ބޭނުމީ ފުލުހުންނަކީ ރައްޔިތުން މިހާރަށްވުރެވެސް ބޮޑަށް އިތުބާރުކުރާ ބަޔަކަށް ހެދުން: ރައީސް

ބޭނުންފުޅުވަނީ ދިވެހި ފުލުހުންނަކީ ރައްޔިތުން މިހާރަށްވުރެވެސް ބޮޑަށް އިތުބާރުކުރާ، ނަޒާހަތްތެރި، ޕްރޮފެޝަނަލް މުއައްސަސާއަކަށް ހައްދަވަން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. ރައީސް ސޯލިހު މިއަދު ވަނީ ދިވެހި ފުލުހުންނާ ބައްދަލުކުރައްވައިފައެވެ. އެ ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ ކޮވިޑް-19 އާއި ގުޅިގެން ފުލުހުން މިހާތަނަށް ކޮށްފައިިވާ މަސައްކަތާއި މިހާރުވެސް ކުރަމުން އަންނަ މަސައްކަތް ފާހަގަކުރައްވައި ހުރިހާ ދިވެހި ރައްޔިތުންގެ ނަމުގައި ހުރިހާ ފުލުހުންނަށް ޝުކުރުއަދާކުރައްވައިފައެވެ. ރައީސް ވިދާޅުވީ ކޮވިޑް-19 އާ ދެކޮޅަށް، އާއިލާތަކާ […]

ޑޮނަލްޑް ޓްރަމްޕަށް ތާއީދު ނުކުރާނެކަމަށް ބެލެވޭ ސިޔާސީ މުވައްޒަފުން މަގާމުން ވަކިކުރަނީ

ކުރިޔަށްއޮތް އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ރައީސް ޑޮނަލްޑް ޓްރަމްޕަށް ތާއީދު ނުކުރާނެކަމަށް ބެލެވޭ ސިޔާސީ މުވައްޒަފުން މަގާމުން ވަކިކުރުމުގެ މަސައްކަތްތަކެއް ޓްރަމްޕްގެ ސަރުކާރުން ކުރަމުން ގެންދާކަމަށް ޚަބަރު ލިބިއްޖެއެވެ. އެމެރިކާގެ މަޝްހޫރު މަޖައްލާ އެއްކަމަށްވާ ”ފޮރިން ޕޮލިސީ“ ބުނާގޮތުން އެމެރިކާގެ ދިފާއީ ވުޒާރާގެ ސިޔާސީ މުވައްޒަފުންނަށްވަނީ އިންތިޚާބުގައި ޓްރަމްޕަށް ވޯޓުލާނެކަމަށް ނުބެލެވޭ މުވައްޒަފުން ވަކިކުރާނެކަމުގެ ނުސީދާ އިންޒާރެއް ލިބިފައެވެ. ދާދިފަހުން ވައިޓް ހައުސްގެ ބައެއް މަސްއޫލުވެރިން ޕެންޓަގަންގެ ސިޔާސީ މުވައްޒަފުންނާ ކުރި އިންޓަވިއުތަކަށްފަހު އެފަދަ ނުސީދާ އިންޒާރުތައް […]

މާދަމާ އިން ފެށިގެން ނުގަވާއިދުން ޕާކް ކުރާ އުޅަނދުތަކަށް ފިޔަވަޅު އަޅަނީ

މާދަމާ އިން ފެށިގެން މާލޭ ސިޓީގައި ގަވައިދާ ހިލާފަށް ޕާކް ކުރާނަމަ، ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނީ، މިަމަހުގެ އެކަކުން ފެށިގެން ނިއުނޯމަލް އަށް ބަދަލުވެފައިވާތީވެ، ގަވައިދާ ހިލާފަށް ޕާކް ކުރާ އުޅަނދުތަކާ މެދު ގަވާއިދާ އެއްގޮތަށް މާދަމާ އިން ފެށިގެން ފިޔަވަޅު އަޅާނެ ކަމަށެވެ. ނަމަވެސް އަޅާނެ ވަކި ފިޔަވަޅެއް ފުލުހުން ހާމަ އެއް ނުކުރެެއެވެ. ފުލުހުން ވަނީ ފިޔަވަޅު އަޅާނެ ތަންތަންވެސް ފާހަގަކޮށްފައެވެ. މިސްކިތްތައް ކައިރި، ކަފި ހުރަސް، އަރިމަތީ […]

ފެނަކަ އިން ވެސް ޖޫން މަހުގެ ބިލުން 40 އިންސައްތަ ޑިސްކައުންޓް ދެނީ

ފޮޓޯ: ރާއްޖެ އެމްވީ

ޖޫން މަހުގެ ކަރަންޓު ބިލުން 40 އިންސައްތަ ޑިސްކައުންޓް ދޭން ފެނަކަ ކޯޕަރޭޝަނުންވެސް ނިންމައިފިއެވެ. ފެނަކަ އިން ބުނީ، އެ ކުންފުނިން ޖޫން މަހުގެ ރީޑިން ނަގާފައިވާނީ ގޭގެއަށް ގޮސްގެން ކަމަށެވެ. އަދި ބިލު ބޮޑުވެގެން ލިބުނީ އެންމެ ޝަކުވާއެއް ކަމަށާއި، އެކަމާ ގުޅިގެން ބެލި ބެލުމުން ފާއިތުވި ތިން މަހުގެ ތެރެއިން އެންމެ ކަރަންޓު ޔޫސޭޖު ކުޑައީ ޖޫން މަހު ނަމަވެސް، ސަބްސިޑީ ނުހިމަނާ ފޮނުވާފައިވާ ބިލަކަށްވާތީ، ބިލުގެ އެމައުންޓު ބޮޑު ކަމަށް ދައްކާ ކަމަށެވެ. […]

އިމާރާތް ކުރުމުގެ ދާއިރާ އަށް ލޯނު ދޫކުރި މިންވަރު 4 އިންސައްތަ އިތުރުވެއްޖެ

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އިމާރާތް ކުރުމުގެ ދާއިރާ އަށް ލޯނު ދޫކުރި މިންވަރު 4 އިންސައްތަ އިތުރުވިކަމަށް އެމްއެމްއޭގެ ކުއާޓަލީ އިކޮނޮމިކް ބުލެޓިންގައި ބުނެފިއެވެ. އެމްއެމްއޭ އިން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، އިމާރަތްކުރުމުގެ ދާއިރާއަށް ކޮމާޝަލް ބޭންކުތަކުން ލޯނު ދޫކުރި މިންވަރު މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ވަނީ 4 އިންސައްތަ އިތުރުވެފައެވެ. މީގެ ތެރޭ ހިމެނެނީ ގެދޮރު އިމާރާތްކުރުމަށާއި ރިސޯޓު ޑިވެލޮޕްމެންޓަށ ދޫކުރި ލޯނެވެ. ނަމަވެސް ރިއަލް އެސްޓޭޓު ވިޔަފާރީގެ އެހެން ކަންތަކަށް ދޫކުރި ލޯނާއި ރިސޯޓު މަރާމާތަށް […]

ސެލްފް އައިސޮލޭޓުވާން ނުޖެހޭ ލިސްޓު ތައްޔާރުކުރީ އަމަލުކުރާ އުސޫލުތަކަށް ބެލުމަށް ފަހު: އިނގިރޭސި ވިލާތް

އިނގިރޭސިވިލާތަށް އެތެރެވާ މީހުންގެ ތެރެއިން ސެލްފް އައިސޮލޭޓުވާން ނުޖެހޭ ލިސްޓުގައި ރާއްޖެ ހިމެނިފައި ނުވާތީ ފާޑުކިޔަމުންދަނިކޮށް، އެކަމަށް އިނގިރޭސި ސަރުކާރުން ޖަވާބު ދީފިއެވެ. އިނގިރޭސި ހައިކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ، އެގައުމުން ދަތުރުފަތުރުކުރާ މީހުންނަށް ލުއި ދޭން ނިންމީ ގިނަ ކަންތައްތަކަށް ބެލުމަށްފަހު ކަމަށެވެ. އެގޮތުން ގައުމުގައި ކޮވިޑް-19 ވައިރަހުން ރައްކާތެރިވުމަށް ފިޔަވަޅު އަޅާފައިވާ މިންވަރާއި، އެގައުމަށް އެތެރެވުމާ މީހުންނާމެދު އަމަލުކުރާ ގޮތްތަކާއި ގައުމުގެ އެެތެރޭގެ ހިފެހެއްޓުންތަކާއި އެ ގައުމެއްގައި ދަތުރުތައް ކުރުމަށް ހުރި އޮޕްޝަންސް އަދި […]

ޑރ. ޖަމީލް ޕީޕީއެމަށް ސޮއިކުރެއްވުމާއެކު، ޕާޓީގެ އެޑްވައިޒަރުކަން ދެއްވައިފި

ފޮޓޯ: ސަން

ރައީސް ޔާމީންގެ ސަރުކާރުގެ އިންތިހާބީ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިރޭ ޕީޕީއެމަށް ސޮއިކުރެއްވުމާއެކު އެ ކޯލިޝަންގެ އެޑްވައިޒަރުކަން ދެއްވައިފިއެވެ. އެމަނިކުފާނު ޕީޕީއެމަށް ސޮއިކުރެއްވީ ރޭ އިދިކޮޅު ކޯލިޝަނުން މ. ދިމްޔާތުގައި ބޭއްވި ހާއްސަ ހަފްލާގައެވެ. ޕީޕީއެމަށް ސޮއި ކުރެއްވި ފޯމް ޑރ. ޖަމީލް ވަނީ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާ ހަވާލު ކުރައްވާފައެވެ. ޕީޕީއެމާ ގުޅިވަޑައިގަތުމަށްފަހު، ވާހަކަ ދައްކަވަމުން ޖަމީލް ވިދާޅުވީ، ރާއްޖޭގައި ވެރިކަން ކުރެއްވި ބޭފުޅަކު ޖަލުގައި އޮންނެވުމަކީ އެމަނިކުފާނު […]

ޓްރަމްޕްގެ ސިއްރު މައުލޫމާތު ހިމެނޭ ފޮތެއް ނެރުން އެމެރިކާގެ ކޯޓުން ހުއްޓުވައި ނުދިން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ހަޔާތާ ގުޅޭ ސިއްރު މައުލޫމާތު ހިމެނޭ އިތުރު ފޮތެއް ނެރުންވެސް ހުއްޓުވައި ނުދިނުމަށް އެގައުމުގެ ކޯޓުން ނިންމައިފިއެވެ. ޓްރަމްޕްއާ ގުޅޭ ގޮތުން މިފަހަރު ފޮތް ލިޔުއްވައިފައިވަނީ އެމަނިކުފާނަށް ބޮޑުބޭބެ ވިދާޅުވާ އަންހެން ބޭފުޅެއް ކަމަށްވާ މޭރީ ޓްރަމްޕްއެވެ. ދާދި ފަހުން އެމެެރިކާގެ ކުރީގެ ނެެޝެނަލް ސެކިއުރިޓީ އެޑްވައިޒަރު ޖޯން ބޯލްޓަން ޓްރަމްޕްއާ ގުޅޭ މައުލޫމާތު ހިމެނޭ ފޮތެއް ނެރުނު ހުއްޓުވަން އެދުމުންވެސް ކޯޓުން އެކަން ނުހުއްޓުވިއެވެ. މޭރީ ޓްރަމްޕް ލިޔުއްވި ފޮތްވެސް […]

ހިޔާނާތުގެ ފައިސާގައި ޖެހުނު ފަސް ފުލުހަކު މަސްއޫލިއްޔަތުން ދުރުކޮށް ތަހުގީގު ފަށައިފި

އެމްއެމްޕީއާރުސީ ގެ ހިޔާނާތުގެ ފައިސާގައި ޖެހުނު ކަމަށް ފާހަގަވާ ފަސް ފުލުހަކު މަސްއޫލިއްޔަތުން ދުރުކޮށް އެމީހުންނާ ގުޅޭ ތަހުގީގުތައް ފަށާފައިވާ ކަމަށް ފުލުހުންގެ އިދާރާ އިން ބުނެފިއެވެ. ފުލުސް އޮފީހުން ބުނީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގައި ޖެހުނުކަމަށް ފާހަގަވާ ފަސް ފުުލުހެއްގެ އިދާރީ އަދި ޖިނާއީ ތަހުގީގުތަކެއް ކުރަމުންދާ ކަމަށެވެ. އެހެންވެ އެމީހުން މިހާރު ތިބީ މަސްއޫލިއްޔަތުން ދުރުކޮށްފައި ކަމަށް ފުލުހުން ބުންޏެވެ. ފުލުހުންގެ ތެރޭގައިވެސް ހިޔާނާތުގެ ފައިސާގައި ޖެހުނު ފުލުހުން ތިބިކަމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް […]

ސަރުކާރު ޒިންމާދާރުކުރުމަށް މަގުމައްޗަށްވެސް ނުކުންނަން ކެރިވަޑައިގަންނަވާނެ: ރައީސް ޑރ. ވަހީދު

މި ސަރުކާރު ޒިންމާދާރުކުރުމަށް މަގުމައްޗަށްވެސް ނުކުންނަން ކެރިވަޑައިގަންނަވާނެ ކަމަށް ކުރީގެ ރައީސް ޑރ. ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ. ރައީސް ޑރ. ވަހީދު ވަނީ އިދިކޮޅު ހަރަކާތުގެ އިސްސަފުގައި މަސައްކަތް ކުރުމަށް އެ ކޯލިޝަންގެ ސްޕެޝަލް އެެޑްވއިޒަރ ކަމުގެ މަގާމާ ހަވާލުވެވަޑައިގެންފައެވެ. އިދިކޮޅުން އެ މާގާމު އެމަނިކުފާނަށް އެރުވިކަން އިއުލާން ކުރެއްވުމަށް ބޭއްވި ހަފްލާގައި ވާހަކަ ދައްކަމުން ރައީސް ޑރ. ވަހީދު ވަނީ މި ސަރުކާރަށް ފާޑު ވިދާޅުވެ، ބަހުގެ ހޫނު ހަމަލާތަކެއް ރައްދުކޮށްފައެވެ. މި ސަަރުކާރުން […]