޅަންޖެހޭ ފަރާތްތަކުން އަމަލުކުރަން ޖެހޭގޮތް ބަޔާންކުރުމަށެވެ. މީގެ އިތުރުން މާލީ ބަޔާން ބައިލައިގަތުމާއި ބެލެހެއްޓުމުގައި އޮޑިޓާ ޖެނެރަލްގެ އޮފީހުން އަމަލުކުރާނެ ގޮތާއި، މާލީ ބަޔާން ހުށަހަޅަންޖެހޭ ފަރާތްތަކުން އަމަލުކުރާ ގޮތާމެދު އޮޑިޓާ […]

އީނާސް އިސްތިއުފާ ދިނުމަކުން އަދި މައްސަލަ ނިމިގެން ނުވާނެ: މެމްބަރު ސިރާޖު

ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)ގެ ރައީސްކަމުން އިސްތިއުފާދެއްވި އައިމިނަތު އީނާސްގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަން ފުލުހުންނަށް އަންގަވަން، ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމްގެ ކިބައިން އެދިވަޑައިގެންފިއެވެ. މިއަދު ކުރެއްވި ޓުވީޓެއްގައި މެމްބަރު ސިރާޖު ވިދާޅުވީ، ޖަވާބުދާރީވުމަށް އޭނާ މަޖިލީހަށް ހާޒިރުވުމަށް އަންގާފަައިވަނިކޮށް އިސްތިއުފާ ދިނުމަކުން އަދި މައްސަލަ ނިމިގެން ނުވާނެ ކަމަށެވެ. އަދި، އީނާސްގެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ މައްޗަށް އަމުރުކޮށްދެއްވުމަށް ޕީޖީ ހުސައިން […]

ޓްރަމްޕް މާސްކް އެޅުއްވުމުން ބައިޑެން ޖޯކު ޖައްސަވައިފި

ކޮވިޑް-19 ކޮންޓްރޯލް ކުރަން އަޅަންޖެހޭ ސިއްޙީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ތަކުރާރުކޮށް ދެކޮޅު ހެއްދެވުމަށްފަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މާސްކް އެޅުއްވުމުން ޓްރަމްޕްގެ އިންތިޚާބީ ވާދަވެރިޔާ ޖޯ ބައިޑެން ޓްރަމްޕަށް ފާޑުވިދާޅުވެއްޖެއެވެ. ޓްރަމްޕަށް ޖޯކު ޖައްސަވަމުން ބައިޑެންގެ ތަރްޖަމާން އެންޑްރީ ޕީޓްސް ވިދާޅުވީ، ކޮވިޑް-19 ކޮންޓްރޯލް ކުރަން އަޅަންޖެހޭ ސިއްޙީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ފާއިތުވި 4 މަސްތެރޭގައި ދެކޮޅު ހައްދަވައި ސިއްހީ މާހިރުންގެ ނަސީހަތްތައް ބޮލާލާ ޖެހުމަށްފަހު އެންމެފަހުން މާސްކް އަޅުއްވަން ޓްރަމްޕް ނިންމެވީ […]

އަޑީ ދައުލަތުގެ ހަގީގަތް ހޯދަން މަޖިލީޙަށް ހުށައެޅީ މަރުގެ އިންޒާރު ލިބެމުންދާތީ: ޖާބިރު

ރައްޔިތުންގެ މަޖިލީހުގެ ކަށިދޫ ދާއިރާގެ މެންބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރަށް މަރުގެ އިންޒާރު ލިބެމުންދާ ކަމަށް ބުނެ ’އަޑީދައުލަތުގެ‘ ހަގީގަތް ހޯދުމަށް ކުއްލި މައްސަލައެއް މަޖިލީހަށް ހުށަހަޅުއްވައިފި އެވެ. ޖާބިރު ހުށަހެޅުއްވި އެ ކުއްލި މައްސަލައިގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާ ’އަޑީ ދައުލަތު’ގެ ބާރު ރާއްޖޭގައި ވަކިހިތްޕަމުންދާ ކަމަށެވެ. އެގޮތުން، ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހިމް […]

ކޮވިޑް ކޮންޓްރޯލްނުވެ ދިގުލާނަމަ ގައުމުތައް ސިއްހީގޮތުންނާއި އިގްތިސާދީގޮތުން އިނދަޖެހިދާނެ: ޑަބްލިޔުއެޗްއޯ

މިއަހަރުގެ ކުރީކޮޅަށްވުރެ ކޮވިޑް-19 މިހާރު ފެތުރެމުންދާ ވަރު މިހާރު މާ ބޮޑުކަމަށާ އެރޯގާ ކޮންޓްރޯލްނުވެ ދިގުލައިގެންދާނަމަ އިގްތިސާދީ ގޮތުންނާއި ސިއްޙީ ގޮތުން ގައުމުތައް އިނދަ ޖެހޭ ހިސާބަށް ކަންތައް ދިޔުމުގެ ބިރު އެބައޮތްކަމަށް ދުނިޔޭގެ ސިއްހަތާބެހޭ ޖަމްޢިއްޔާ (ޑަބްލިޔޫއެޗްއޯ) އިން ބުނެފިއެވެ. އެ ޖަމްއިއްޔާގެ ވެރިޔާ އަދި ޑައިރެކްޓާ ޖެނެރަލް ޑރ. ޓެޑްރޮސް އަދަނޮމް ގެބްރިއެސުސް ވިދާޅުވީ ބައެއް ގައުމުތަކުން ކޮވިޑް-19 ކޮންޓްރޯލް ކުރުމުގައި ކާމިޔާބު ހޯދިނަމަވެސް އަނެއްބައި ގައުމުތަކުގައި ކޮންޓްރޯލްނުވެ އިތުރަށް ފެތުރެމުންދަނީ ބިރުވެރި މިންވަރަކަށް […]

ތައުލީމުގެ ބިލަށް ހިޔާލު ހޯދުމުގެ ބައްދަލުވުން ބާއްވަން ތާވަލުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގައި ދިރާސާކުރަމުން އަންނަ ތައުލީމުގެ ބިލަށް ހިޔާލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބައްދަލުވުމެއް ބާއްވަން ތާވަލުކޮށްފިއެވެ. މަޖިލީހުން ބުނީ ތައުލީމުގެ ބިލަށް ހިޔާލު ހޯދަން ބާއްވާ ބައްދަލުވުން އޮންނާނީ މާދަމާ ރޭ 20:30 ގައި މަޖިލީހުގެ އިދާރާގެ އާ އިމާރާތުގެ ހަތަރުވަނަ ފަންގިފިލާގައި ކަމަށެވެ. މަޝްވަރާ ބައްދަލުވުމުގައި ޕެނަލިސްޓުންގެ ގޮތުގައި ބައިވެރިވާނީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އާއި، ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު މުމްތާޒް، […]

ސަފާރީ ރޭޕް ކޭސް ރިޕޯޓްކުރި ގޮތުގެ މައްސަލަ ބަލަން އެކުލަވާލި ކޮމިޓީ އިސްތިއުފާ ދީފި

ފޮޓޯ: ވަން އޮންލައިން

ހުޅުމާލެ ފަޅުގައި އޮތް ސަފާރީއެއްގައި ދެ ފިރިހެނަކުވެގެން ކެންޔާ އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލަ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތް ބަލަން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އިން އެކުލަވާލި ކޮމިޓީގައި ހިމެނޭ ތިން މެންބަރުން އިސްތިއުފާ ދީފިއެވެ. އެ ކޮމިޓީގައި ހިމެނޭ އެމްއެމްސީގެ ތިން މެންބަރުން ކަމަށްވާ އަޒްމީ އަލީ (މުގައްރިރު) އަހުމަދު ނާއިފް އަދި މުހައްމަދު ޔާމީން އިބްރާހިމް ކޮމިޓީއިން އިސްތިއުފާ ދެއްވީ ކޮމިޓީގެ ނިންމުމަށް އެމްއެމްސީގެ ރައީސް ހިދާޔަތުﷲ ނުފޫޒު ފޯރުވަން […]

މީޑިއާތައް ޖޫރިމަނާކުރުމާއި، ސަފާރީ ރޭޕް ކޭސްއާ އެއްވެސް ގުޅުމެއް ނެތް: ރޮޒައިނާ

މީޑިއާތައް ޖޫރިމަނާ ކުރެވޭ ގޮތަށް ގަވައިދު ހަދަން އެންގީ ސަފާރީ ރޭޕް ކޭސްގެ މައްސަލައާ ގުޅިގެން ނޫން ކަމަށް މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީންގެ މުގައްރަރު، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ. ރައްޔިތުންގެ މަޖިލީހުން މީޑިއާ ކައުންސިލް (އެމްއެމްސީ) އަށް ފޮނުވި ސިޓީގައި އެދިފައިވަނީ މީޑިއާގެ ހަމަތަކާއި އަހުލާގީ މިންގަނޑާ ހިލާފަށް އަމަލު ކުރާ މީޑިއާތަކާ މެދު ގާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅޭނެ އިޖުރާއަތްތައް ބަޔާން ކުރާ ގަވާއިދު އެކުލަވާލައި […]

ދުންފަތާއި ރަލުން ޑިއުޓީ ކުޑަނުކުރަން ނިންމައިފި

ފޮޓޯ: ރާއްޖެ އެމްވީ

ދުންފަތާއި ރަލުން ޑިއުޓީ ކުޑަ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީން އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް ގެނައި އިސްލާހު އުނިކުރުމަށް އިސްލާހު ހުށަަހަޅައިފި އެވެ. އައްޑޫ ސިޓީއާއި ކުޅުދުއްފުށީގައި ގާއިމް ކޮށްފައިވާ ޕޯޓުތަކަށް ގެންނަ ބައެއް ތަކެތިން 50 ޕަސަންޓް ޑިއުޓީ ކަނޑާލުމަށް މަޖިލީހުގެ މުޅި ކޮމިޓީން ފާސް ކުރީ މިދިޔަ އަންގާރަ ދުވަހުއެވެ. ޑިއުޓީ ކަނޑާލާ ބައެއް ތަކެތީގެ ތެރޭގައި ދުންފަތުގެ ބާވަތްތަކާއި ރަލުގެ ބާވަތްތައްވެސް ހިމެނެއެވެ. ޑިއުޓީ ކަނޑާލާ ބާވަތްތަކުގައި ދުންފަތް ހިމެނުމުން، […]

ބިދޭސީން އާޓިފިޝަލް ބީޗުގައި ކުރި މުޒާހަރާއެއް ފުލުހުން ހުއްޓުވައިފި

މާލޭގެ އާޓިފިޝަލް ބީޗް ސަރަހައްދަށް ގިނަ އަދަދެއްގެ ބިދޭސީން އެއްވެ އަޑު އުފުލަމުން ދަނިކޮށް ފުލުހުން އެ މީހުން ފައްސާލައިފި އެވެ. އެނގިފައިވާ ގޮތުގައި 200 އެއްހާ ބިދޭސީން މިއަދު ހަވީރު އާޓިފިޝަލް ބީޗަށް އެއްވެފައިވަނީ އެ މީހުނަށް މުސާރަ ނުދީ އެތައް މަސްތަކެއްވުމާއި އެ މީހުން އަނބުރާ ގައުމަށް ދިއުމަށް ހުރަސްތަކެއް ހުރުމުންނެވެ. އެއްވި ބިދޭސީންގެ ތެރޭގައި އެކި ކުންފުނިތަކަށް ނިސްބަތްވާ ބިދޭސީންގެ އިތުރުން ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުން އަންނަ ބިދޭސީން ވެސް ހިމެނެވެ. […]