ޓޫރިޒަމް މިނިސްޓްރީގެ ސީނިޔާ ޕޮލިސީ ޑިރެކްޓަރުވެސް މަގާމުން ވަކިކޮށްފި

ޓޫރިޒަމް މިނިސްޓްރީގެ ސީނިޔާ ޕޮލިސީ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ހައްސާން ފުއާދުވެސް މަގާމުން ވަކިކޮށްފިއެވެ. ހައްސާން މަގާމުން ވަކިކޮށްފައި މިވަނީ ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރައިގެ އަމަލުތަކެއް ކުރީގެ މިނިސްޓަރު އަލީ ވަހީދު ހިންގަވާފައިވާ ކަމުގެ ޝަކުވާ އިއްޔެ ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުއްވުމުން، އޭނާ މިއަދު މަގާމުން ވަކިކޮށްފައި ވަނިކޮށެވެ. ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު މިއަދު އޮންލައިން ނޫހަކަށް މައުލޫމާތު ދެމުން ވިދާޅުވީ، ހައްސާން ވަކިކުރީ މިނިސްޓަރު އަލީ ވަހީދުވެސް ވަކިކުރި މައްސަލައާ ގުޅިގެން […]

ކައިވެންޏާ ވަރިއާ ގުޅޭ މައުލޫމާތުތައް ޑިޖިޓަލައިޒްކުރަން ނިންމައިފި

ކައިވެނި އަދި ވަރީގެ މައުލޫމާތުތައް އޮންލައިންކޮށް ބެލެހެއްޓޭނެ ނިޒާމެއް ގާއިމް ކުރުމުގެ މަޝްވަރާތައް ފަށައިފި ކަމަށް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން ބުނެފިއެވެ. އެގޮތުން ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް މިއަދު ވަނީ ޑިޕާޓްމަންޓް އޮފް ޖުޑީޝިއަލް އެޑްމިނިސްޓްރޭޝަން (ޑީޖީއޭ)ގެ އެޑްމިނިސްޓްރޭޓަރު ޑރ. އަބްދުﷲ ނަޒީރުއާ ބައްދަލުކުރައްވައި އެކަމާ ގުޅޭ މަޝްވަރާތައް ކުރައްވައިފައެވެ. އޮންލައިންކޮށް ބޭއްވި އެ ބައްދަލުވުމުގައި މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލީ ސާލިހު އާއި އެންސީއައިޓީގެ އިސްވެރިންނާއި، ޑީޖީއޭގެ އިސް މުވައްޒަފުންވެސް […]

ބ. ފެހެންދޫގެ ދަރިވަރުންނަށް އިންޑިއާގެ އިން ހަދިޔާކުރި ފެރީ ސަރުކާރާ ހަވާލުކޮށްފި

ފޮޓޯ: ފޮރިން މިނިސްޓްރީ

ބ. ފެހެންދޫގެ ދަރިވަރުންނަށް އިންޑިއާގެ ސަރުކާރުން ހަދިޔާކުރި ފެރީ ދިވެހި ސަރުކާރާ ހަވާލުކޮށްފިއެވެ. މިއަދު ހަވީރު އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ލޯންޗް ހަދިޔާކޮށްދެއްވީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރުއެވެ. އެ ލޯންޗް ޑިޒައިންކޮށް އުފައްދާފައިވަނީ އިންޑިއާއިން ރާއްޖެއަށް ދިން 2.5 މިލިއަން ރުފިޔާގެ ގްރާންޓް އެހީގެ ދަށުން، އެގައުމުންނެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ ލޯންޗްގައި 30 ދަރިވަރުންގެ ޖާގަ އޮންނަ ކަަމަށެވެެ. ފެހެންދޫއަކީ ވަަރަށް ކުޑަކުޑަ އާބާދީއެއް އޮންނަ […]

ކޮވިޑް-19ގެ ސަބަބުން އެމެރިކާ އިން އިތުރު 993 މީހަކު މަރުވެއްޖެ

ކޮވިޑް-19 ޖެހިގެން އެމެރިކާ އިން އިއްޔެ އިތުރު 993 މީހަކު މަރުވެއްޖެއެވެ. އިއްޔެ އަކީ ފާއިތުވި 27 ދުވަސް ތެރޭގައި ކޮވިޑް-19 ޖެހިގެން އެމެރިކާ އިން އެންމެ ގިނަ މީހުން މަރުވި ދުވަހެވެ. އެމެރިކާ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ފަހަކަށް އައިސް ގިނަވަމުންދިޔަ ނަމަވެސް، މަރުވާ މީހުންގެ އަދަދު އޮތީ ވަރަށް ބޮޑަށް މަދުވެފައެވެ. ހޯމަ ދުވަހު ވެސް އެމެރިކާ އިން މަރުވީ 378 މީހުންނެވެ. އާދީއްތަ ދުވަހު މަރުވީ 262 މީހުންނެވެ. […]

ބްރެޒިލްގެ ރައީސް ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެ

ބްރެޒިލްގެ ރައީސް ޖައިރު ބޮލްސޮނާރޯ ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. ބޮލްސޮނާރޯ ކޮރޯނާވައިރަހަށް އިއްޔެ ހަތަރުވަނަ ފަހަރު ޓެސްޓު ކުރެއްވީ ހުން އައިސް، ކޮވިޑް-19 ގެ އަލާމާތްތައް ފެނުމާ ގުޅިގެންނެވެ. ބޮލްސޮނާރޯ ވައިރަހަށް ޕޮޒިޓިވްވިކަން މިއަދު އިއުލާން ކުރެއްވީ ރައީސްގެ ގެކޮޅު ކުރިމަތީގައި ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ފަހުގަ އެވެ. އަދި ބޮލްސޮނާރޯ ވަނީ ބަލި ޖެހުނު ނަމަވެސް، ބިރު ގަންނަން ޖެހޭ ކަމެއް ނެތް ކަމަށް ވިދާޅުވެފަ އެވެ. މީގެ ކުރިން ބޮލްސޮނާރޯ ވަނީ ކޮވިޑް-19 އަކީ ”އާދައިގެ ރޯނގާ“އެއްގެ […]

ބޯޑަރު ހުޅުވާލާ ދުވަހު އެންމެ ފުރަތަމަ އަންނާނީ ގަތަރު އެއާވޭސްގެ ފްލައިޓެއް

މިމަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ހުޅުވާލާއިރު ރާއްޖެ އަންނަން ޝެޑިއުލްކޮށްފައިވަނީ ގަތަރު އެއާވޭސްގެ ފްލައިޓެއް ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލް އިން ބުނެފިއެވެ. އެމްއޭސީއެލް އިން އާންމުކޮށްފައިވާ ޝެޑިއުލްގައިވާގޮތުން މިހާތަނަށް 12 އެއާލައިނަކުން ވަނީ ރާއްޖެއަށް ދަތުރު ފަށަން ޝައުގުވެރިކަން ފާޅުކޮށްފައެވެ. އެގޮތުން ރާއްޖޭގެ ބޯޑަރު ހުޅުވާލާ ދުވަހު ރާއްޖެ އަންނަން މިހާތަނަށް ޝެޑިއުލްކޮށްފައިވަނީ ގަތަރު އެއާވޭސް އެކަންޏެވެ. އެމިރޭޓްސް އިން ދަތުރުތައް ފަށަން ތާވަލުކޮށްފައިވަނީ ޖުލައި 16 އިން ފެށިގެންނެވެ. އަދި […]

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ދެވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ދެވަނަ އިސްލާހު ގެނައުމުގެ ބިލު މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގުކުރައްވައިފިއެވެ. އެ އިސްލާހަކީ ކާރިސާގެ ހާލަތުގައި ނުވަތަ ގައުމުގައި ކުއްލި ނުރައްކަލެއް އިއުލާނުކޮށްފައިވާ ހާލަތުގައި ޝަރުއީ ދާއިރާއިން އަމަލުކުރާނެ ގޮތް އިޖުރާއަތުގެ ގާނޫނުގައި ހިމެނުމަށް ހުށަހަޅާފައިވާ އިސްލާހެކެވެ. އެގޮތުން އޯޑިއޯ ވީޑިއޯކޮށް ޝަރީއަތް ކުރެވޭނެ ގޮތްތަކާއި އަދި އޯޑިއޯ ވީޑިއޯކޮށް ޝަރީއަތް ކުރިއަށް ގެންދެވޭނެ ހާލަތްތައް އެ އިސްލާހުގައި ވަނީ ބަޔާންކޮށްފަ އެވެ. މިދިޔަ ޖޫން މަހުގެ 29 ވީ […]

ކޮރޯނާވައިރަސް ވައިގެ ޒަރިއްޔާއިން ފެތުރޭ: ސައިންސުވެރިން

އާ ކޮރޯނާވައިރަސް ވައިގެ ޒަރިއްޔާއިން ފެތުރޭ ކަމުގެ ހެކި އެބަހުރި ކަމަށާއި ވައިރަސް ފެތުރުން ހުއްޓުވުމާ ބެހޭ ގޮތުން ދޭ އިރުޝާދުތައް ބަދަލު ކުރަން ޖެހޭ ކަމަށް 239 ސައިންސުވެރިން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއަށް ފޮނުވި ސިޓީއެއްގައި ބުނެފި އެވެ. ޑަބްލިޔުއެޗްއޯގެ ގައިޑްލައިންސްގައިވާ ގޮތުން ކޮރޯނާވައިރަސް ވައިގެ ޒަރިއްޔާއިން ކޮންމެވެސް ވަރަކަށް ފެތުރުނު ނަމަވެސް ވައިރަސް މައިގަނޑު ގޮތެއްގައި ފެތުރެނީ ބަލި ޖެހިފައިވާ މީހަކު ކެއްސާ، ކިނބިހި އަޅާ އިރު ނުކުންނަ ދަވަ އެހެން މީހަކަށް ވާސިލު […]

”ފެއިލް ވެއްޖެ“ ނަމުގައި އިދިކޮޅު ޖަލްސާއެއް ބާއްވަން ނިންމައިފި

ފޮޓޯ: ސަން

”ފެއިލް ވެއްޖެ“ ނަމުގައި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް އިން ޖަލްސާއެއް ބާއްވަން ނިންމައިފި އެވެ. މިއަދު އެ ކޯލިޝަންގެ އޮފީސް ހ. ހުރަފައިގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ، މި ސަރުކާރު ހުރިހާ ކަމަކުންވެސް ފެއިލްވެފައިވާ ކަމަށެވެ. ޖަލްސާގެ ބޭއްވުމުގެ ބޭނުމަކީ ސަރުކާރު ހަމަމަގަށް އަޅުވައި، ސަރުކާރު ޒިންމާދާ ކުރުވުންކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މަގުމައްޗަށް […]

މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވާން ޕީޕީއެމް، ޕީއެންސީން ނިންމައިފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވާން ޕީޕީއެމް، ޕީއެންސީން ނިންމައިފިއެވެ. އިދިކޮޅު މެންބަރުން މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވުން ހުއްޓާލާފައިވަނީ މިދިޔަ މަހުގެ ދެ ވަނަ ދުވަހުގެ ދަންވަރު ކުރިއަށް ގެންދިޔަ ޖަލްސާގައި ހިނގައި ދިޔަ ހަމަނުޖެހުންތަކަށް ފަހުގަ އެވެ. ޕީޕީއެމް، ޕީއެންސީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެ ދެ ޕާޓީން ބައިވެރިވާނެ ކަމަށެވެ. އިދިކޮޅު މެންބަރުން މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވުން ހުއްޓާލާފައިވަނީ ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު […]