މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވާން ޕީޕީއެމް، ޕީއެންސީން ނިންމައިފި

Loading

Facebook
Twitter
WhatsApp

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވާން ޕީޕީއެމް، ޕީއެންސީން ނިންމައިފިއެވެ.

އިދިކޮޅު މެންބަރުން މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވުން ހުއްޓާލާފައިވަނީ މިދިޔަ މަހުގެ ދެ ވަނަ ދުވަހުގެ ދަންވަރު ކުރިއަށް ގެންދިޔަ ޖަލްސާގައި ހިނގައި ދިޔަ ހަމަނުޖެހުންތަކަށް ފަހުގަ އެވެ.

ޕީޕީއެމް، ޕީއެންސީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެ ދެ ޕާޓީން ބައިވެރިވާނެ ކަމަށެވެ.

އިދިކޮޅު މެންބަރުން މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވުން ހުއްޓާލާފައިވަނީ ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ލީޑަރު އަޙްމަދު ޝިޔާމްއަށް އަނިޔާކޮށް ހިންގި މާރާމާރީއާ ގުޅިގެން، ކޯލިޝަންގެ މެމްބަރުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވާނެ ކަމުގެ އެއްވެސް ޔަގީން ކަމެއް ނެތުމުން ކަމަށް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

މަޖިލީހުގައި އެ ދެ ޕާޓީގެ މެމްބަރުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސްއަށް އެކިފަހަރުމަތިން ދެންނެވުމުން އެކަމަށް މަޖިލީހުގެ ރައީސް ދެއްވީ ބީރު ކަންފަތެއް ކަމަށް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް