ސަފާރީ ރޭޕް ކޭސް ރިޕޯޓްކުރި ގޮތުގެ މައްސަލަ ބަލަން އެކުލަވާލި ކޮމިޓީ އިސްތިއުފާ ދީފި

Loading

Facebook
Twitter
WhatsApp
ފޮޓޯ: ވަން އޮންލައިން

ހުޅުމާލެ ފަޅުގައި އޮތް ސަފާރީއެއްގައި ދެ ފިރިހެނަކުވެގެން ކެންޔާ އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލަ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތް ބަލަން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އިން އެކުލަވާލި ކޮމިޓީގައި ހިމެނޭ ތިން މެންބަރުން އިސްތިއުފާ ދީފިއެވެ.

އެ ކޮމިޓީގައި ހިމެނޭ އެމްއެމްސީގެ ތިން މެންބަރުން ކަމަށްވާ އަޒްމީ އަލީ (މުގައްރިރު) އަހުމަދު ނާއިފް އަދި މުހައްމަދު ޔާމީން އިބްރާހިމް ކޮމިޓީއިން އިސްތިއުފާ ދެއްވީ ކޮމިޓީގެ ނިންމުމަށް އެމްއެމްސީގެ ރައީސް ހިދާޔަތުﷲ ނުފޫޒު ފޯރުވަން މަސައްކަތް ކުރެއްވި ކަމަށް ބުނެއެވެ.

ކޮމިޓީގެ މުގައްރިރު އަޒްމީ އަލީގެ ސިޓީގައި ފޮނުވި ސިޓީގައި ބުނެފައި ވަނީ، ކޮމިޓީއަށް ނުފޫޒު ފޯރުވައި، ކޮމިޓީގެ ނިންމުން ބަދަލުކުރަން ކައުންސިލުގެ ރައީސް މަސައްކަތް ކުރި ކަމަށް ގަބޫލު ކުރެވޭތީ ކަމަށެވެ. އަދި މީޑީއާ ކައުންސިލުގެ ރައީސް ހިދާޔަތުﷲ، އަޒްމީއާއި މައްސަލަ ބަލާ ކޮމިޓީގައި ހިމެނޭ އެހެން މެމްބަރެއްގެ ގޯސް ވާހަކަ ދެން ހުންނެވި މެމްބަރު ގާތުގައި ދެއްކިކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށްވެސް އަޒްމީގެ ސިޓީގައިވެއެވެ. އަޒްމީގެ ސިޓީގައި ވަނީ އެއީ ކޮމިޓީގެ އެއް މެމްބަރަކު އަނެއް މެމްބަރާ ދެމެދު މައްސަލަ ޖައްސަން ހިދާޔަތުﷲ ކުރެއްވި ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށެެވެ.

ސަފާރީގައި ހިނގާ ދިޔަ ޖިންސީ ގޯނާގެ މައްސަލަ ހޫނުވެ، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އެ މައްސަލައިގެ މައުލޫމާތު އެއްކުރަން ފެށިއެވެ. އަދި ސަފާރީ ކޭސްގެ ހަބަރުތައް ގެނެސްދިން މިޑިއާތަކުން ހަގީގަތާ ހިލާފު މައުލޫމާތެއް ފެތުރިތޯ ބެލުމަށާއި ހަދާ ގަވައިދަކުން މީޑިއާތައް 2.000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ގޮތް ހެދުމަށް މީޑިއާ ކައުންސިލަށް މި މަހުގެ އެއްވަނަ ދުވަހު ވަނީ އަމުރުކޮށްފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް