ޓްރަމްޕް މާސްކް އެޅުއްވުމުން ބައިޑެން ޖޯކު ޖައްސަވައިފި

Loading

Facebook
Twitter
WhatsApp
President Donald Trump wears a face mask as he walks down a hallway during a visit to Walter Reed National Military Medical Center in Bethesda, Md., Saturday, July 11, 2020. (AP Photo/Patrick Semansky)

ކޮވިޑް-19 ކޮންޓްރޯލް ކުރަން އަޅަންޖެހޭ ސިއްޙީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ތަކުރާރުކޮށް ދެކޮޅު ހެއްދެވުމަށްފަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މާސްކް އެޅުއްވުމުން ޓްރަމްޕްގެ އިންތިޚާބީ ވާދަވެރިޔާ ޖޯ ބައިޑެން ޓްރަމްޕަށް ފާޑުވިދާޅުވެއްޖެއެވެ.

ޓްރަމްޕަށް ޖޯކު ޖައްސަވަމުން ބައިޑެންގެ ތަރްޖަމާން އެންޑްރީ ޕީޓްސް ވިދާޅުވީ، ކޮވިޑް-19 ކޮންޓްރޯލް ކުރަން އަޅަންޖެހޭ ސިއްޙީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ފާއިތުވި 4 މަސްތެރޭގައި ދެކޮޅު ހައްދަވައި ސިއްހީ މާހިރުންގެ ނަސީހަތްތައް ބޮލާލާ ޖެހުމަށްފަހު އެންމެފަހުން މާސްކް އަޅުއްވަން ޓްރަމްޕް ނިންމެވީ ކޮންމަގްސަދެއްގައިކަން ނޭންގޭ ކަމުގައެވެ.

ޓްރަމްޕަކީ ކޮވިޑް ރޯގާވެސް ސިޔާސީ ކުރައްވައި އެމެރިކާގެ އާންމު ރައްޔިތުންގެ މެދުގައި ބައިބައިވުން އުފައްދައި ގައުމު ގަޑުބަޑު ކުރަން މަސައްކަތްކުރައްވައި ކޮވިޑް ކޮންޓްރޯލް ކުރުމާ ދެކޮޅަށް މަސައްކަތް ކުރައްވާ ބޭފުޅެއްކަމަށްވެސް ޖޯ ބައިޑެންގެ ތަރްޖަމާނު ވިދާޅުވިއެވެ.

ޓްރަމްޕް އިއްޔެވަނީ އެމެރިކާގެ އަސްކަރީ ހޮސްޕިޓަލެއް ކަމަށްވާ ވޯލްޓާ ރީޑް ހޮސްޕިޓަލަށް މާސްކް އަޅުއްވައިގެން ވަޑައިގެން އެތަނުން ފަރުވާހޯދާ އެމެރިކާ ސިފައިންނާއި ބައްދަލުކުރައްވައި އެމީހުންގެ ހާލު ބައްލަވާލައްވާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް