ޒިމްބާބުވޭގެ މުއްސަނދިން އޮޑިޓްކުރަން އެގައުމުގެ އެންޓި ކޮރަޕްޝަން ކޮމިޝަނުން ނިންމައިފި

ޒިމްބާބުވޭގެ މުއްސަނދިން އޮޑިޓްކޮށް، އެމީހުންނަށް ފައިސާ ލިބުނު ގޮތް ހާމަ ނުކުރެވޭ ނަމަ އެމީހުންގެ މުދާ ހިފަހައްޓާނެ ކަމަށް ޒިމްބާބުވޭގެ އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނެފިއެވެ. ޒިމްބާބުވޭގެ އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ޗެއާމަން ޖަސްޓިސް ލޮއިސް މަޓަންޑާ މޮޔޯ ވިދާޅުވީ، އެގައުމުން ވަނީ މުއްސަނދިންގެ ދިރިއުޅުމުގެ ހާލަތު އޮޑިޓް ކުރަން ނިންމާފައެވެ. އަދި އެމީހުން މުއްސަނދިވުމަށް ކުރި މަސައްކަތާއި އެ ފައިސާއިން އެމީހުން އެއްކުރި މުދަލާ އެއްވަރު ވާން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. ޒިމްބާބުވޭއިން އެފަދައިން […]

ޑރ. ވަހީދަށް ޕީޕީއެމް އިން ހާއްސަ މަގާމެއް ދެނީ

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް ޕީޕީއެމް އިން ހާއްސަ މަގާމެއް ދިނުމަށް ކައުންސިލް ބައްދަލުވުމެއް ބާއްވަން ނިންމައިފިއެވެ. އެނގިފައިވާ ގޮތުގައި މިރޭ ޕީޕީއެމް ކައުންސިލްގެ ހާއްސަ ބައްދަލުވުމެއް ބެއްވުމަށް ވަނީ ތާވަލްކޮށްފައެވެ. އަދި އެ ބައްދަލުވުމުގައި މުހިންމު ނިންމުމެއް ނިންމެވުމަށް ވަނީ އެޖެންޑާކޮށްފައެވެ. ބެލެވޭ ގޮތުގައި ޑރ. ވަހީދަށް ދެއްވުމަށް މަޝްވަރާކޮށްފައިވަނީ އެ ޕާޓީގެ އެޑްވައިޒަރުކަމުގެ މަގާމެވެ. ޑރ. ވަހީދު ވަނީ ޕީޕީއެމްއަށް ސޮއި ކުރެއްވީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު […]

ވަޒީފާ ގެއްލިފައިވާ ފަރާތްތަކަށް ހައްލެއް ހޯދުމަށް ޖާބިރުގެ ކުއްލި މައްސަލައެއް މަޖިލީހަށް

ކޮވިޑް-19 އާ ގުޅިގެން ވަޒީފާ ގެއްލިފައިވާ ފަރާތްތަކަށް ހައްލެއް ހޯދުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ. މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކުއްލި މައްސަލައިގައި ބުނެފައިވަނީ ރާއްޖޭގެ އެކި ސިނާއަތުގައި ވަޒީފާ އަދާކުރަމުން އައި އެތައް ހާސް ބައެއްގެ ވަޒީފާ ގެއްލި އެފަރާތްތަކަށް އެއްވެސް މަސައްކަތެއް ނުކުރެވޭ ގޮތުގެ މަތީން ދެ މަހަށްވުރެ ގިނަ ދުވަހު ބަންދުވެފައި ތިބެން ޖެހިފައިވާ ކަމަށެވެ. އެއާއެކު އެތައް ހާސް […]

ގައުމަށް ދާން ބޭނުންވެފައި ތިބި އިތުރު 490 މީހަކު ފުރުވާލައިފި

ކޮވިޑް19 އާގުޅިގެން، ރާއްޖޭގައި ގައުމަށް ދާން ބޭނުންވެފައި ތިބި އިތުރު 490 މީހަކު ފުރުވާލައިފިއެވެ. މޯލްޑިވްސް އިމިގްރޭޝަނުން ކުރި ޓުވީޓެއްގައި ބުނީ ރާއްޖޭގައި ތިބި އިންޑިއާގެ 198 މީހަކު މިއަދު އަނބުރާ ގައުމަށް ފޮޮނުވާލާފައިވާ ކަަމަށާއި، އެމީހުން ގައުމަަށް ދަނީ ކަނޑުމަގުން ކަމަށެވެ. މީގެ އިތުރުން މިއަދު ލަންކާގެ 292 މީހަކު ވެސް ވަނީ ވައިގެ މަގުން ފުރުވާލައިފައެވެ. ރާއްޖެއިން މިހާތަނަށް 2,187 މީހަކު ޕޮޒިޓިވްވެފައި ވާއިރު، އޭގެ ތެރޭގައި އިންޑިއާގެ 206 މީހަކާއި، ލަންކާގެ 12 މީހަކު […]

އިހުތިޖާޖުތައް ނުބޭއްވުމަށް ފުލުހުން އިލްތިމާސްކޮށްފި

ކޮވިޑް-19 އާއި ގުޅިގެން އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މިދުވަސްވަރު އިއުލާން ކޮށްފައި ވާތީ، އިހުތިޖާޖުތަކާއި އެހެން ވެސް އެއްވުންތައް ނުބޭއްވުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ. ”ނަވާނަވައި“ގެ ނަމުގައި ހަރަކާތްތެރިވާ ވާތުފިޔައިގެ ޖަމްއިއްޔާއަކުން ވަނީ، ރައްޔިތުންގެ މަޖިލިސް ”ހޭލައްވާލަން“ މި ނަމުގައި އަންނަ ހޯމަ ދުވަހު މަޖިލިސް އިދާރާ ކައިރީ މުޒާހަރާ ކުރުމަށް ނިންމައިފަައެވެ. އެ އިހުތިޖާޖުތަކަށް އިޝާރާތްކޮށް ފުލުހުންގެ ރަސްމީ ޓުވީޓާ އެކައުންޓުން މިއަދު ކުރި ޓުވީޓެއްގައި ބުނީ، އެގޮތަށް ބާއްވާ އެއްވުންތަކަކީ ޑިރެކްޓާ ޖެެނެރަލް […]

ބަލި މީހުން އުފުލުމުގައި އަމަލުކުރަންވީ ގޮތުގެ އުސޫލު އާންމުކޮށްފި

ކޮވިޑް-19 އާ ގުޅިގެން މެޑިކަލް އިމާޖެންސީގައި ވައިގެ މަގުންނާއި ކަނޑުމަގުން ބަލި މީހުން އެއް ރަށުން އަނެއް ރަށަށް އުފުލުމުގައި އަމަލުކުރަންވީ ގޮތުގެ އުސޫލު ހެލްތު ޕްރޮޓެކްޝަން އޭޖެންސީއިން އާންމުކޮށްފިއެވެ. އެޗްޕީއޭ އިން ބުނީ، އެ އުސޫލަކީ މެޑިކަލް އިމާޖެންސީ އެއް ދިމާވާ ހާލުގައި ވައިގެ މަގުންނާއި ކަނޑުގެ މަގުން އެއް ރަށުން އަނެއް ރަށަށް ބަލިމީހާ ގެންދިޔުމަށްޓަކައި އަމަލުކުރާނެ ގޮތް ހާމަކުރުމަށް އާންމުކޮށްފައިވާ އުސޫލެއްކަމަށެވެ. އެ އުސޫލުގައި ކަނޑު އުޅަނދުތަކާއި ސީޕްލޭން އަދި މަތިންދާ ބޯޓުގައި […]

އޭއެފްސީގެ މޮޅު ގޯލަކަށް ދަގަނޑޭގެ ގޯލު – ހޮވުނީ 54 އިންސައްތަ ވޯޓާ އެކު

އޭއެފްސީގެ އެންމެ މޮޅު ގޯލަކަށް އަލީ އަޝްފާގް (ދަގަނޑޭ) ޖަހާފައިވާ ގޯލު ހޮވިއްޖެއެވެ. ރާއްޖޭގެ އެންމެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) އަށް މިޝަރަފު ލިބިފައިވަނީ އޭއެފްސީ ކަޕްގައި 2013 ވަނަ އަހަރުގެ ގުރޫޕް ސްޓޭޖުގައި އިންޑޮނޭޝިއާގައި އެ ގައުމުގެ ޕާސިބޯ ބޮޖެންނެގޮރޯ އާ ދެކޮޅަށް ނިއު ރޭޑިއަންޓް ކުޅުނު މެޗުގައި ދަގަނޑޭ ޖެހި ގޯލެކެވެ. އޭއެފްސީ ކަޕްގައި ޖަހާފައިވާ އެންމެ ތަފާތު ސޯލޯ (އަމިއްލަ ހުނަރުން) ގޯލަށް ދަގަނޑޭގެ މިގޯލް ހޮވިފައިވަނީ […]

އެމްޓީސީސީގެ ސީއެފްއޯ ހިލްމީ ވަޒީފާއިން ވަކިކޮށްފި

ފޮޓޯ: ސަން

އެމްޓީސީސީގެ ޗީފް ފައިނޭންސް އޮފިސަރުގެ މަގާމުގައި ހުންނެވި މުހައްމަދު ހިލްމީ ވަޒީފާއިން ވަކިކޮށްފިއެވެ. އެމްޓީސީސީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، ޗީފް ފައިނޭންސް އޮފިސަރުގެ މަގާމުން ހިލްމީ ވަކިކުރުމަށް ނިންމާފައިވަނީ ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމުން ކަމަށެވެ. ނަމަވެސް އެމްޓީސީސީގައި ދިހަ އަހަރު ހޭދަކޮށްފައިވާ ހިލްމީ އެކުންފުނިން ވަކިކޮށްފައިވަނީ ކޮން ސަބަބަކާ ހުރެކަމެއް ހާމަކޮށްފަ އެއް ނުވެއެވެ. އަދި އެ މަގާމަށް މީހަކު ހަމަޖައްސާފަ އެއް ނުވެއެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގަތްފަހުން ޕްރައިވެޓައިޒޭޝަން ބޯޓުން އެމްޓީސީސީގެ […]

އދގެ ސަލާމަތީ މަޖިލީހުގެ މެންބަރު ކަމަށް އިންޑިއާ އިންތިހާބްކޮށްފި

ފޮޓޯ: އދ

އދގެ ސަލާމަތީ މަޖިލީހުގެ ކުރިއަށް އޮތް ދެ އަހަރުގެ ދައުރުގެ މެމްބަރުކަމަށް އިންޑިއާ އިންތިހާބްކޮށްފިއެވެ. އިއްޔެ އދގައި އޮތް އިންތިހާބުގައި، 2021 އިން 2022 ގެ ނިޔަލަށް އޮންނަ ދެ އަހަރުގެ ދައުރުގެ މެމްބަރުކަމަށް އޭޝިއާ ޕެސިފިކް ގްރޫޕުން އިންޑިއާ ހޮވުނީ އދގެ އާންމު މަޖިލީހުގައި ހިމެނޭ 193 މެމްބަރު ގައުމުގެ ތެރެއިން 184 މެމްބަރުންގެ ވޯޓާއެކުއެވެ. އޭޝިއާ ޕެސިފިކް ގްރޫޕު ތަމްސީލުކުރާ ގޮނޑިއަށް ކުރިމަތިލީ އިންޑިއާ އެކަންޏެވެ. މިވަގުތު އދގެ ސެކިއުރިޓީ ކައުންސިލުގައި ތިބީ އެ […]

ސަރުކާރުގެ އިދާރާތައް ހުޅުވާ މުއްދަތު އިތުރުކޮށްފި

ކުރަންޖެހޭ މުހިންމު މަސައްކަތްތައް ކުރުމަށް ސަރުކާރުގެ އިދާރާތައް ހުޅުވާ މުއްދަތު މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ. ކޮވިޑް-19 ގެ އާއި ގުޅިގެން ސަރުކާރުގެ އޮފީސްތައް ގިނަ ދުވަސްތަކަކަށް ބަންދުކުރުމަށްފަހު މި މަހު ވަނީ ހުޅުވަން ފަށައިފައެވެ. ރައީސް އޮފީހުން މިއަދު ބުނީ، މި މުއްދަތުގެ ތެރޭގައި ވެސް ކޮންމެ ހަފުތާއެއްގެ ހޯމަ، އަންގާރަ، ބުދަ، ބުރާސްފަތި ދުވަހުގެ ހެނދުނު 9:00 އިން މެންދުރު 1:00 އަށް ސަރުކާރުގެ އޮފީސްތައް ހުޅުވާގޮތަށް ހަމަޖައްސަވައިފައިވާ ކަމަށެވެ. އަދި ސަރުކާރުގެ […]